ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ބޭނުންވާ މަގުސަދު ހާސިލު ކުރާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް ބުނެފިއެވެ.

ނިރުބަވެރިން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް ހަމަލާދީ، އަސްކަރީ އޮޕަރޭޝަން ފެށުމާއި ގުޅިގެން އެމެރިކާއިން ކުރަމުން އަންނަ ޕްރެޝަރާއި ގުޅިގެން އޭނާ ބުނީ، އިސްރާއީލުގެ ދައުލަތް ނިކަމެތި ނުކުރެވޭނެ ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ ދުޝްމަނުންގެ އިތުރުން ގާތް ރަހުމަތްތެރި ގައުމުތައް ނިސްބަތް ކޮށެވެ.

"އަހަރުމެން ތިބޭނީ ވަރުގަދަކޮށް، އަހަރުމެން އަހަރުމެންގެ މަގުސަދު ހާސިލު ކުރާނަން. ހަމާސްއަށް ހަމަލާދޭނަން. ހިޒްބުﷲ އަށް ހަމަލާދޭނަން، އަމާންކަން ހާސިލު ކުރާނަން" އޭނާ ބުންޏެވެ.

އިސްރާއީލުގެ ޑިފެންްސް މިނިސްޓަރގެ މި ވާހަކަތަކުން އެގައުމުގެ އެންމެ ގާތް އެކުވެރިޔާ، އަދި މި ހަނގުރާމައިގައި ގިނަ އަދަދެއްގެ ހަތިޔާރު އަދި ފައިސާ ފޯރުކޮށްދީފައިވާ އެމެރިކާއާއި އުފެދިފައިވާ ހަމަނުޖެހުންތައް ވަރަށް ބޮޑުކަން އެނގިގެންދެއެވެ.

އޭނާ ބުނެފައިވަނީ އެމީހުންނަށް އިތުރު ގޮތެއް ނެތް ކަމަށާއި އެއްވެސް އިތުރު ގައުމެއް ވެސް އެމީހުންނާއި އެކީ ނެތް ކަމަށެވެ. އެހެން ކަމުން އަމިއްލައަށް ދިފާއުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ނުބައި ނުލަފާ މީހުން ނައްތާލަން ކޮންމެ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަސޮރު

    ތިމީހުނަށްވުރެ ބާރުގަދަ ފަރާތެއްވާކަމުގައި ހީނުކުރަނީ ތިޔަބައި މީހުންގެ ހުރި މޮޔަކަމުންތާ. ﷲއީ ކޮންމެ ކަމަކަށް ކުޅަދުން ވަންތަވެ ވޮޑިގެންވާ އިލާހު. ގަދަބަސް ބުނަމުން މަތިހަށިނަގައި އައި އަބުރާގެ ގަދަފަދަ ފައުޖުވެސް ދޫނިބައިގަނޑެއްގެ އަތްދަށުވެ ނިމިދިޔަގޮތް އިބުރަތަކަށް ނުފުދެނީހެއްޔެވެ.؟

  2. ސިމާއު

    ޢަރަބި ޤައުމުތަކާއި އިންވެގެން އޮތް އިސްލާމީ ޤައުމެއް އިޒުރޭލު ސަރުކާރަށް ތިޔަގޮތަށް ނައްތާ ލެވެނީ މިދުނިޔޭގައި ޢަދުލު އިންޞާފެއް ނެތުމާއި ޢަރަބި އިސްލާމީ ޤައުމުތަކުގެ ވެރިންގެ ކިބައިގައި އިސްލާމްދީނަށް ނަޞްރު ހޯދުމަށް މަސައްކަތް ކުރުމަށްވުރެ ބޮޑަށް އެބައިމީހުންގެ ޢާއިލީ އަމިއްލަ ވެރިކަމާއި؛ ބާރާއި ޢިއްޒަތާއި ޝާނާއި ޝައުކަތަށް ބޭނުންވެފައިވާލެއް ބޮޑު ކަމުންނެވެ.
    ޣައްޒާ ނައްތާލުމަށްފަހު މިހާރު ކުޅިބަލަންތި ބޮޑެތި ޢަރަބި ޤައުމުތަކާއި ހަމައަށްވެސް ތިޔަ ޤަތުލު ޢާންމު ދާނެ ކަމަށް ބަލަންޖެހޭ