ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަވަށުގައި ހަރަކާތްތެރިވާ އިރު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ގަވާއިދު ތަކަށް ހުރުމަތްތެރިކޮން ހިތަން ޖެހޭނެ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ރަޝިއާގެ ދާހިލީ ވުޒާރާއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ރަފަހް އަށް ޓޭންކަރުތަކާއި އެކީ އެއްގަމު މަގުން އަސްކަރީ ގޮތުން އެރުން އެއީ ފަލަސްތީނުގެ ކުރިމަގާއި މެދު ސުވާލު އެފެދޭ ކަމެއް ކަމަށާއި އިންސާނީ ކާރިސާއެއް ޣައްޒާގައި ހިނގާފާނެތީ ރަޝިއާ އިން ކަންބޮޑުވާކަމަށެވެ. އަދި ހަނގުރާމައިގެ ހުރުމަތްތެރިކަން ދެމެހުއްޓުމަށާއި އާންމުން ރައްކާތެރިކުރުމަށް ހަދާފައިވާ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ގަވާއިދުތަކަށް އިސްރާއީލުން ފުރިހަމަ އަށް ތަބާވާން ޖެހޭނެ ކަމަށެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވެފައިވަނީ އިސްރާއީލުން އެއްގަމު މަގުން ރަފަހް އަށް އެރުމުން ފަލަސްތީނުގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށާއި އެއް މިލިއަން މީހުންގެ ފުރާނަ އަކީ އަގެއް ނެތް އެއްޗަކަށް ނުހެދުމަށް އިސްރާއީލަށް އިލްތިމާސް ކުރާ ކަމަށް ރަޝިއާގެ ދައުލަތުގެ މީޑިއާ އެއް ކަމަށްވާ އާރްއައިއޭ އަށް އެކަމަނާ ދެއްވި އިންޓަވިއު އެއްގައި ވަނީ ބުނެފައެވެ.

އިސްރާއީލްގެ މި އަމަލުގެ ސަބަބުން ފަލަސްތީނުގެ ބިމުގައި ސުލްހަގާއިމު ކުރުމަށް އެހެން ގައުމުތަކުން ކުރި މަސައްކަތް ބޭކާރުވެފައިވާ ކަމަށާއި ދެން މެދުއިރުމަތީގައި ސުލްހަ ޤާއިމުކުރެވިދާނެ ކަމަށް ރަޝިއާ އިން ނުދެކޭ ކަމަށް ވެސް އެގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އަރާފައި މިވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ އަށް ނިމުމެއް ގެންނުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ސުލްހައިގެ އެއްބަސްވުމަކަށް އެއްބަސްވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދުސަލީމް

    ދުނިޔޭގެ އެއްބާރު ކަމުގައި އޮވެ އަދިވެސް ގާޒާގައި ޔަހޫދީން ހިންގީ ޖެނޮސައިޑެއް ކަން ރަޝިއާ ރައީސަށް ނުފެނުން މީ މީނަޔަށް އޮތް ގަދަރު އެއްކޮށްހެން ގެއްލިގެން ދިޔަ ސަބަބު!

  2. ޒައިރު

    އިސްރާއީލް އަކީ ބައިނަލް އަޤުވާމީ ޤާނޫނަށް ތަބާވާންޖެހޭ ޤައުމަކަށް ނުވޭ. އދ.ގެ ބާރެއް އެޤައުމުގެ މައްޗަކަށް ނުހިނގާ. އެކަމަކު އެއީ އދ.ގެ މެމްބަރު ޤައުމެއް. މިއީ ކޮންކަހަލަ އިންޞާފެއް ހިނގާ ދުނިޔެ އެކޭތޯ ބުނާނީ.