ކުޑަކުދިންގެ ކާނާ ތައްޔާޜުކުރާ ނެސްލީ ބްރޭންޑުން އާންމުދަނީ ދަށް ބައެއް ގައުމުތަކަށް ވިއްކާ ބައެއް ކާނާތަކުގައި އިސްތިހާރު ކުރާ ވަރަށް ވުރެ ގިނައިން ހަކުރު ހިމެނޭ ކަމަށް ކަމާއި ބެހޭ މާހިރުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ނެސްލީ ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ވިއްކުމުގައި އާމްދަނީ ދަށް ގައުމުގައި ވިއްކަމުންދާ ކާއެއްޗެހީގައި ކޮންމެވެސް މިންވަރަކަށް ހަކުރު އެކުލެވިގެންވެއެވެ. ދިރާސާތައް ބުނާގޮތުން ކުޑަކުދިން އެ އުމުރުގައި ހަކުރު ބޭނުންކުރުމުން އޭގެ ނޭދެވޭ އަސަރު ހެދިބޮޑުވަމުން އަންނައިރު ކުއްޖާއަށް ކުރާނެއެވެ. އެހެންކަމުން ކުޑަކުދިންގެ ކާނާތަކުގައި އެއްވެސް މިންވަރަކަށް ހަކުރު ނުހިމަނައެވެ.

ނެސްލީގެ ކުޑަކުދިންގެ ކާއެއްޗެހީގައި ހުންނަ ލޭބަލްތަކުގައި ބުނެފައިވަނީ އޭގައި އެއްވެސް ވަރަކަށް ހަކުރު ނުހުންނާނެ ކަމަށެވެ. ޕަބްލިކް އައި އިން ކުރި ތަހުޤީގެއްގައި ބުނެފައިވަނީ ސެނެގާލް އާއި ދެކުނު އެފްރިކާގައި ވެސް ހަމަ އެ އުފެއްދުމުގައި 6 ގްރާމް ހަކުރު އިތުރުކޮށްފައި ހުންނަ ކަމަށާއި ފިލިޕީންސްގައި ވިއްކަމުންދާ 1 މަހާއި 6 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް ދޭ ސެރެލަކް ސީރިއަލްގައި 7.3 ގްރާމްގެ ހަކުރު އިތުރުކޮށްފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ދެ ސައިސަމުސާއާ އެއްވަރުގެ ހަކުރެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ބެބީ ފުޑް ބްރޭންޑްތައް އުފައްދައި މާކެޓްކުރާ ނެސްލޭއަށް ތުހުމަތުކޮށްފައި ވަނީ ސްވިސްގެ މިނިވަން ނޮންޕާޓީސަން އިންވެސްޓިގޭޓިވް އޯގަނައިޒޭޝަނެއް ކަމަށްވާ ޕަބްލިކް އައި އާއި އިންޓަނޭޝަނަލް ބެބީ ފުޑް އެކްޝަން ނެޓްވޯކުން ނެރުނު ރިޕޯޓެއްގައެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުގައި، އާމްދަނީ ދަށް ގައުމުތަކުގައި ނެސްލޭގެ ބައެއް ބެބީ ސީރިއަލްސް އާއި ފޯމިއުލާއަށް ހަކުރާއި މާމުއި އަޅާއިރު، ޔޫރަޕާއި އެހެން ގައުމުތަކުގައި ވިއްކާ އުފެއްދުންތަކުގައި "ހަކުރު އިތުރު ނުކުރާ" ކަމަށް ނެސްލީއިން އިޝްތިހާރު ކުރެއެވެ.

އޭޕްރީލް މަހު ޝާއިއުކުރި ރިޕޯޓުގައި ހާމަވި ތަފާތުތަކުގެ ސަބަބުން ދުނިޔޭގެ ސިއްހީ ތަޖުރިބާކާރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ނެސްލޭގެ ވެބްސައިޓުގައި ބުނެފައިވަނީ، ތުއްތު ކުދިންގެ ގިނަ ސީރިއަލްތަކުގައި ހަކުރު މަދުކޮށްފައިވާ ކަމަށެވެ.

ޕަބްލިކް އައި އިން ވަނީ އެފްރިކާ، އޭޝިއާ އަދި ލެޓިން އެމެރިކާގައި ކާބޯތަކެތީގެ އެ ބިޔަ ކުންފުނިން މާކެޓްކުރި ސެރެލެކް އަދި ނިޑޯ ބްރޭންޑްގެ 115 އުފެއްދުން ލެބް ޓެސްޓް ކުރުމަށް ފޮނުވާފައެވެ. ތަހުގީގުން ދައްކާ ގޮތުގައި ތަހުޤީގަށް ފޮނުވުނު އެއްޗެހީގެ ތެރެއިން %94 އަށް ވަނީ ހަކުރު އަޅާފައެވެ.

ނެސްލޭ އަކީ ސެރެލަކް އަދި ނިޑޯ ފަދަ މަޝްހޫރު ބެބީ ފުޑް ބްރޭންޑްތައް އުދައްދާ ކުންފުންޏެވެ. އެ ކުންފުނިން ރިޕޯޓްކުރާ ގޮތުގައި 2023 ވަނަ އަހަރު ތުއްތު ކުދިންނަށް ނިއުޓްރިޝަން ޕްރޮޑަކްޓްތަކަކީ އެހެން ކެޓަގަރީތަކުގެ ތެރެއިން އެންމެ ބޮޑު ގްރޯތް ކޮންޓްރިބިއުޓަރ އެކެވެ. މިދިޔަ އަހަރު އެ ކުންފުނިން 11.2 ބިލިއަން ޑޮލަރުގެ ސާފު ފައިދާގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ނެސްލޭ ބޮއިކޮޓް ކުރޭ. އެއީ އިޒުރޭލަށް އެހީވާ ކުންފުންޏެއް. އަދި މިކަހަލަ ޕްރޮސެސް ފުޑްސް ސިނގިރޭޓު ބުއިމާ ގާތަށް ނުރައްކާވާން ފަށައިފި. ކެންސަރަށް މަގުފަހިވާ ބައިވަރު މާއްދާތައް ބައެއް ތަކެތީގައި ހުރޭ

    26
    • Anonymous

      އެ ބޮއިކޮޓް އެއްޗެހިތައް، ވަގުތު ނޫހުން އިޝްތިހާރު ކުރަނީއެއްނު. ބައުންޓީއާއި ސްނިކާސް ޗޮކްލެޓާ އެއްޗެހި