22:52

ފަލަސްތީނުގެ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލު ރެއިޑް ކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ހޮސްޕިޓަލުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ޝަހީދު ކުރަމުންދާ ގޮތް ފަަލަސްތީނުގެ ކުޑަ ފިރިހެން ކުއްޖަކު ކިޔައިދީފި.

22:47

ފަލަސްތީނުގެ ޣައްޒާގެ މައި ތިން ހޮސްޕިޓަލް ވަށާލައި ޔަހޫދީންގެ އަސްކަރިއްޔާ އިން ފޯރިމަރަމުންދާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފި

22:45

އަރަބި ޖަމާއަތުން މި ގަރާރަށް މަރުހަބާ ކިޔާ ކަމަށާއި ހާއްސަކޮށް ޣައްޒާގެ އިންސާނީ ހާލަތު މިހާރު ބަލައިނުގަނެވޭނެ ނުރައްކާތެރި ހާލަތެެއްގައި އޮތް ދަނޑިވަޅެއްގައި ކަމަށް އދއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުالله އަލީ ފަދެލް އަލް ސާދީ ވިދާޅުވެއްޖެ.

ނަމަވެސް އެ ޖަމާއަތުން ދެކޭ ގޮތުގައި މިއީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމަ ވަގުތުން އަދި އެއްވެސް ޝަރުތަކާ ނުލައި ހުއްޓާލަން މަޖުބޫރު ކުރުވުމުގެ ގޮތުން ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ލާޒިމްކުރާ އިތުރު ގަރާރެއް ގެނައުމަށް އެޅޭ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް.

22:43

"ރަމަޟާން މަހާ ދިމާކޮށް ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނެރުމުން ސައުދީ އަރަބިއްޔާއިން މަރުހަބާ ކިޔަނީ ދާއިމީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލުމަށް،" ސައުދީ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވޭ.

22:41

ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލްޝިފާ ހޮސްޕިޓަލުގެ ހުޅަނގުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެއްޖެ.

22:14

މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި ހަނގުރާމަ ހުއްޓާލުމަށާއި ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލު ގައިދީން ދޫކޮށްލުމަށް ގޮވާލާ ދާދި ފަހުން ފާސްކުރި ގަރާރު ވަގުތުން ތަންފީޒުކުރުމަށް އދ.ގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ގޮވާލައިފި.

22:07

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެންސް ވަނީ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ފާސް ކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެއްޖެ.

"މި ގަރާރު ތަންފީޒު ކުރުމަކީ ހުރިހާ އާންމުންގެ ހިމާޔަތަށް ވަރަށް މުހިންމު ކަމެއް،" އެކަމަނާ އެކްސްގައި ލިޔުއްވާފައިވޭ.

22:04

ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ މީހުން ދޫކޮށްލުމަށް "ކޮންޑިޝަން" ނުކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަށް އެ ގަރާރު ފެއިލްވެފައިވާ ކަމަށާއި އެއީ "އެމީހުން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާ ކަމެއް" ކަމަށް އިސްރާއީލުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގިލާޑް އެރްދާން ބުނެފި.

"މި މަސައްކަތްތަކަށް ގެއްލުންވަނީ ހަމާސްގެ ނިރުބަވެރިންނަށް ރަހީނުކޮށްފައިވާ މީހުން ދޫކޮށްނުލައި ހަނގުރާމަ ހުއްޓާލުމުގެ އުއްމީދު ލިބިގެންދާތީ. ކައުންސިލްގެ ހުރިހާ މެންބަރުން... މި ނިކަމެތި ގަރާރާ ދެކޮޅަށް ވޯޓު ދޭން ޖެހޭ،" އޭނާ ބުނި.

22:01

ގާތްގަނޑަކަށް ކުރިއަށް އޮތް ދެ ހަފުތާއަށް ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް ގާނޫނީ ގޮތުން ލާޒިމްކުރާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލުމަށް މޯލްޓާއިން ދަނީ އެހީތެރިވަމުން.

ގަރާރު ހުށަހެޅުއްވި 10 ގައުމުގެ ތެރޭގައި ހިމެނޭ ސެންޓްރަލް މެޑިޓެރޭނިއަން ގައުމުން ވެސް ވަނީ އެ ގަރާރު ފާސްކުރުމަށް މަރުހަބާ ކިޔާފައި.

22:00

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ ބަދަލުގައި "ސުލްހައިގެ މަސްލަހަތަށް" ބޭނުންކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ރަޝިޔާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސިލީ އަލެކްސީވިޗް ނެބެންޒްޔާ ވިދާޅުވެއްޖެ.

"ރަމަޟާން މަހަށް އެކަނި ނަމަވެސް، ފުރަތަމަ ފަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުން ޕާޓީތަކުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި.

21:59

ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދއިން ނެގި ވޯޓުން ވޮޝިންޓަން ވަކިވުމަކީ "އަޅުގަނޑުމެންގެ ސިޔާސަތަށް އަންނަ ބަދަލެއް ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށާއި، އެކަމަކު އެންމެ ފަހު ލިޔުމުގައި ހަމާސް ކުށްވެރިކުރުން ފަދަ، ކޮންމެހެން ބޭނުންތެރި ބަހެއް ނެތުމުން، އަޅުގަނޑުމެންނަށް އެކަމަށް ތާއީދެއް ނުކުރެވުނު ކަމަށް ވައިޓް ހައުސް އިން ބުނެފި.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ރަފަހް އޮޕަރޭޝަނާ ގުޅޭ ގޮތުން ވައިޓް ހައުސްގައި މަޝްވަރާއަށް ބޮޑުވަޒީރު ނަތަންޔާހޫ އޭނާގެ އެޑްވައިޒަރުން ނުފޮނުވަން ނިންމުމުން އެމެރިކާގެ އޮފިޝަލުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް.

21:56

އދ.ގެ ސަލާމަތީ މަޖިލީހުގެ ވޯޓަށް ރައްދު ދީ އިސްރާއީލުގެ ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓާމާރް ބެން-ގްވީރު ބުނީ "އދ އަކީ ބޭކާރު ބިމެއް" ކަމަށް.

ޣައްޒާއަށް ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލުމުގެ އިތުރުން މި ގަރާރުގައި ވަނީ ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން "ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެމީހުން ހައްޔަރުކުރާ އެންމެހާ މީހުންނާ ގުޅޭ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް" ލާޒިމްކޮށްފައި.

21:55

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާތައް އެ ގަރާރުގައި ކުށްވެރި ކޮށްފައި ނުވާތީ ހިތާމަ ކުރާ ކަމަށާއި، އިނގިރޭސިވިލާތުން އެ ހަމަލާތައް "ސާފުކޮށް" ކުށްވެރިކުރާ ކަމަށް އިނގިރޭސިވިލާތުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާބަރާ ވުޑްވާޑް ވިދާޅުވެއްޖެ.

އޭނާ ވިދާޅުވީ ޣައްޒާގައި ތިބި ކުށެއް ނެތް ފަލަސްތީނުގެ އާންމުންގެ ހިތްދަތިކަން ފިލައިގެން ދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށާއި އިންސާނީ ކާރިސާއެއް އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި ފާޅުވަމުން އަންނަ ކަމަށް.

ބައިނަލްއަގްވާމީ އިންސާނީ ގާނޫނު ދަމަހައްޓައި، އެހީ ގެނައުމަށް ހުރަސް އެޅޭ ހުރިހާ ހުރަހެއް އުވާލުމާއި، އެހީތައް ވަގުތުން އިތުރުކުރަން ޖެހޭ ކަމުގެ ސާފު އަދި އެއްބައިވަންތަ މެސެޖެއް މި ގަރާރުން ދޭ ކަމަށް ވިދާޅުވި.

