22:51

އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާއެއް ދިން ކަމަށް ހިޒްބުﷲ އިން ބުނެފި

ހަތިޔާރު އެޅި ލުބްނާން ޖަމާއަތުން ބުނީ ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ލުބުނާނުގެ ބޯޑަރު ކައިރީގައި ހުންނަ ކިރްބެތު މާރް އަސްކަރީ މަރުކަޒަށް ކަޓިއުޝާ ރޮކެޓްގެ ބެރޭޖްތަކެއް ފޮނުވާލާފައިވާ ކަމަށް.

ހިޒްބުالله އިން ބުނީ އިސްރާއީލު ސިފައިން އެއްވެފައި ވަނީ މީގެ ކުރިން ދިން ހަމަލާއެއްގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ކަމަށާއި، އަނެއްކާވެސް އެ މީހުންނަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް.

 

22:24

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އދ.ގެ އާންމު މަޖިލީހުން ފާސް ކުރުމަށް ބައިނަލްއަގްވާމީ ގައުމުުތަކުން އެޅި މުހިންމު ފިޔަވަޅަށް ރައީސް ޑރ. މުއިއްޒު ތައުރީފް ކުރައްވައިފި

22:03

ޔޫއެންޖީއޭގެ ގަރާރަށް ގައުމުތަކުން ވޯޓު ދިނީ ކިހިނެއް؟.

22:02

މިއަދުގެ އާންމު މަޖިލީހުގެ ވޯޓަށް ފަހު ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރުކަމަށް ބާރު އަޅާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ.

އޭނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާ އެކު މުޅި ދުނިޔެ އޮތީ އިސްރާއީލު ހިފުމާ ދެކޮޅަށްކަން ގަރާރު ފާސްކުރުމުން ދޭހަވާ ކަމަށް.

22:01

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 35،000 އާ ގާތަށް ޖެހިލައިފި

21:51

ލުބްނާންގެ ހިޒްބުﷲގެ އިމާރާތްތަކަށް ހަމަލާދިން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

އިސްރާއީލުގެ އަސްކަރިއްޔާއިން އެ ހިސާބު ވައިގެ މަގުން ފެންނަ މަންޒަރުތައް އާންމުކޮށްފައިވާއިރު، ހިޒްބުﷲގެ ދެ މީހަކު ހަތިޔާރު ހިފައިގެން ޔާރޯން ސަރަހައްދުގެ "އަސްކަރީ ތަނެއް" ކައިރީގައި ދަތުރުކުރާ މަންޒަރު ފެނޭ.

އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ފައިޓާ ޖެޓްތަކުން އެ މީހުންނަށް ހަމަލާ ދީފައިވާ ކަމަށް ވެސް ބުނެފައިވޭ.

21:05

އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް އދ.ގެ އާންމު މަޖިލީހުން ތާއީދުކޮށް، ސަލާމަތީ މަޖިލީހުގައި ފަލަސްޠީނުގެ ރައްޔިތުން ބައިވެރިވުމަށް ގާބިލުކަމަށް ގަބޫލުކޮށް، އދ.ގެ ސަލާމަތީ މަޖިލީހުން އެމައްސަލަ އަލުން މުރާޖައާކުރުމަށް ލަފާދީފި

20:31

އދ.ގައި ފަލަސްތީނުގެ ހައްގުތައް ފުޅާކުރުމަށް ހުށަހެޅި ގަރާރު ބޮޑު ތާއީދާއެކު ފާސްކޮށްފި.

އެ ގަރާރު ފާސްކޮށްފައި ވަނީ 143 ގައުމެެއްގެ ތާއިދުާއެކު، ނުވަ ގައުމަކުން ނުފެންނަ ކަމަށް ވޯޓު ދިން އިރު، 25 ގައުމަކުން ވޯޓު ދީފައެއް ނުވޭ.

20:06

ފަލަސްތީނުެ ޣައްޒާ ސިޓީގެ ޒީތޫން އަވަށުގައި ހަމާސްއާ ދެކޮޅަށް މިއަދު ހެނދުނު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ ހަތަރު ސިފައިން މަރާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ބުނެފި.

19:32

އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމެއް ފަށައިގެން ކުރިއަށް އެބަދޭ.

