ޣައްޒާގައި ހުއްޓުމެއްނެތި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާމެދު އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާމެދު ކަންބޮޑުވާ ކަމަށާއި އިންސާނިއްޔަތާއި ދެކޮޅަށް ކުރަމުންދާ އެ ހަނގުރާމަ ހުއްޓާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ގޮވާލާފައެވެ. އަދި އިސްރާއީލަށް ބާރު ފޯރުވޭ ހުރިހާ ޤައުމުތަކަށް އޭނާ ގޮވާލީ ޣައްޒާގައި އިތުރަށް ޤަތުލު އާންމު ހިންގައި ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ޝަރުތަކާއި ނުލައި ރަހީނުން ދޫކޮށްލައި އެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށެވެ.

ގުޓަރެސް ވިދާޅުވީ މި ނިންމުމަކީ ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމާ ނިންމެވުމެއް ކަމަށާއި އެކާމައި ހުރިހާ ސިޔާސީ ލީޑަރުންވެސް ވިސްނާ ފިކުރުކޮށްލަން އެބަޖެހޭ ކަމަށެވެ.

ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާއި ރަހީނުކޮށްފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވެފައިވާ ތަހައްމަލު ނުކުރެވޭ ތަކުލީފު ހުއްޓުވުމަށް އިސްރާއީލު ސަރުކާރާއި ހަމާސްގެ ލީޑަޝިޕާ ދެމެދު އެއްބަސްވުމެއް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޣައްޒާގައި ސުލްހަ ގާއިމް ކުރުމަށް ކުރިއަށް ގެންދިޔަ ވަރުގަދަ ޑިޕްލޮމެޓިކް ހަރަކާތްތަކުން، ހަނގުރާމަ ހުއްޓާނުލައިފިނަމަ ރަފާހު ފަނާވެގެންދާއިރު ރަހީނުކޮށްފައިވާ މީހުން ސަލާމަތެއްވެސް ނުވާނެކަމުގެ ބިރުއޮތް ކަމަށް ގުޓަރެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ މި ކަންތައްތަކާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ހަމައެއާއެކު ޣައްޒާގައި ހިނގާ ލޭ އޮހޮރުވުން ހުއްޓާލުމަށް ރަހީނުންތައް މިނިވަންކުރުމަށް ދެފަރާތުންވެސް ސިޔާސީ ހިތްވަރު ދެއްކުމަށް އދ އިން ވަނީ ހަމާސް އަދި އިސްރާއީލަށް ގޮވާލާފައެވެ. އެހެންނަމަވެސް މިހާރު ފެނިގެންދަނީ ހަމަލާތައް އިތުރުވެ ގޮއްވުންތައްވެސް އިތުރުވެގެންދާ މަންޒަރު ކަމަށާއި ހާލަތު ގޯހުން ގޯހަށް ދާތީ އދ ކަންބޮޑުވުން ފާޅުކުރެއެވެ.

ޚާއްސަކޮށް ރަފާހު ސަރަހައްދު ބަންދުކޮށް އެ ސަރަހައްދު ހުސްކުރަން އެންގުމަކީ މިހާރުވެސް އިންސާނީ ގޮތުން ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތު އިތުރަށް ގޯސްވާނޭ ކަމެއް ކަމަށް އދ އިން ބުނެއެވެ. އެހެންކަމުން އެތަންތަން ވަގުތުން ހުޅުވުމަށްވެސް ވަނީ ގޮވާލާފައެވެ.

"މިއަދު ހަވީރު ތެޔޮ ހުސްވުމުގެ ނުރައްކާ އެބައޮތް. އިސްރާއީލު ސަރުކާރަށް އިލްތިމާސް ކުރަން، އެއްވެސް ކަމެއް ގޯސްވުން ހުއްޓުވައި، އަދި މިހާރު ހިނގަމުންދާ ޑިޕްލޮމެޓިކް މަޝްވަރާތަކުގައި ބައިވެރިވުމަށް." ގުޓަރެސް ވިދާޅުވިއެވެ.

7 އޮކްޓޯބަރުގައި ހަމާސްއިން ދިން ޓެރަރިސްޓް ހަމަލާތަކުގައި 1،100 އަށް ވުރެ ގިނަ އިސްރާއީލުން މަރުވެފައިވާއިރު ޣައްޒާގައި 34،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. އޭގެތެރޭގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ތިޔައީ މަސްމާރުކޭޓަށްވުރެން އަގުދަށްތަނެއް!! ބޮޑުނަނެއްކިޔާފަ ބޮޑުމުސާރައެއްދީފަތިބޭ މަކުނުޖަމްއިއްޔާއެއް!! ތިޔައީ ސުމެއްގެތަނެއް!! ސުމެއްގެބައެއް !!

    11
  2. އއ

    ތިޔަތަނަކީ އެމެރިކާއާއި އިނގިރޭސިވިލާތް އިސްވެއޮވެ، އުފައްދައިގެން އުޅޭތަނެއް. ބޭނުމަކީ މުޅި ދުނިޔޭގައި ޔަހޫދީންގެ ބާރު ގަދަކޮށް، އެނޫންމީހުންގެ ބާރު ކަނޑުވާލުން. ތިޔަ އ.ދ. އަކީ ހައިބަތު ބޮޑުހެން ހީވާގޮތަށް ހަދާފައިވާ ދަތްނެތް ސިންގާއެއް. ކުރާހާވެސްކަމަކީ ޤަވްމުތަކުގެ ހާލަތު ( ބަނޑަށްޖެހޭ ހިސާބަށް ) ދަށުދަރަޖައަކަށް ވައްޓާލައި، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް ރެފިއުޖީންނަށް ހަދާލުމަށްފަހު، އިންސާނީ އެހީގެ ގޮތުގައި (އަމިއްލަޙާލާއިގެން ނޫޅެވޭ ކަހަލަ ގޮތަކަށް ) ކުދި ކުދި އެހީދީގެން މަންޒަރު ބޮޑުކޮށް ދެއްކުން. ތީ ކުޅުޖަންވެސް ބަޔަކު ޖެހިލުންނުވާކަހަލަ " ފީކުދާނެއް".