"މި ގަރާރު މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ގޮވާލަން، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނީ، ވަގުތުން އިންސާނިއްޔަތަށް ހުއްޓުމެއް އައިސް، ހަނގުރާމައަކަށް އެނބުރި ނުގޮސް، ދެމެހެއްޓެނިވި، ސުލްހައަކަށް މަގު ފަހިކޮށްދޭ ގޮތުގެ މައްޗަށް.".

 

 

21:46

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކީ "ރަނގަޅު މަގަށް އެޅި ފިޔަވަޅެއް ކަމަށާއި އޭގެ ސަބަބުން ފަލަސްތީނުގައި މިހާރު ހިނގަމުންދާ ގަތުލުއާންމު ނިމުމަކަށް އަންނާނެ" ކަމަށް ފަތުހު ސެންޓްރަލް ކޮމިޓީގެ މެމްބަރު ސަބްރީ ސައިދަމް ވިދާޅުވެއްޖެ.

"މިއަދު އަޅުގަނޑުމެންނަށް ފެނުނު އިއްތިފާގުން ފަލަސްތީނުގެ ހައްގުތަކާއި ފަލަސްތީނުގެ ދައުލަތުގެ މިނިވަންކަން ފުރިހަމައަށް ބަލައިގަތުމުގެ މަގު ފަހިކޮށްދޭން ޖެހޭ،" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ސައީދާމް ވިދާޅުވި.

21:44

އދ.އިން ފާސް ކުރި ޤަރާރު ބަލައިގަތުމަކީ ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ހުއްޓުވުމަށާއި، އިސްރާއީލު ސިފައިން އަނބުރާ ގެންދިއުމަށް މަގުފަހިކޮށްދިނުމާއި، އެހީ އަށް ވަނުމުގެ ހުއްދަ ދިނުމާއި، ގެދޮރު ގެއްލިފައިވާ މީހުން އަނބުރާ ގެންދިއުމުގެ ފުރުސަތު ދިނުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފި

އެ ވުޒާރާގެ ބަޔާނުގައި

ގަރާރު ވަގުތުން ތަންފީޒު ކުރުމަށް ގާނޫނީ ޒިންމާ އަދާކުރުމަށް ޔޫއެންއެސްސީގެ މެމްބަރުންނަށް ގޮވާލައިފި.
އަދި އެހީ ގެނައުމާއި، ފަލަސްތީނުގެ ގައިދީން މިނިވަންކުރުމަށް މަސައްކަތްކުރުމާއި، ފަލަސްތީނު މީހުން މަޖުބޫރުކޮށް ގެދޮރު ބަދަލުކުރުން ހުއްޓުވުމާއި، ރަމަޟާން މަހަށްވުރެ ދިގުދެމިގެންދާ ދާއިމީ އަދި ދެމެހެއްޓެނިވި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި.

21:11

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ގަރާރު ފާސް ކުރުމާއެކު އިސްރާއީލުގެ ވަދުފު އެމެރިކާއަށް ނުފޮނުވަން ނިންމައިފި.

20:42

ގާތްގަނޑަކަށް ހަ މަސް ފަހުން ސަލާމަތީ މަޖިލީހުން ވާހަކަ ދެއްކީ ގާތްގަނޑަކަށް އެއް އަޑަކުން ކަމަށް ބެލެވޭ ކަަމަށް އަލްޖަޒީރާއިން ބުނެފި.

އެމެރިކާ އިން ދުރުހެލިވި ނަމަވެސް، އޭގެ ސަބަބުން ވޯޓަށް އެއްވެސް އަސަރެއް ނުކުރޭ.

އެ ވޯޓަކީ ގާތްގަނޑަކަށް އިއްތިފާގުން ނެގި ވޯޓެއް. ޣައްޒާގައި ދާއިމީ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރަށް ތާއީދުކޮށް 14 ވޯޓު ދެއްވި.

