އިސްރާއީލް އެކަނި އޮންނަން ޖެހިއްޖެނަމަ، އޮންނާނީ އެކަނި ކަމަށް ބުނެ އެގައުމުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ނަތަންޔާހޫ މިފަދަ ރައްދެއް ދީފައިވަނީ އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ ހަތިޔާރުގެ ތެރެއިން ބައެއް ހަތިޔާރުތައް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ދިން މެސެޖެއްގައި ނަތަންޔާހޫ ބުނީ، ކޮންމެ ފަދަ ޕްރެޝަރެއް ކުރިނަމަ، އިސްރާއީލުން އަމިއްލައަށް ދިފާއުވުން ނުހުއްޓާނެ ކަމަށާއި، ހަނގުރާމައިގައި ހާސިލު ކުރަން ޖެހޭ ކޮންމެ ކަމެއް ހާސިލު ކުރާނެ ކަމަށެވެ.

އޭނާ ބުނެފައިވަނީ މީގެ 80 އަހަރު ކުރިން ޔަހޫދީންނާއި ދެކޮޅަށް މީހުން ތިބި، ގެއްލުން ދިންއިރު، ޔަހީދީން ތިބީ އަމިއްލައަށް ދިފާއުވާނެ ގޮތެއް ނެތިފައި ކަމަށާއި އޭރު އެއްވެސް ގައުމަކުން އެމީހުންނަށް އެހީގެ އަތެއް ދިއްކޮށްފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

އެހެން ކަމުން ދެން ވެސް އިސްރާއީލް އެކަނި އޮންނަން ޖެހިއްޖެނަމަ، އޮންނާނީ އެކަނި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އިސްރާއީލް އެކަނި އޮންނަން ޖެހިއްޖެނަމަ އޮންނާނީ އެކަނި. އެކަމަކު އެނގޭ އަޅުގަނޑުމެން މިތިބީ އެކަނި ނޫންކަން. އެއީ ދުނިޔޭގެ އެކި ގައުމުތަކުން އަޅުގަނޑުމެންނަށް ސަޕޯޓް ކުރޭ" ނަތަންޔާހޫ ބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ދުނިޔޭގެ ސަޕޯޓު ކައެމެނަށް އޮތްކަން ވަރަށް އަވަހަށް ފެނިގެންދާނެ. އެއީ ނާމާން، ބިރުވެރި، ނުރައްކާތެރި ގޮތަކަށް.

    20
  2. ޙޔހހހހ

    ޢިންޝާﷲ މި ޔަހޫދީންގެ ދުވަސް ދަނީ!!

    20
    1
  3. ފްރީ ޕަލެސްޓައިން

    މީ ބައިޑެން ލިޔެފަ ފޮނުވާ އެއްޗިސް މީނި މި ކިޔަނީ . އެމެރިކާގެ އިންތިހާބު ކައިރިވީމަ ޖައްސާ ސްޓަންޓް .

    12
  4. އިންޓަލް

    ހިޓުލަރުގެ ވާހަކަ އެދައްކަނީ ބޮޑު ކާތީލް ކަލޭތީ ހިޓްލަރުގެ އަނެއް ސޫރަ

    10
  5. ހުސޭނުބޭ

    އެމެރިކާ އެހީނުވާނަމަ އިޒްރޭލު އޮތީހީ ދުނިޔެއިންވެސް ފޮހެލާފައި. އެމެރިކާ ކާންދިނިއްޔާ ކާންވެސް ލިބޭނީ!

    15
    1
  6. ސުދީރު

    މީގެ 80 އަހަރު ކުރިން ޔަހޫދީންނާއި ދެކޮޅަށް ޔޫރަޕުން އަނިޔާކޮށް ގައުމުން ބޭރުކުރީމައި ޔަހޫދީންނަށް އެހީގެ އަތެއްދިއްކުރީ ފަލަސްތީނުން، ފަލަސްތީނުގައި ޔަހޫދީންނަށް ހިޔާވަހިކަން ދިނީމައި ކާންދިން އަތުގައި ދަތްއެޅީ. ޔަހޫދީންނަކީ ނުބައިނުލަފާ ބައިގަނޑެއް. ހިޓްލަރުމިމީހުންގެ ނަސްލުނައްތާލަން ބުނެފައިވާކަމަށްވަނީ އެއްތަނެއްގައި ޔަހޫދީން ގިނަވެއްޖެއްޔާމު އެތަނަކަށް އެމީހުން ފެތުރިގަނެއް މުޅިތަން އަޅުވެތިކުރާނެޔޭ، އެންމެ ރަނގަޅު ގޮތަކީ މިބައިގަނޑު ނައްތާލުމޭ. އެއީ ތެދެއްކަން މިއަދު އެބަފެނޭ.