އިންސާނީ އެހީތައް ހިފައިގެން ދިޔަ އުދުރުންގެ އެހީގެ ދެ ގާފިލާއަކަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާ ދީފިއެވެ.

އުރުދުންގެ ހަރިޖީ ވުޒާރާއާ ހަވާލާދީ އުރުދުންގެ ރަސްމީ ނޫސް އެޖެންސީ ޕެޓްރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާބޯތަކެއްޗާއި ފުށް އަދި އެހެނިހެން އިންސާނީ އެހީތައް ހިފައިގެން ދިޔަ ޖޯޑަންގެ އެހީގެ ދެ ގާފިލާއަކަށް މިއަދު ހެނދުނު އިސްރާއީލުގެ ވަޒަންވެރިން ހަމަލާދީފައިވަނީ ޣައްޒާއަށް ދަތުރުކުރަމުން ދަނިކޮށެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ކްރޮސިންގއެއް މެދުވެރިކޮށް އިސްރާއީލުން ޣައްޒާއަށް އެހީ ގެންދިއުމުން ވަޒަންވެރިން ވަނީ އެމީހުންގެ ބައެއް މުދާ އުކާލައި ޓްރަކްތަކަށް ގެއްލުންދީފައެވެ.

ނަމަވެސް ޓްރަކްތަކުން އެހީ ފޯރުކޮށްދިނުމުގެ މިޝަން ކުރިއަށް ގެންދާކަން އެ ގައުމުގެ ހާރިޖީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެ ވުޒާރާގެ ތަރުޖަމާނު ސުފްޔާން ޤުދާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން އެ ދެ ގާފިލާއަށް ދިން ހަމަލާއާއި އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ނާކާމިޔާބުވުމަކީ ޣައްޒާއަށް އެހީ ވަނުމުގެ ހުއްދަ ދިނުމަށް އިސްރާއީލު ސަރުކާރުން ދައްކާ ހުރިހާ ވާހަކަތަކާއި ބުރޫއަރާ ކަމެއް ކަމަށެވެ.

ޣައްޒާގައި ޔަހޫދީން ދޭ ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން މީހުން އިންސާނީ އެތައް ހައްގުތަކުން ވަނީ މަހުރޫމްވެފައެވެ. އަދި ޣައްޒާގައި ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާ އެތައް އާއިލާ އެއް އެބަތިއްބެވެ.

އަނިޔާވެރި ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާ އިން ފާއިތުވެ ދިޔަ 6 މަސް ދުވަހު ވަނީ ޣައްޒާ އަށް އެހީ ވެއްދުމަށް ހުއްދަނުދީ އެކަމަށް ހުރަސް އަޅާފައެވެ.