އިނގިރޭސިވިލާތް، ފްރާންސް އަދި އެމެރިކާއިން އިސްރާއީލަށް ތާއިދުކޮށް ދައްކަމުން އަންނަނީ "ނިފާގު"ކަން ނުވަތަ ދެފުށް ދެގޮތްކަން ކަމަށް ރަޝިއާއިން ބުނެފިއެވެ.

އީރާނުން އިސްރާއީލަށް ރޭގެ ވަގުތެއްގައި ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން އެދިގެން މިރޭ އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޝިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ނެބެންޒިއާ ބުނެފައިވަނީ ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނޭހެން ހުޅަނގުގެ ގައުމުތަކުން ދައްކަމުން އަންނަނީ އެމީހުންގެ ދެފުށް ދެގޮތް ކަން ކަމަށެވެ.

އެގޮތުން ބުނަނީ މިމަހުގެ އެއް ވަނަ ދުވަހު އިސްރާއީލުން ސީރިއާގައި ހުންނަ އީރާނުގެ ކޮންސުލޭޓަށް ހަމަލާދީ، އީރާނުގެ އިސް ދެ ޖެނެރަލަކު ޝަހީދުކޮށްލުމުން އެކަން ކުށްވެރި ނުކޮށް، އީރާނުގެ ހަމަލާ އެގައުމުތަކުން ކުށްވެރި ކުރުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ނަތީޖާ އެންމެންނަށް ވެސް މިހާރު ފެނޭ. ޑިޕްލެމެޓިކް މަންދޫބަކަށް ދޭ ހަމަލާއަކީ އެކަމުގެ ސަބަބުން ހަމަނުޖެހުން އުފެދޭނެ، ހުޅަނގު ތަމްސީލު ކުރާ ބަޔަކަށް ހަމަލާދިންނަމަ ވަގުތުން އަނބުރާ ހަމަލާދޭނެ. އެއީ ތި މީހުންނަށް ހުޅަނގާއި ގުޅިފައިވާ ކޮންމެ ކަމަކީ މުހިންމު، ހިމާޔަތް ކުރަން ޖެހޭ ކަމެއް. އެހެން ނަމަވެސް އެހެން ގައުމަކަށް ހަމަލާދީފިނަމަ، އެމީހުންގެ ހައްގުތަކާއި އަމިއްލައަށް ދިފާއުވުމުގެ ހައްގަކީ މުޅިން އެހެން ކަމަކަށް ވަނީ" އޭނާ ބުންޏެވެ.

އީރާނުން އިސްރާއީލަށް ރޭ ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، މި ތިން ގައުމުގެ އިތުރުން ވެސް އުރުދުން އިން ވެސް ވަނީ ހަމަލާތައް އިސްރާއީލަށް ފޯރުމުގެ ކުރިން ގިނަ މިސައިލްތަކާއި ޑްރޯންތައް އިސްރާއީލުގެ ވައިގެ ސަރަހައްދުން ބޭރުގައި ގޮއްވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑްރައި

    އާނ. ވަރަށް މުނާފިގު ބައެއް. އަދި މައްސަލަޔަކީ އިޒްރޭލުގެ ދިފާއުގައި އަރަބި ގައުމުތަކުން މަސައްކަތް ކުރާތީ. ވަރަށް ދެފުށް ދެގޮތް މުސްލިމުން އުޅޭގައުމުތައް އެއީ. ސީދާ އެެމެރިކާގެ އަޅުން.

    39
    1
  2. ތުއްތުނާ

    ރަޝިޔާ މީހުންނަށް ވާވަރުވެސް މުސްލިމް ގައުމުތަކަށްް ނުވޭ، އިޒްރޭލް ވަށައިގެން އެތިބީ ހުސް މުސްލިމު ގައުމުތަށް، މިއޮންހާ ޒަމާންވީއިރު ފޮނިކެނޑުން ނޫންއެހެން ކަމެއްނުވޭ، ނުވިތާކަށް އީރާނުގެ ބައެއް މިސައިލު އުރުދުން އިންވަނީ ވައްޓާލާފަ، އެހާ މުނާފިގު އަރަބިގަމުތަކުގެ ސަބަބުން އިޒްރޭލަށް ބޭނުންހާކަމެއް ކުރަން ކެރެނީ.

    27
    1
  3. އަވަސް

    ސާބަހޭ މިސްޓަރޕްޓިން
    އައްދުއްލާ ކިންގަށްވުރެ ޕުޓިންވެސް
    މުސްލިމުންނައް މާހިތްހެޔޮކަން އެބަ
    ފެނޭ
    ޔާالله މުސްލިމުންނޭކިޔައިގެންތިބެ
    ޔަހޫޛީންނަށްމަދަދާއި އެހީފޯރުކޮށްދޭ
    ބަޔަކަށް ނަސްރާއި ރަޚުމަތާއި ބަރަކާތް
    ނުލައްވާދޭވެ آامين

    19
    1
  4. އޭނާ

    ޕުޓިން ތިބޭފުޅާއައްނޫނި އިޒްރޭލެއް މައިތިރިނުކުރެވޭނެ. ނިކަން ސީރިޔާގައާ ލެބަނަންގައާ ގޯލަންހައިޓްސްގަ ރަޝިޔާގެ އެސް 400ގެ އެއަރޑިފެންސް ސިސްޓަމްތައް ޤާއިމްކޮއް އިޒްރޭލްގެ ޖެޓްތަކައް ކުޑަބޭރުވެސްނޭރޭފަދަ ވަރުގަ މަލްޓިލޭޔަރ ޔުނިފައިޑް އެއަރޑިފެންސް ނެޓްވޯކްއެއްޤާއިމްކޮއްދީބަލަ. މިވަގުތަކުދުނިޔެއަކުނެއް އެމެރިކާ، އިނގިރޭސިން އަދި ފްރާންސް އައް އަސްކަރީގޮތުން ޗެލެންޖްކުރެވޭނެ އެހެންޤައުމެއް ރަޝިއާމެނުވީ. މީނުކުރެވޭނެކަމެއްނޫން ބޭނުންވަނީ ރަޝިއާއަށް މުސްލިމްޤައުމުތަކުގެ އެއްބާރުލުން. އެކަމަކުއެއެއްބާރުލުންދެވޭނެތަ ރަސްކަމުގަ ބަގުޑިބައްދައިގެން އުމުރުހޭދަކުރަންބޭނުންވާ ބަޔަކައް...ހާދަދެރައޭދޯ އަދުގެމުސްލިމުންގެ ހާލަތު.

  5. ގުރޫ

    ޕުޓިން އަކީ ހީރޯއެއް އޭނަ އިސްލާމްވެގެން ކަމެއް ވާން އޮތީ.ރަމަޒާންކާދިރޯފްގެ ކޮމާންޑްގެ ލަޝްކަރު ނުކުމެ އިޒްރޭލާ އެމެރިކާ ސައިޒް ކުރަންވީ