އިރާނުގެ އެކި ސަރަހައްދުތަކުގައިވާ ނިއުކްލިއަރ ހަކަތަ އުފައްދާ މަރުކަޒުތައް މޮނިޓަރ ކުރުމަށް ހަރަކާތްތެރިވާ އދ.ގެ އޮފިޝަލުން އެ މަރުކަޒުތައް ދޫކޮށް ދިއުމަށް އދ.އިން އަންގައިފިއެވެ.
އދ.ގެ ނިއުކްލިއަރ ހަކަތައާއި ބެހޭ އެޖެންސީގެ ރައީސް ރަފައެލް ގްރޮސީ ބުނެފައިވަނީ އިރާނުގެ ނިއުކްލިއަރ ސައިޓްތަކުގައި ހަރަކާތްތެރިވާ އދ.ގެ އޮފިޝަލުން އެ ސައިޓްތަކުން ނުކުތުމަށް އަންގާފައި ވަނީ އިސްރާއީލުން އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދީފާނެތީ އެކަމުގެ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
"އަހަރެމެން މިހާރު ނިންމާފައި ވާނީ އިސްރާއީލް-އިރާންގެ މަޝްރަހު އެއްކޮށް ފިނި ނުވަނީސް އަހަރެމެންގެ އިންސްޕެކްޓަރުން އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ނުފޮނުވަން." އދ.ގެ އެޓޮމިކް ހަކަތައާއި ބެހޭ އެޖެންސީގެ ވެރިޔާ ގުރޮސީ މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
އދ.އިން ކޮންމެ ދުވަހަކު ބަލަމުންދާ ނިއުކްލިއަރ ފެސިލިޓީތައް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބަންދުކުރަން ނިންމާފައިވާކަން އިރާނުގެ ސަރުކާރުން އދ.އަށް އަންގާފައިވާ ކަމަށް ވެސް ގުރޮސީ ވަނީ ބުނެފައެވެ.
އިސްރާއީލުން ވަނީ މީގެ ކުރިންވެސް މެދުއިރުމަތީގައި ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާ ދީފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ 1981 ވަނަ އަހަރު ސައްދާމު ހުސެއިންގެ ވެރިކަމުގައި އިރާގުގެ އޮސިރަކް ނިއުކުލިއަރ ރިއެކްޓާއަށް ދިން ހަމަލާއެވެ. އެ ހަމަލާ އިސްރާއީލުން ދީފައިވަނީ އެމެރިކާގެ ނުރުހުމުގައެވެ.
އިސްރާއީލުން 2018 ވަނަ އަހަރު ވަނީ ސީރިއާގެ ނިއުކްލިއަރ ހަކަތަ އުފައްދާ ސައިޓްތަކަށް ވެސް ސިއްރު ހަމަލާތަކެއް ދިން ކަމަށް އެއްބަސްވެފައެވެ. އެ ހަމަލާތައް ދީފައިވަނީ 2007 ވަނަ އަހަރުއެވެ.
އިރާންގެ ނިއުކުލިއަރ ސައިޓްތަކަށް ވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް އަމާޒުވެއެވެ. ނަމަވެސް އެ ހަމަލާތަކުގެ ޒިންމާ އިސްރާއީލުން ނަގާފައެއް ނުވެއެވެ.
އިސްރާއީލަކީ ނިއުކްލިއަރ ހަތިޔާރު ހުރި ގައުމެއް ކަމަށް އަސްކަރީ ކަންކަން ދިރާސާ ކުރައްވާ ވަރަށް ގިނަ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސްރާއީލުން އެ ގައުމުގައި ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށް އެއްބަސްވެފައެއް ނުވެއެވެ.
ކިހާ މުސީބާތެއް ކަލޭމެން ހަމަ އެކަނި ބަލަން ޖެހެނީ އިރާންގެ ސައިޓްތައްތަ.
އެއީ އެމެރިކާގެ އެޖެންޓުން..ބިރުގަންނަނީ ނިއުކުލިއަ ބޮމެއް އުފައްދަފާނެތީ..އެހެންވެ އޮބިއަޅާފަ ވަކި ކޮންޓުރޯލެއްގެ ދަށުގަ އަބަދުވެސް މިބާއްވަނީ..އެކަމަކު އެވެރިންނަށް އެއްވެސް ހުރަހަކާ ނުލާ ނިއުކުލިއަ ބޮން އުފެއްދުމުގެ ފުރުސަތު ލިބިގެންވޭ..މުސްލިމު ގައުމެއް ވިއްޔާ މިއޮންނަނީ ދަތިކޮށް އޮބިއަޅާފަ.
އެއީ އެމެރިކާގެ އެޖެންޓުން..ބިރުގަންނަނީ ނިއުކުލިއަ ބޮމެއް އުފައްދަފާނެތީ..އެހެންވެ އޮބިއަޅާފަ ވަކި ކޮންޓުރޯލެއްގެ ދަށުގަ އަބަދުވެސް މިބާއްވަނީ..އެކަމަކު އެވެރިންނަށް އެއްވެސް ހުރަހަކާ ނުލާ ނިއުކުލިއަ ބޮން އުފެއްދުމުގެ ފުރުސަތު ލިބިގެންވޭ..މުސްލިމު ގައުމެއް ވިއްޔާ މިއޮންނަނީ ދަތިކޮށް އޮބިއަޅާފަ.
އދ ނިސްބަތް ވަނީ ކޮންކަމެއްކުރާ ކޮންކަމަކާހެދި އުފެދިފަ އޮންނަ ޖަމާއަތެއްކަން ކުރިން ދަރިވަރުންނައް ސްކޫލްތަކުގަޔާ އެހެންވެސް ތަންތަނުގަ ބުނެކިޔާދިންގޮތް މިހާރުގެ ކުދިންނައް ކިޔާދިނުމަކީ ވަރައް ބޮޑު އޮޅުވާލުމެއް. މިއަދު އދ އަކީ ހަމައެކަނި އ އަކާ ދ ލެއް. ޢެއީ ވަކިބަޔެއްގެ މިލްކިއްޔާޠެއް.