އެއީ، ވަރަށް މުހިންމު ކަމެއް، އެއީ އެމެރިކާއިން ތަފާތު ހަތަރު ފަހަރެއްގެ މަތިން ވީޓޯ ބޭނުންކޮށްފައިވާތީ- ގަރާރެއްގައި ތިން ފަހަރު އަދި ގަރާރަށް އިސްލާހު ގެނައުމުގެ މަސައްކަތުގައި އެއް ފަހަރު.

މިފަހަރު އެމެރިކާއިން ވަނީ މިކަން ފާއިތުވާން ދޫކޮށްލާފައި. އެމީހުން އެކަމާ މަޝްވަރާކޮށް، ތަންކޮޅެއް ބަދަލުކުރަން މަސައްކަތް ކުރި. ހަމާސް ކުށްވެރި ނުކުރާތީ އެމެރިކާއިން ހިތްހަމަނުޖެހޭ.

ޑިޕްލޮމެޓިކް ދެ މަސްދަރަކުން ބުނި ގޮތުގައި ވޯޓުގެ ކުރިން އެމެރިކާއިން ހަމާސް ކުށްވެރިކޮށް ލައިންއެއް އެޅުމަށް އަމިއްލަ އަށް އިސްލާހެއް ހުށަހަޅަމުން ދިޔަ ނަމަވެސް އެ މީހުން ނިންމީ އެކަން ނުކުރުމަށް.

20:40

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިނުވެ، އެމެރިކާއިން ފިލައިފި

 

20:24

އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ، ޣައްޒާގެ އާބާދީ ބަނޑުހައިހޫނުކަމުގެ ހާލަތު ނިމުމަކަށް ގެނެސް، ގާނޫނާ ހިލާފަށް ދޭ ހަމަލާތައް ހުއްޓުވައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ބަލައިގަތުމުން އިސްރާއީލުން "ވަގުތުން އިޖާބަދޭން ޖެހޭ" ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ އދގެ ޑިރެކްޓަރު ލުއީ ޗާބޯނޯ ވިދާޅެއްޖެ.

ޗާބޯނައު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން މިހާރުން މިހާރަށް ބަންދުގައި ތިބި ހުރިހާ އާންމުން ދޫކޮށްލަން ޖެހޭ ކަމަށް. އިސްރާއީލަށް ހަތިޔާރު ބަދަލުކުރުން މެދުކަނޑާލައި އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އެހެން ގައުމުތަކުން ވެސް އެ މީހުންގެ ލީވަރޭޖް ބޭނުން ކުރަން ޖެހޭ ކަަމަށްވެސް އޭނާ ވިދާޅުވި.

20:20

ހަމާސް އިން "މޭޒުމަތީގައި އޮތް އެއްބަސްވުން ބަލައިގަންނަން ޖެހޭ" ކަމަށް އދއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ވިދާޅުވައްޖެ.

ލިންޑާ ތޯމަސް-ގްރީންފީލްޑް ވިދާޅުވީ ހަމާސް ޖަމާއަތުން ހައްޔަރުކުރި މީހުން ދޫކޮށްލިނަމަ މީގެ މަހެއްހާ ދުވަސް ކުރިން ހަނގުރާމަ ހުއްޓާލެވުނީސް ކަމަށް.

"ގަރާރާ އެކު ހުރިހާ ކަމަކަށް އެއްބަހެއް ނުވި،" އެމެރިކާ އިން އެގަރާރުން އެއްކިބާވި ސަބަބަކީ އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައި.

ތޯމަސް-ގްރީންފީލްޑް ވިދާޅުވީ ގައިދީން ދޫކޮށްލުމުން ވަށާލާފައިވާ އެންކްލޭވްގައި އިންސާނީ އެހީތެރިކަން އިތުރުވެގެންދާނެ ކަމަށް.