19:30

ރަފަހު ބޯޑަރު ބަންދުކޮށްފައި އޮތުމާ ގުޅިގެން ޣައްޒާ އަށް ވަންނަންދާ އެހީގެ ޓްރަކްތައް ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

19:24

ރަފާހުގައި އޮޕަރޭޝަން ފުޅާ ކުރަން އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ރުހުން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

18:07

ފަލަސްތީނަށް ތާއީދުކޮށް އުރުދުންގައި ހިނގާލުމެއް ކުރިއަށް ދަނީ.

18:04

ފަލަސްތީނުގެ ގުދުސްގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭ ހެޑްކުއާޓާސް އަށް ދިން ހަމަލާ އދ. ގެ ޗީފް އެންޓޯނިއޯ ގުޓަރޭސް ކުށްވެރި ކުރައްވައިފި. މި ހަމަލާ ދީފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އިސްރާއީލްގެ ރައްޔިތުންތަކެއް.

"އިންސާނީ އެހީ ފޯރުކޮށްދޭ މީހުންނާއި އިންސާނީ އެހީތެރިކަންދޭ ހެޑްކުއާޓާސްތަކަށް ހަމަލާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން ހުއްޓަން ޖެހޭ،" ގުޓަރޭސް ވިދާޅުވި.

 

17:46

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފަހަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން އެތަނުގައި ދިރިއުޅެމުން އަންނަ 100،000 އަށްވުރެ ގިނަ މީހުން އެތަން ދޫކޮށް ގޮސްފައިވާ ކަމަށް އދ އިން ބުނެފި.

17:25

އިސްރާއީލުން ލުބުނާންގެ ދެކުނުގެ ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ޝަހީދުކޮށްލައިފި. އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަހީދުވި އެކަކީ ޕެރަމެޑިކެއް.

16:59

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދޮނަމް ވިދާޅުވީ އިސްރާއީލުން މިދިޔަ ބުދަ ދުވަހު ރަފަހުގައި ހުރި ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި ޑަބްލިއުއެޗްއޯގެ ސްޓާފް މެމްބަރަކާއި އޭނާގެ އަންހެނުންނާއި އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށް.

އޭނާ ވިދާޅުވި ގޮތުގައި މިކަމުން ވެސް މި އެނގެނީ ރަފަހަކީ ސަލާމަތްތެރި ތަނެއް ނޫން ކަން. އިސްރާއީލްގެ އުދުވާން ހުއްޓާލުމަށް އޭނާ ގޮވާލެއްވި.އަދި އިންސާނީ އެހީ ފޯރުކޮށްދޭ މީހުންނާއި އާންމު ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ވެސް އޭނާ ގޮވާލެއްވި.

16:56

ޣައްޒާ އަށް ތެލާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ނޯވޭ ރެފިއުޖީ ކައުންސިލް (އެންއާރުސީ) އިން ގޮވާލައިފި. އެމީހުންގެ ބަޔާނުގައި ބުނެފައިވަނީ ރަފަހުގައި ތިބި މީހުން އެ ސަރަހައްދުން ނުކުތުމަށް އިސްރާއީލުން އަމުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް.

އެކަމަުގެ ސަބަބުން އެތައް ހާސް ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އެ ބަޔާނުގައިވޭ.

16:53

ޣައްޒާގެ ބައެއް ޑޮކްޓަރުން އަލް-ޖަޒީރާ އަށް ކިޔައި ދިން ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ސިއްހީ ނިޒާމު އެއްކޮށްހެން ހުއްޓުމަކަށް އަތުވެދާނެ.

ޣައްޒާގެ ދެކުނުން ހާން ޔޫނުސް ސަރަހައްދުގައި ހުންނަ ޔޫރަޕިއަން ޣައްޒާ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރު ޑރ. ސާލިހް އަލް-ހަމްސް ވިދާޅުވީ ރަފަހް ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގެ ހިދުމަތް ހުއްޓުމަކާ ދިމާލަށް އަންނަ ކަމަށް. އެ މައްސަލަ ދިމާވަނީ އޭނާ ވިދާޅުވި ގޮތުގައި ތެޔޮ ލިބުން ދަތިވެގެން.

