ޓެންޒާނިއާގެ ޒަންޒަބީރުގައި ވެލާ މަސް ކައިގެން ނުވަ މީހަކު މަރުވެ 78 މީހަކު ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

އޭޕީ ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޒަންޒަބީރުގެ ޕެންމާ އައިލެންޑްގައެވެ. އެ ހާދިސާގައި މަރުވެފައިވަނީ އަށް ކުޑަކުއްޖަކާއި އަންހެނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 78 މީހަކު ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދެމުންދާ ކަަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އެ ސަރަހައްދުގެ މެޑިކަލް އޮފިސަރާއި ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުން ވެލާ މަސް ކައިފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އަދި އެ މީހުން މަރުވެފައިވަނީ ހުކުރު ދުވަހުގައެވެ. މަރުވި ހުރިހާ އެންމެ ވެލާ މަސް ކައިފައވާ ކަމަށް ލޭގެ ޓެސްޓްތަކުން ދައްކާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޒަންޒަބީރު މީހުންނަށް ވެލާ މަހަކީ ވަރަށް މީރު އެއްޗެކެވެ. ނަމަވެސް އެ މަސް ކެއުމުގެ ސަބަބުން ގިނަ ބަޔަކު ވިހަވެ މަރުވެއެވެ. މިއ އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ތަންޒާނިއާގެ ޕެންބާގައި ވެލާ މަސް ކައިގެން ހަތް މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ތިން އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނެއެވެ. އަދި އެ ހާދިސާގައި ވެސް ތިން މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކެންދޫބަގަ

    ކެންދޫ މީހުން ނެތްތަ؟ މިރަށުގަވެސް އުޅޭނެ ވެލާ މަސް ކާން ހޭބަލިވާ ގުރޫޕެއް.

    32
    4
    • ކެންދޫ މީހާ

      ��� ވަރަށް މީރު އެއްޗެއް. ތިބާވެސް ކައިފިއްޔާ ތިބުނާކަހަލަ ބައްޔެއް ވާނެ. ހޭ...

  2. ައަދުނާން

    ޥެލާގެ ވައްތަރުތަކުގެ ތެރެއިން މުސިންބީ ގެ މަހާއި ބިހަކީވެސް ވިހަ އެއްޗެއްކަމަށް އިހުގެ މީހުން ބުނެއުޅޭ. މުސިންބީ އަކީ ފަތްނުހުންނަ ލެދަރ ތޮށިގަނޑެއް ހުންނަ ވެލައެއް. މިވައްތަރުގެ ވެލާ މި ރާއްޖެއިންވެސް މަދުންނަމަވެސް ފެނޭ.

    51
    0
  3. ޙުރަސް

    ފޮރިން މިނިސްޓްރީ އިން އެ ގައުމުގެ ސަރުކާރަށް ބިލެއްހުނި ކޮންޓޭނަރެއް ފޮނުވާލީމަ ތިކަން ހައްލުވާނެ

    21
    7
  4. ދޮނާ

    މުސިންބީ ތެޔޮކުނޑި ކައިގެން 35 އަހަރވަރު ކުރިން ބ ފުޅަދޫއިންވެސް ކުއްޖަކު ނިޔާވި .. އަދި އެހެން މީހުން ވިހަވެ ބަލިވި ،،،،

  5. ކުޅިކަނބިލި

    މުސިންބީ ވާހަކަ އެމީހުނަނާށް ކިޔައިދީބަލަ

  6. ކޮޖިނި

    ުތެރެޔހކިޔހ93ފފޖޖިި99ޮގިިބޮބޮހބބިޖޮޮބިޖޖިހޮބިުިފ

  7. ކޮބަ

    މުސިންބި އަކީ ވިހައެއްޗެއް. ކެންދޫ މީހުން މި ދަލުގައި ނުޖެހި ސަލާމަތްވުން މުހިއްމު

  8. މަށްލާ

    ކެންދޫމީހުންނަކީ ތިހާ ގަމާރު ބައެއްނޫން އެމީހުންނަކީ ތަހުޒީބު ބައެއް އެމީހުންނަށް އެނގޭނެ ވެލާގެ ވަށްތަރުތަށް ކާންޖެހޭ ވެލައާ ކާންނުޖެހޭ ވެލާތަށް އެމީހުންނަށް އެނގޭ ކެންދުއަކީ ރާއްޖެ އިސްލާމްވި ރާއްޖޭގެ އެންމެފުރަތަމަ ރަށް ވަރަށް ސުމާޓު ބަޔަކު އުޅޭރަށެއް.

    3
    1
  9. ސަނާ

    ދިވެހި ފުލުހުންނާއި ދިވެހި ޕޮލިހުން ނެތްތަ ތިތާގައި؟