20:18

ސަލާމަތީ މަޖިލީހުން ޣައްޒާއާ ބެހޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ގަރާރަކަށް ރުހުން ދީފައި ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުކޮށްފައިވާ އެންމެން ވަގުތުން އަދި ޝަރުތެއް ނެތި މިނިވަން ކުރުމަށް ކަމަށް އދ.ގެ ޗީފް ވިދާޅުވެއްޖެ.

"މި ގަރާރަށް އަމަލު ކުރަން ޖެހޭ. ނާކާމިޔާބީއަކީ މާފު ނުކުރެވޭނެ ކަމެއް،" އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ވިދާޅުވި.

20:16

ބައިނަލްއަގްވާމީ ސުލްހަ މަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ މައިގަނޑު ޖަމާއަތެއްގެ ހައިސިއްޔަތުން ސަލާމަތީ މަޖިލީހުން އެންމެ ފަހުން ޒިންމާ އުފުލަމުންދާ ކަމަށް އަލްޖީރިއާގެ މަންދޫބު އެ ގަރާރު ފާސްކުރުމަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވެއްޖެ.

"ކައުންސިލްގެ ހުރިހާ މެމްބަރުންގެ ލުއިފަސޭހަކަމާއި، ޒަމާނުއްސުރެ އިންތިޒާރު ކުރަމުން އައި މި ގަރާރު މިއަދު އަޅުގަނޑުމެންނަށް ބަލައިގަތުމުގެ ފުރުސަތު ފަހިކޮށްދިން ބިނާކުރަނިވި ގޮތް ފާހަގަކޮށް ޝުކުރު ދަންނަވަން. ޣައްޒާގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ މިއަދު ފާސް ކުރި ގަރާރަކީ ފަސް މަސް ދުވަހަށް ވުރެ ގިނަ ދުވަަސް ވަންދެން މިހާރުވެސް ހިނގަމުންދާ މި ހަނގުރާމަ ހުއްޓުވުން،" އަމަރް ބެންދްޖާމާ ވިދާޅުވި.

"މި ލޭއޮހޮރުވުން ވަރަށް ގިނަ ދުވަހު ދެމިގެން ހިނގައްޖެ".

20:11

ރޮކެޓްތައް ފޮނުވާލާފައި ވަނީ އިސްރާއީލުގެ ދެކުނުގެ އައްސޭރިފަށުގެ ސިޓީއާ ދިމާލަށް ކަމަށާއި އެއީ އިސްރާއީލުގެ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަަމަށް ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ އަލް ޤަސާމް ބްރިގޭޑްސް އިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން މިކަން ކަށަވަރުކޮށްދީ ބުނެފައިވަނީ ވަށާލާފައިވާ ޣައްޒާއިން އަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް.

އެންމެ ފަހުން އަޝްދޯދަށް ރޮކެޓް ހަމަލާދީފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށް އިސްރާައީލުން ބުނޭ.

19:57

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި.

 

 

17:33

ފަލަސްތީނުގެ ޣައްޒާގެ ޚާން ޔުނިސް ކައިރީގައި ހުންނަ ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލުގެ އެނެސްތެޓިސްޓެއް ކަމަށްވާ ކޮންސްޓަންޓިނާ އިލިއާ ކަރިޑީ ޣައްޒާގެ ދެކުނުގައި ހުންނަ މެޑިކަލް ފެސިލިޓީގެ އެތެރޭގެ ހާލަތު ހީވެސް ނުކުރާ ފަދަ ކަމަށް ކަމަށް ވިދާޅުވެއްޖެ

16:32

ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި އިތުރު 107 މީހަކު ޝަހީދުކޮށްލައިފިި.