ޣައްޒާގައި ތެލުގެ ބޭނުން އެހާ ބޮޑަށް ޖެހެނީ ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައް ހުއްޓުނަ ނުދިނުމަށް. އެ ޖަނަރޭޓަރުތައް ހުއްޓިއްޖެ ނަމަ، ސީރިއަސް ހާލަތުގައި ތިބި ބަލި މީހުންގެ ފުރާނަ އަށް ނުރައްކާވާނެ.

ސާލިހް ވިދާޅުވީ ޔޫރަޕިއަން ހޮސްޕިޓަލަށް ދާން އޮންނަ މައި މަގުގައި އެމްބިއުލާންސް ދުއްވުމަށް ވެސް ދަތިވެފައިވާ ކަމަށް. އެއީ އަސްކަރީ އޮޕަރޭޝަންތަކެއް އެ ސަރަހައްދުގައި ހިންގަމުންދާތީ ކަމަށް އޭނާ ވިދާޅުވި.

16:48

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލްއަގްސާ ހޮސްޕިޓަލަށް ބޭނުންވާ މުހިންމު ވަސީލަތްތައް ދެ ދުވަސް ތެރޭގައި ހުސްވެދާނެކަމުގެ އިންޒާރު ދީފި.

16:45

ޣައްޒާގައި ހުންނަ އަލް-އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގައި ހުރި ތެޔޮ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހުސްވާނެ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ހާމަކޮށްފި. ޣައްޒާގެ މީޑިއާ އޮފީހުން ވަނީ މިހާރުން މިހާރަށް އެ ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިނުމަށް ވެސް ގޮވާލާފައި.

"އަހަރުމެން ގޮވާލަން ވަގުތު ފާއިތުވެ އެތައް ބަޔަކު ޝަހީދުވެގެން ނުދަނީސް އދ. ގެ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އިދާރާތަކުން ވީއެންމެ އަވަހަށް އަލް-އަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިނުމަށް." ޣައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

އެ ތަނުން ބުނީ އަލް-އަގްސާ ހޮސްޕިޓަލަށް މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އިސްރާއީލާއި އެމެރިކާ ނަގަން ޖެހޭނެ ކަމަށް. އަދ މިކަމުގެ ސަބަބުން ބަލި މީހުންނާއި ކުޑަކުދިންގެ ފުރާނަ ހިނގައިދާނެ ކަމުގައި އެ ބަޔާނުގައިވޭ. ހާއްސަކޮށް ޒަހަމްވެފައިވާ މީހުންނާއި އިންޓެންސިވް ކެއާ އާއ ނާސަރީ ޑިޕާޓްމަންޓުތަކުގައ ތިބި މީހުންނަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ބުނެފައިވޭ.

16:39

އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައި ފަލަސްތީނަށް ތާއީދުކޮށް އެއްވެފައި.

 

15:55

ރަފާހްއާއި މިސްރު ގުޅޭ ބޯޑަރު އިސްރާއިލުން ހިފި ފަހުން ޣައްޒާއަށް އެއްވެސް ކަހަލަ އެހީއެއް ނުވަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

ނިރުބަވެރިން އެބޯޑަރު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު.

15:39

ނިރުބަވެރިންގެ އިންޒާރާއި ހަމަލާތަކާއި ގުޅިގެން ރަފާހުން 100،000 އަށްވުރެ ގިނަ މީހުން އެތަން ދޫކޮށް ގޮސްފި.

14:25

އިސްރާއީލުގެ ހަނގުރާމައިގެ އެންމެ މުހިންމު ބައިވެރިޔާ އިސްރާއީލުން ރާވަނީ ރަފާހުގައި ކުދި ކުދި އޮޕަރޭޝަންތައް ހިންގަން ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފި

 

13:24

ރަފާހު ސަރަހައްދުން އިސްރާއީލުން ކެރެމް ޝަލޮމްއަށް ފޮނުވާލި ދެ ރޮކެޓެއް އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް ނިރުބަވެރިން ބުނެފި.

