ނިރުބަވެރި އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، އިޓަމާ ބެން-ވީރު އެކްސިޑެންޓްވީ އޭނާ ދަތުރު ކުރަމުން ދިޔަ ކާރު ރަތް ލައިޓަށް މަޑުނުކޮށް ދިއުމުން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.

އޭނާ އެކްސިޑެންޓްވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި އިސްރާއީލުގެ ސިޓީއެއްގައި އުމުރުން 18 އަހަރުގެ އަންހެނަކަށް ވަޅިން ހަމަލާދިން މައްސަލައިގައި އޭނާ އެސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށް، އޭނާ ދުއްވާފައި ދިޔަ ކާރެއްގައި އެހެން ކާރަކުން ޖެހިގެންނެވެ.

މި ހާދިސާގައި އޭނާގެ ކާރު ފުރޮޅާލާފައިވާއިރު، އޭނާގެ މޭކަށިގަނޑުން ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި އަދި ބޭރުފުށުން ބައެއް ކަހަލަ ކުދި ކުދި އަނިޔާ ވެފައިވާ ކަމަށް އޭރު އޭނާއަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައިވާއިރު، ރަތް ލައިޓަށް މަޑުނުކޮށް ދިޔަ ވާހަކައާއި އޭނާ ވަނީ ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން އޭނާ ދަތުރު ކުރަމުން ދިޔަ ކާރު ރަތް ލައިޓަށް މަޑުނުކޮށް ދިޔަ މަންޒަރު ފެނިގެންދެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އޭނާ ދަތުރު ކުރަމުން ދިޔަ ކާރު ރަތް ލައިޓަށް މަޑުނުކޮށް ދިޔައީ އެމަޖެންސީ ކަމެއްގައި ނޫން ނަމަ އެސަރަހައްދުގެ ޓްރެފިކް ވަރަށް ބާރުބޮޑުވާނެ ކަމަށެވެ. ފުލުހުން އެހެން ބުނުމުން ވެސް އޭނާ އެ ލައިޓަށް މަޑުނުކޮށް ދިޔަކަން ވަނީ އެނގިގެން ގޮސްފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭނާ ދަތުރު ކުރަމުން ދިޔަ ކާރު އެކްސިޑެންޓްވި ވަގުތު އޭނާއާއި އޭނާގެ އަންހެން ދަރިފުޅު ކާރުގައި ތިބީ ސީޓު ބެލްޓް ވެސް ނާޅައެވެ. މި ހާދިސާގައި އޭނާގެ އަންހެން ދަރިފުޅަށް މާ ބޮޑެތި އަނިޔާތަކެއް ވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮލުރޮދި

    އަލްޙަމްދުލިﷲ! ހަމަ ރަނގަޅަށްތިވީ........ހުންނާނެ މިހާރު ރާކަނިމަސް ކެވިފަ.............

  2. Anonymous

    ތިކަހަލަ ހޮޅި ބޯހަމަނުޖެހޭ ވަޒީރުން ތި ނަށަންޔާހޫ އަށް ލިބޭނީ މިހާރު މުޅި އިޒްރޭލުގައި މުޒާހަރާ ކުރަނީ ތި ތަންތާހޫރޭ އިސްތިއުފާދޭން އެކަމަނު ހަނގުރާމައޭ އެމެޖެންސީއޭ އިންތިހާބެއްވެސް ނުބޭއްވޭނެއޭ ކިޔާގެން ތި ސަރުކާރު ދެމިއޮންނަނީ

  3. އިބްރާހިމް

    އެކަހަލަމީހުންގެ ސިކުޑިއަކަށްހިތަކަށް ހަމަޖެހުމެއްމަޑުމޮޅިކަމެއް ނާންނާނެ!

  4. "އަންހެން ދަރިފޅޫ'

    މިހެން ނުކިޔާށޭ މި މީހުްނަށް ނިސްބަތް ކޮށް.
    ޝެއިޚް ސަމީރުގް ޕޯސްޓެއް ފޭސްބުކްގައި އިންނާނެ މި ޙާދިސާ އާއި ގުޅިގެން ނޫސްތަކުން މާތް ބަސް ބޭނުން ކުރާތީ