16:25

ރަހުމެއް ނެތް ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލު ތެރޭގައި ޝަހީދުވެފައިވާ ޣައްޒާ ރައްޔިތުންގެ ހަށިގަނޑު މަތީ ޓޭންކަރު ދުއްވާ ޗިސްކޮށްލައިފި

16:08

ފަލަސްތީނުގެ ޣައްޒާގެ އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުންދާ ރަފަހްއިން އެކަނި 30 މީހަކު ޝަހީދުކޮށްލައިފި

15:46

އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އަނަޑޯލް
އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އަނަޑޯލް
އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އަނަޑޯލް
އިސްރާއީލުން ރަފާއަށް ދިން ހަމަލާތަކަށް ފަހު - ފޮޓޯ: އަނަޑޯލް

15:32

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ކާބޯތަކެތީގެ މުހިންމު އެހީތައް ދިނުން މެދުކަނޑާލާފައިވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ރައްކާތެރި ކަމާއެކު ކާބޯތަކެތީގެ ވަސީލަތްތައް ފޯރުކޮށްދެވިފައި ނުވާތީ ކަމަށް ފަލަސްތީނުގެ ބިންތަކަށް ކަނޑައަޅާފައިވާ އދގެ އިންސާނީ އެހީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފި.

15:28

ލުބުނާނުގެ އެތެރޭގައި ހުރި ހިޒްބުاللهގެ އަސްކަރީ އިމާރާތަކަށް އެގައުމުގެ ފައިޓާ ޖެޓްތަކުން ހަމަލާދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

މި ހަމަލާ ދީފައިވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ މީސް އަލް ޖަބަލްގެ ސަރަހައްދެއްގައި ކަމަށާއި އެ ޖަމާއަތުގެ މެމްބަރުން ތިބި ކަމަށް އެ ބަޔާނުގައި ވޭ.

15:27

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޚާން ޔޫނުސްގެ ދެ ހޮސްޕިޓަލެއް ވަނީ އިސްރާއީލުގެ އަސްކަރީ ބެލުމުގެ ދަށަށް ގެންގޮސްފި.

އަލްޖަޒީރާއިން ބުނީ އަސްކަރީ ވެހިކަލްތަކާއި ޓޭންކްތަކާއި އެޓޭކް ޑްރޯންތައް މި ދެ ފެސިލިޓީ ވަށައިގެން ވަށައިގެން ހަރަކާތްތެރިވަމުންދާ ކަމަށް. އަދި ހޮސްޕިޓަލުގެ ތެރޭގައި ތާށިވެފައި ތިބި މީހުންނަށާއި، މީހުން ބޭރުވާ މީހުންނަށް ރައްކާތެރިކަމާއެކު ނުކުތުމަށް ހުރަސް އެޅުމާއި، ހޮސްޕިޓަލުގެ ތެރޭގައި ތާށިވެފައި ތިބި މީހުންނަށާއި، މީހުން ބޭރުކުރުމަށް ރައްކާތެރި ކޮރިޑޯއެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ފެއިލްވަމުންދާ ކަމަށް ބުނެފައިވޭ.

އަލްއަމަލް ހޮސްޕިޓަލުން ކަށަވަރުވަމުން އަންނަ ކަމަކީ، އެހޮސްޕިޓަލުގައި އަބަދު ބޮން އެޅުމާއި ޓޭންކް ހަމަލާތަކުގެ އިތުރުން، ލައުޑްސްޕީކަރުތަކުން ހޮސްޕިޓަލް ތެރޭގައި ތިބި މީހުންނަށް އަންގަނީ ހަމައެކަނި ބޮކްސާ އަޅައިގެން ބޭރަށް ނުކުތުމަށް.

14:31

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ޝިފާ ހޮސްޕިޓަލްގައި ކުރިއަށްދާ އޮޕަރޭޝަންގައި 500 މުޖާހިދުން ހައްޔަރުކުރި ކަމަށް. އެމީހުންގެ ތެރޭގައި ހިމެނެނީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ މެމްބަރުން ކަމަށް ބުނެފައިވޭ.

އިސްރާއީލުން ބުނީ ހާން ޔޫނުސްގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިތުރު 20 މުޖާހިދުން ޝަހީދުކޮށްލާފައިވާނެ ކަމަށް.

