ޔަމަނުން އިސްރާއީލަށް ހަމަލާއެއް ފޮނުވައިފިއެވެ.

އިނގިރޭސިވިލާތުގެ ސަލާމަތީކަންކަން ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ އެމްބްރޭއިން ބުނެފައިވަނީ ރަތްކަނޑުގައި އޮންނަ އިސްރާއީލުގެ ސިޓީއެއް ކަމަށްވާ އެއިލާޓް ކައިރިން ޔަމަނުން ފޮނުވާލި ޔޫއޭވީ އެއް އިސްރާއީލުގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ހަމަލާގެ އިތުރުން ވެސް އުރުދުންގެ އަވަށްޓެރި އަކަބާއަށް އޮޓޯމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ގެ ނުފޫޒު ވެސް ފޯރުވާފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ހަނގުރާމަ ކުރަމުން އަންނައިރު، ޔަމަނުގެ ހޫތީން ވެސް ވަނީ އިސްރާއީލަށް އަމާޒުކޮށް ގިނަ ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. މިފަދަ ގިނަ ހަމަލާތައް ފޮނުވާފައިވަނީ އިސްރާއީލާއި ގުޅުން އޮންނަ ރަތްކަނޑުން ދަތުރު ކުރާ އުޅަނދު ފަހަރަށެވެ.