އެމެރިކާގެ އޯލަންޑޯއަށް ދަތުރުކަން ތައްޔާރުވަމުން ދިޔަ މަތިންދާ ބޯޓަކުން "ގަދަ ވަހެއް" ދުވަން ފެށުމުން އެ މަތިންދާ ބޯޓުން ފަސިންޖަރުން ހުސްކޮށްފިއެވެ.

ފޮކްސް ބިޒްނަސް އިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ރޭ ޗާލޮޓް ޑަގްލަސް އިންޓަނޭޝަނަލް އެއާޕޯޓުން ފްރޮންޓިއާ އެއާލައިންސްގެ ފްލައިޓް 1759 ފުރަން ހަމަޖެހިފައި ވަނިކޮށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަަނީޗާލޮޓް ޑަގްލަސް އެއާޕޯޓުގެ އިމަޖެންސީ ސްލައިޑްތައް މެދުވެރިކޮށް އެއާބަސް އޭ321ނިއޯ މަރުކާގެ މަތިންދާ ބޯޓުން ފަސިންޖަރުން ބާލާ ތަނެވެ.

އެ ފްލައިޓުގައި 226 ފަސިންޖަރުން ތިއްބެވެ. އެ މީހުން މަތިންދާ ބޯޓުން ނުކުތީ ޖެޓް ބްރިޖާއި އިވެކުއޭޝަން ސްލައިޑްތައް ބޭނުންކޮށްގެން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ސްލައިޑުން ފޭބުމުގެ ތެރޭގައި އެއް ފަސެންޖަރަކަށް އަނިޔާވިިއިރު، އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ބުދަ ދުވަހުގެ ހަވީރު ފްލައިޓް 1759 ޗާލޮޓް ޑަގްލަސް އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑިން ޕްރޮސެސް ކުރަމުން ދަނިކޮށް މުޅި މަތިންދާބޯޓުގައި ގަދަ ވަހެއް ދުވަން ފެށި. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެޕްޓަން ވަނީ އިވެކުއޭޝަން ނޯޓިސް ނެރެފައި،" ފްރޮންޓިއާ އެއާލައިންސް އިން ބުރާސްފަތި ދުވަހު ފޮކްސް ބިޒްނަސް އަށް ބުންޏެވެ.

އެ އެއާލައިނުން ވަނީ ފަސިންޖަރުންގެ ކިބައިން މައާފަށް އެދި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.