ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ނިމިއްޖެ ކަމަށާއި މިހާރު ކުރިއަށް ދަނީ މާރާމާރީ ކަމަށް އިސްރާއީލް އަސްކަރިއްޔާގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ އާމޮސް ޔަދްލިން ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެމެދު ހަނގުރާމަ ކުރަމުން އަންނައިރު، މި ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ އެތަކެއް ބަޔަކު ވަނީ ޝަހީދުވެފައެވެ.

މި ހަނގުރާމައާއި ގުޅިގެން އާމޮން ބުނެފައިވަނީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމިފައިވާ ކަމަށާއި މިހާރު ފެނިގެން ދަނީ މާރާމާރީ ހިންގާތަން ކަމަށެވެ.

މީގެ އިތުރުން ވެސް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއަކީ އިސްރާއީލުން ހިފަހައްޓާފައިވާ 133 ވަނަ މީހާ ކަމަށާއި އޭނާ ހިފަހައްޓާފައިވަނީ އެގައުމުގެ ފިނޭންސް މިނިސްޓަރ، ބެޒަލެލް ސްމޮޓްރިޗް އާއި އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ، ބެން-ވީރު ކަމަށް އާމޮން ވަނީ ބުނެފައެވެ.

ޣައްޒާގައި ހިންގަމުން އަންނަނީ މާރާމާރީ ކަމަށް އާމޮން ބުނެފައިވާއިރު، ނިރުބަވެރި އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެގޮތުން އާންމުން ދިރިއުޅޭ އިމާރާތްތަކަށް މިސައިލްއާއި ބޮމުގެ ހަމަލާ ދެމުން އަންނައިރު، އާންމު ދިރިއުޅެމުން އާންމުން ބޭނުން ކުރާ ގިނަ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ދީފައެވެ.