ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަށް އަލުން ފައިސާގެ އެހީ ދޭން ސްވިޒަލޭންޑުން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ޤައުމުން ވަނީ އެ އެޖެންސީއަށް މިއަހަރު 11 މިލިއަން ޑޮލަރު ދިނުމަށް ހުށަހަޅާފައެވެ. މިއީ އެހީ ހުއްޓާލުމުގެ ކުރިން ދޭ އަދަދަށް ވުރެން ދެ ގުނަ ކުޑަ އަދަދެކެވެ.

"ޔޫއެންއާރުޑަބްލިއުއޭއަށް ސްވިޒަލޭންޑުން ދޭ ކޮންޓްރިބިއުޝަން ޣައްޒާއަށް ލިމިޓްކޮށް، ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި އަސާސީ ސިއްހީ އަދި ލޮޖިސްޓިކްސް ފަދަ އެންމެ ބޮޑު އަސާސީ ބޭނުންތައް ފުއްދައިދޭނެ،" އެ ބަޔާނުގައިވެއެވެ.

ހަމާސް ޖަމާއަތުން ދިން ހަމަލާގައި ޔޫއެންއާރްޑަބްލިއުއޭގެ 13،000 ޣައްޒާގެ މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށް އިޒްރޭލުން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމުގެ ސަބަބުން އެމެރިކާ އާއި ސްވިޒަލޭންޑް ފަދަ އެހީދޭ ގިނަ ގައުމުތަކުން ވަނީ ކުއްލިއަކަށް އެ އެޖެންސީއަށް ދޭ ފައިސާ މެދުކަނޑާލާފައެވެ.

ފަރަންސޭސިވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ކެތަރިން ކޮލޯނާ އިސްކޮށް ހުންނަވާ ޔޫއެންއާރްޑަބްލިއުއޭގެ މިނިވަން ރިވިއު ގްރޫޕަކުން ބުނީ އިސްރާއީލުން ކުރާ އެންމެ ބޮޑު ތުހުމަތަށް އަދި ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،789 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 78،204 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.