14:26

ސެން ފްރެންސިސްކޯގައި ކުރިއަށްދާ މުޒާހަރާ. އެމީހުން ގޮވާލަމުން ދަނީ ހަނގުރާމަ ހުއްޓާލަން.

14:24

ޣައްޒާގެ ހާން ޔޫނުސް ސިޓީގައި ހުންނަ ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލްގެ ހާލަތު ތަސައްވަރުކޮށްދޭން ވެސް އުނދަގޫ ކަމަށް ޑޮކްޓަރުން ބުނެފި. އެ ޑޮކްޓަރުން ކިޔައި ދިން ގޮތުގައި އެ ހޮސްޕިޓަލްގައި އަސްލު ހުންނަނީ 200 އެނދު. އެކަމަކު މިހާރު އެނދުގެ އަދަދު 1،000 އަށް ވަނީ އިތުރުކޮށްފައި.

އެ ހޮސްޕިޓަލްގެ ތެރޭގައި 22،000 ވަރަކަށް މީހުން ހިޔާވަހިކަން ހޯދަމުން އެބަދޭ. ކޮރިޑޯ އާއި ޓެންޓުތަކުގައި މީހުން އެބަތިބި ކަމަށް ޑޮކްޓަރުން ފާހަގަ ކުރޭ.

 

14:16

އިސްރާއީިލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުން ނަމަ، ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ތިބި ހަމާސްގެ މުޖާހިދުން ދަނީ އިސްރާއީލް ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުން. އެކަމަކު އެމީހުން ދައްކާ ވާހަކައަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުދެއްކޭ.

އިސްރާއީލް ސިފައިިން ބުނި ގޮތުގައި ޝިފާ ހޮސްޕިޓަލްގެ މެޓާނިޓީ ވޯޑާއި އިމެޖެންސީ ރޫމް ސަރަހައްދުގައި ތިބެގެން ހަމާސްގެ މުޖާހިދުން ދަނީ ގޮވާ ތަކެތި އުކަމުން. ހަމާސްގެ މުޖާހިދުން ހޮސްޕިޓަލްގައި ފިލާ ތިބިއިރު، އެމީހުންގެ ސަބަބުން ހޮސްޕިޓަލަށް ގެއްލުންވާ ކަމަށް އިސްރާއީލުން ބުނޭ.

14:14

ޝިފާ ހޮސްޕިޓަލްގައި ހިޔާވަހިކަން ހޯދަމުން އަންނަ ޖަމީލް އަލް-އަޔޫބީ ބުނީ އިސްރާއީލްގެ ޓޭންކުތަކާއި ބުލްޑޯޒަރުތަކުން ހަތަރު ހަށިގަނޑެއްގެ މަތިން ދަތުރުކޮށްފައިވާ ކަމަށް. އަދި އޭޕީން ރިޕޯޓު ކުރާ ގޮތުގައި އެމްބިއުލާންސްތަކަށް ވެސް ވަނީ ގެއްލުން ދީފައި.

ހޮސްޕިޓަލާ 328 ފޫޓު ކައިރީގައި ހުންނަ ފަސް ބުރީގެ އިމާރާތެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ ކަރީމް އައިމަން ކިޔައި ދިން ގޮތުގައި އިސްރާއީލް ސިފައިންނަށް ފިލަންވެގެން އޭނާ ބޭނުން ކުރަނީ ބަދިގެ. އަދި ބާރުގަދަ ގޮވުންތަކުން އިމާރާތް ވެސް ގުޑުން އަރާ ކަމަށް އޭނާ ބުނި.

ޝިފާ ހޮސްޕިޓަލް ކައިރީޣައި އިސްރާއީލުން ފަލަސްތީނުގެ އަށް ރައްޔިތަކު ޝަހީދުކޮށްލާ ތަން ފެނުނު މީހުން ވެސް އެބަތިބި.

