އިސްރާއީލަށް ބައެއް ކަހަލަ ހަތިޔާރު ފޯރުކޮށްދިނުން އެގައުމުގެ އެންމެ ބޮޑު އެހީތެރިޔާ އެމެރިކާއިން ލަސްކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެމެރިކާއަކީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެގޮތުން ހަތިޔާރާއި ފައިސާގެ ބޮޑެތި އަަދަދުތައް އެމެރިކާއިން އަންނަނީ އިސްރާއީލަށް ދެމުންނެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބައިޑެންގެ ސަރުކާރުން ވަނީ އިސްރާއީލަށް ޕްރެޝަރު ކުރުމުގެ ގޮތުން ވަކި ވައްތަރެއްގެ ބޮން އެގައުމަށް ފޮނުވުން ލަސްކޮށްފައެވެ. އެމެރިކާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޣައްޒާގެ ރަފާހަށް އަރައިގަނެ، އެމީހުން ހިންގަމުން އަންނަ އޮޕަރޭޝަން ފުޅާކޮށްފައިވަނިކޮށެވެ.

އެމެރިކާ ހިމެނޭހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ބޭރުގެ ގައުމުތަކުން ވަނީ އިސްރާއީލުން ރަފާހަށް އެރުމާއި ދެކޮޅު ހަދާފައެވެ. ނަމަވެސް އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުން ނުވަތަ ލަސްކޮށްލާނެ ކަމުގެ އިންޒާރެއް އޭރު ދީފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފައިވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ލަސްކޮށްފައިވާ ކަމަށް އެމެރިކާއިން ދޮގުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުން ރަފާހުގައި ދިރިއުޅޭ ރައްޔިތުން އެތަން ހުސްކުރުމަށް އަންގައި، ރޭގެ ވަގުތެއްގައި ވަނީ ރަފާހަށް އަރައިގެންފައެވެ. އަދި ރޭ ވައިގެ މަގުން ބައެއް ހަމަލާތައްދީ އެތަކެއް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ރޭ އެކަނި ނިރުބަވެރިން ވަނީ ރަފާހުގެ 23 މީހަކު ޝަހީދުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮން ވާހަކައެއް. ދުނިޔެ ހަލާކު ކުރާ ބަޔަކީ މުސްލިމުންގެ .ޢަދުއްވުންމީ
    މިހާރުވެސް ހުންނާނެ ތަންތަން ސުންނާފަތި ކުރާ ވަރަށް ހަތިޔާރު ދީފައި.
    ތިރިން ވެސް ފޮނުވާނެ.
    ޔާﷲ މިނުބައި ޔަހޫދީންނާއި އެމީހުންގެ ވާގިވެރިންނަށް ގަދަގަދަ ކޯފާއެއް ފޮނުއްވާނދޭވެ އާމީން

  2. ހ

    ދަޅަ ނުދައްކާ . މުޚިދުނިޔެއަށް ކަލޭމެންނަކީ ކޮންބައެއްކަން ފަލީހަތްވެއްޖެ