ޗައިނާއަށް ނަގޫރޯޅިއެއް އަރާ ފަސް މީހަކު މަރުވެއްޖެއެވެ.

މިދިޔަ ހަފްތާ ބަންދުގައި މި ނަގޫރޯޅި އަރާފައިވަނީ ޗައިނާގެ ދެކުނުގައި އޮންނަ ސިޓީއެއް ކަމަށްވާ ގުއަންޒޯއަށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މޫސުން ގޯސްވެ، އުފެދުނު މި ނަގޫރޯޅިގެ ސަބަބުން ފަސް މީހަކު މަރުވެފައިވާއިރު، އިތުރު 33 މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

ނަގޫރޯޅީގެ ސަބަބުން އެސަރަހައްދުގެ 140 ފެކްޓަރީއެއް ހަލާކުވި ނަމަވެސް އެއްވެސް ގެއެއް ވެއްޓިފައި ނުވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ބިންހެލުން އައި ފަހުން ނަގާފައިވާ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ނަގޫރޯޅީގެ ސަބަބުން ބޮޑު ސަރަހައްދަކަށް ވަނީ ގެއްލުންވެފައެވެ.

ނަގޫރޯޅި އަރައި ޗައިނާއަށް ލިބުނު ގެއްލުން-- ފޮޓޯ: ޝަޓާ ސްޓޮކް

ގުއަންޒޯއަށް ނަގޫރޯޅިއެއް އަރާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ގުއަންޑޮންގްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ. މިއީ 1950 ގެ އަހަރުތަކަށް ފަހު އެ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ގުއަންޒޯއަކީ ޗައިނާގެ ގުއަންޑޮންގްގައި އޮންނަ އާބާދީގައި 127 މިލިއަން މީހުންނާއި އެގައުމުގެ އެކްސްޕޯޓް ސިނާއަތަށް ބާރުދޭ އެތައް ހާސް ފެކްޓަރީއެއް ހިންގަމުން އަންނަ ޕްރޮވިންސެކެވެ.

ކިޔުންތެރިންގެ ހިޔާލު