14:10

އިސްރާއީލް ސިފައިން ޝިފާ ހޮސްޕިޓަލްގެ ކައިރީގައި ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ. އެގޮތުން ބައެއް ޓޭންކުތައް އިސްރާއީލް ރައްޔިތުންގެ ގައިމަތިން ދަތުރު ކުރަމުންދާ ކަމަށާއި ޓޭންކުތަކާއި ބުލް ޑޯޒަރުތައް ހޮސްޕިޓަލް ވަށާލާފައިވާ ކަމަށް ބުނި.

09:48

އިރާންގެ ތެހްރާންގައި އެ ގައުމުގެ ރައްޔިތުން ފަލަސްތީނުގެ ހައްގުގައި މުޒާހަރާ ކުރަނީ.

09:47

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާ ޝަހީދުކޮށްލާނެ ކަމަށް ވައުދުވެފައި.

09:45

އިސްރާއީލްގެ ޖެޓްތަކުން ނާސިރު ހޮސްޕިޓަލް ކައިރި އަށް ވަރަށް ވަރުގަދަ އަށް ބޮން އަޅާފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި. އެމީހުން ބުނާ ގޮތުގައި އިސްރާއީލްގެ ޓޭންކުތައް ނާސިރު ހޮސްޕިޓަލް ވަށާލާފައި.

"ދަންވަރު 2:30 ގައި ވެސް އަހަރުމެންނަށް އިވުނު އަޑު އިސްރާއީލްގެ އަސްކަރީ ބޯޓުތަކުން ބޮން އަޅަމުން ދިޔަ. ނާސިރު ހޮސްޕިޓަލްގެ ކައިރި ސަރަހައްދު ހީވީ ބިންހެލުމެއް އައިސްގެން އުޅޭހެން. އަހަރުމެން ހެނދުނު ވަންދެން ތިބީ ސިޑިމަތީގައި. އަހަރުމެން ހީކުރީ އިސްރާއީލް ސިފައިން އަހަރުމެން ތިބި ތަން ވެސް ހިފާފާނެ ކަމަށް. އެހެންވެ، ބައެއް މީހުން ފުރާނަ އަތް މައްޗަށް ލައިގެން އުޅުނީ. އެއް ބަޔަކު ހޮސްޕިޓަލަށް ދިޔައިރު، އަނެއް ބަޔަކު ތިބީ،" ވީޑިއޯ މެސެޖެއްގައި ޒުވާނަކު ބުނެފައިވޭ.

އޭނާ ބުނި ގޮތުގައި އިސްރާއީލްގެ ސްނައިޕަރުން ދަނީ މަގުމަތިން ދާ ކޮންމެ މީހަކަށް ހެން ހަމަލާތައް ދެމުން. ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް މަގުތަކުގައި ހުރި ކަމަށް ވެސް އޭނާ ބުނެފައިވޭ.

09:40

އިސްރާއީލް-ހަމާސް ހަނގުރާމައިގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް:

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކަށް 171 ދުވަސްވެފައިވާ އިރު، އިސްރާއީލުން މިހާރު ވަނީ ޣައްޒާގެ ތިން ހޮސްޕިޓަލެއް ވަށާލައި އެ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އެމީހުން ވަށާލީ ޣައްޒާގެ އުތުރުގައި ހުންނަ އަލް-އަމާސް އަދި ނާސިރު ހޮސްޕިޓަލާއި ޣައްޒާ ސިޓީގައި ހުންނަ ޝިފާ ހޮސްޕިޓަލެވެ.

ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ ވަފާ ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި އިސްރާއީލް ސިފައިން ގެންދަނީ ވަރަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެމީހުންނާ މެދުގައި ހިތު ހުރި ގޮތަކަށް ކަންތައް ކުރަމުންދާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ އާއި އޭގެ ވަށައިގެން ހިނގާ ކަންކަމުގެ އެންމެ ފަހު މައުލޫމާތެވެ.