ސްރީލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު މަރާ، އަންދާލާފަ އޮއްވާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނިފައިވަނީ އުމުރުން 31 އަހަރުގެ ކުލިޔަޕިޓިޔާގެ ޒުވާން ފިރިހެނެކެވެ. އޭނާ ހޯދަމުން އަންނަނިކޮށް ހަށިގަނޑު ފެނިފައިވަނީ މަޑަމްޕޭގެ ވަލުތެރެއިން މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އޭނާގެ ހަށިގަނޑު ފެނުނުއިރު، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް އަންދާލާފަ ކަމަށެވެ.

މިހާތަނަށް ފުލުހުން ހިންގި ތަހުގީގުން ފިހާރައެއް ހިންގަމުން އަންނަ އެ ފިރިހެން މީހާ ވަނީ އޭނާ އާއި އެކީ މަސައްކަތް ކުރަމުން އަންނަ މީހަކާއި އެކީ، އޭނާ ލޯބީގެ ގޮތުން ގުޅުން އޮންނަ އަންހެން މީހާއާއި ބައްދަލު ކުރުމަށް އަންހެން މީހާ ކުލިޔަޕިޓިޔާގައި ދިރިއުޅެމުން ދިޔަ ގެއަށް ގޮސްފައެވެ. އޭނާ އެގެއަށް ގޮސްފައިވަނީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުއެވެ.

މިހާދިސާއާއި ގުޅިގެން މީހަކު ހައްޔަރު ކުރި ނަމަވެސް، ކުލިޔަޕިޓިޔާގެ މެޖިސްޓްރޭޓް ކޯޓުން ވަނީ ކަފާލާތުގެ ދަށުން އެއް މިލިއަން ރުޕީސްގެ ބޮންޑަކަށް ދޫކޮށްލާފައެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ އެ ޒުވާނާ މަރާލާފައިވާކަން ކަށަވަރު ކުރެވުނު ނަމަވެސް، އެކަން ކޮށްފައިވަނީ ކިހިނެތް އަދި ކޮންބަޔަކު ކަމެއް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު