އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހާނިއާގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހޭ އަރައިފިއެވެ.

މި އޮޕަރޭޝަން ކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައި ގުދުސްގެ ހަދަސާ ހޮސްޕިޓަލްގައެވެ. ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ މިހާރު ދަނީ ރަނގަޅު ވަމުންކަމަށެވެ.

އެ ހޮސްޕިޓަލުން ވަނީ އޮޕަރޭޝަން ނިންމާލުމަށް ފަހު ކުޑަ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުން ބުނެފައިވަނީ ނަތަންޔާހޫގެ ހާލު ރަނގަޅު ކަމަށާއި އޮޕަރޭޝަން ކާމިޔާބުވި ކަމަށެވެ. ނަތަންޔާހޫ މިހާރު ހޭ އަރާފައިވާ ކަމަށާއި އާއިލާގެ މީހުންނާއި ބައްދަލުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ ހާނިއާ ފެނިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ރޫޓިން ޗެކަޕެއްގެ ތެރެއިން ކަމަށެވެ. ހާނިއާ ފެނުނީ ކޮން ތަނަކުން ކަމެއް އޭނާގެ އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް ބަނޑާއި އުނަގަނޑުގެ ސަރަހައްދުތަކުގައި އެންމެ ގިނައިން ހާނިއާ ފެނެއެވެ.

މިދިޔަ އަހަރު ނަތަންޔާހޫއަށް "ޓްރާންސިއޭޓް ހާޓް ބްލޮކެއް" ޖެހުމުން ޕޭސްމޭކަރެއް ހަރުކުރުމުގެ އޮޕަރޭޝަނެއް ވެސް ކުރިއެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އޭރު ޑީހައިޑްރޭޝަން ވީ ކަމަށް ބުނެ ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މިހާދިސާއާ ގުޅިގެން އޭނާގެ ސިއްހީ ހާލަތާއި އެކަމުގެ ތަފްސީލްތައް އާންމުންގެ ކިބައިން ފޮރުވާފައި ވަނީ ކިހާ މިންވަރަކަށްތޯ ގިނަ ބަޔަކު އޭރު ދިޔައީ ސުވާލު އުފައްދަމުންނެވެ.

މިމަހުގެ ކުރީކޮޅު ބޮޑުވަޒީރަށް ރޯގާ ޖެހި އެތައް ދުވަހެއްގެ މަސައްކަތެއް ގެއްލިފައިވާ ކަމަށް އޭނާގެ އޮފީހުން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހު ނެރުނު މެޑިކަލް ރިޕޯޓެއްގައި ބުނެފައި ވަނީ ނަތަންޔާހޫގެ ޕޭސްމޭކަރ މަސައްކަތް ކުރަމުން ދަނީ ރަނގަޅަށް ކަމަށާއި ހިތުގެ އެރިތިމިއާ ނުވަތަ އެނޫންވެސް މައްސަލައެއް ހުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ނަތަންޔާހޫގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހާމަކުރަން ޖެހޭ ޕްރޮޓޮކޯލްތަކާ އެއްގޮތަށް އެތައް އަހަރެއް ވަންދެން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ ތަފްސީލީ ސިއްހީ ރިޕޯޓެއް ހިއްސާކުރަން ނަތަންޔާހޫއަށް މަޖުބޫރު ކުރުވުމަށް ގޮވާލައި ހައި ކޯޓަށް މި މަހުގެ ކުރީކޮޅު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސެން

    މި ފާ އެތި ގަދަފަދަވެގެންވާ މަރެއްގައި ގެންދަވާށީ.ހިތި ގޮތަކަށް ދުނިޔޭގެ ތިބީންނަށް ޖައްބާރުންނަށް ޢިބުރަތަކަށް ވާނެ ފަދައިން

    62
    1
  2. ޣހ

    މިޝައިތާނު ދުނިޔެއިން ނެތިކުރައްވާނދޭވެ ޢާމީން

    71
    1
  3. ޣހ

    މިޝައިތާނު ދުނިޔެއިން ނެތިކުރައްވާނދޭވެ ޢާމީން.

    53
    1
  4. ކަށިކެޔޮ އާދަނު

    މިފަހަރުވެސް ...... ؟

    17
  5. ރީމް

    ނަތަންޔާހޫ ކިތަންމެ ގިނަމީހުން މެރިޔަސް ނަތަންޔާހޫވެސް ކޮންމެވެސް ދުވަހަކުން މަރުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން. އަދި އެވަގުތު ނުޖެހެނީ.

    55
  6. Anonymous

    މިޔަށްވުރެެ އަރަބިން މާާ ގޯސ.

  7. އާލުއަލީ

    ނަތަންޔާހޫއަށް ވޭންދެނިވި ބައްޔެއް ޖައްސަވާ ދިގު އުމުރެއްގައި ލައްވާންދޭވެ. އާމީން

  8. ހިނި

    ދައްޖާލު

  9. އަލީ ބަކުރީ

    'ޖައްބާރު ނަތަންޔާހޫ" ކިޔާ މީހަކު ނޫޅޭ!

  10. ބޯގޯސް

    ﷲ ވަނީ އޭނަޔާ އެކުގައި ކަން ޔަގީން

  11. ރެފްރީ

    އެދިގެން ދުއާކުރިގޮތަކަށް މިފަހަރުވެސްނުވި.

  12. ޕޕޕ

    މިޝައިތާނު ދުނިޔެއިން ނެތިކުރައްވާނދޭވެ ޢާމީން.

  13. Anonymous

    މިނުލަފާ ޝައިތޯނާއަށް ހިތި އަދިރި ވޭންދެނިވި ތަދާއި ބޮދުވެގެންވާ ބަލިމަޑުކަމަކުން ނެތިކުރައްވާ ފާނދޭވެ.