13:23

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އެސަރަހައްދުގައި ހިންގަމުން އައި ހޮސްޕިޓަލްތައް ހުސްކޮށް، ބަންދު ކުރަން ޖެހިއްޖެ

 

11:41

މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހު އުފާތަކުން މަހުރޫމްވެފައިވާ ފަލަސްތީނު ކުދިންގެ ހަނދާން ހަނދާންތައް ރައީސް، ޑރ. މުހައްމަދު މުއިއްޒު އާ ކުރައްވައިފި

 

11:06

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ގެއަކަށް ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުވެ، ފަސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

11:05

ހަނގުރާމަ ހުއްޓާލުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް އާއި އިސްރާއީލުން ގޮތްދޫކުރަން ޖެހޭ ކަމަށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ބައިވެރިޔާ މިސްރުން ބުނެފި

 

10:38

ހައްދުފަހަނަ އަޅާފައިވާ ޔަހޫ އިސްރާއީލުން ފަލަސްތީނުގެ ދެ މީހަކު ޝަހީދު ކޮށްލައިފި

 

10:23

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތާލަން ޖެހޭ ކަމަށް ސިއްރުން ދުނިޔޭގެ ލީޑަރުން ބުނަމުން އަންނަ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފި

 

09:31

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ހަމަލާދޭން ބޭނުންވާ ހުރިހާ ހަތިޔާރު ހުރި ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި

 

09:17

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާއީލުގެ ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އިމާރާތްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ގޮއްވާލައިފި

 

09:01

ފަހުގެ މައުލޫމާތު:

  • ބައިނަލްއަގުވާމީ ބޮޑެތި ފާޑުކިޔުންތަކާއި އެކުވެސް އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގެ އެތެރެއަށް އަންނަނީ ޖެހެމުން. އިސްރާއީލުގެ ބޮޑު ވަޒީރު ބުނީ، އެމެރިކާ އަދި އެހެން ގައުމެއް ނެތި އެކަނި އޮންނަން ޖެހުނަސް އިސްރާއީލުން އޮތީ ތައްޔާރަށް ކަމަށް.
  • ތިން ދުވަސް ވަންދެން ޣައްޒާއަށް އެއްވެސް އެއްޗެއް އެތެރެ ކުރުން އަދި ބޭރު ކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި ޣައްޒާގެ އިންސާނީ ހާލަތު ވަނީ އިތުރަށް ގޯސްވެފަ.
  • ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވި މިސްރުގެ ކައިރޯގައި ތިބި ހަމާސް، އެމެރިކާ އަދި ގަތަރުގެ ވަފުދުތައް ކަންބޮޑުވުން ފާޅުކޮށްފި.
  • ހުޅަނގު އައްސޭރީގައި ހުންނަ އދ. ގެ އިމާރާތުގައި ނިރުބަވެރިން ރޯކޮށްލައިފި.
  • އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށް ނުދޭން ނިންމި ނިންމުމާއި އެކީ އިސްރާއީލުގެ ރުޅިގަނޑު ފަޅައިގެން ގޮސްފި. އިސްރާއީލުން ބުނީ، އެކަން އޮންނަން ޖެހުނަސް އެމީހުން އަމިއްލައަށް ދިފާއުވާނެ ކަމަށް. އަދި ހަމާސް ނައްތާލުން ނޫން ގޮތެއް ވެސް ނެތް ކަމަށް.

 

08:52

އިސްރާއީލުގެ 7 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ލުބުނާނުގެ ހިޒްބުﷲ އިން ބުނެފި.

08:51

އެމެރިކާއާއި އުރުދުންގެ އިތުރުން އިނގިރޭސިވިލާތުން ވެސް ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފި.

އިސްރާއީލުގެ ބައިވެރިއެއް ކަމަށްވާ އިނގިރޭސިވިލާތުން އެހީ ފޯރުކޮށްދިންކަން އެގައުމުގެ ޑިފެންސް ސެކްރެޓަރީ، ގްރޭންޓް ޝަޕްސް ވަނީ ކަށަވަރު ކޮށްދީފަ. އެގޮތުން އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެގައުމުން ޣައްޒާއަށް ވައިގެ މަގުން 111 ޓަނުގެ އެހީ ފޯރުކޮށްދިން ކަމަށް.

08:49

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ގުދުސްގައި ހުންނަ އދ. ހެޑްކުއާޓާސްއިން ދިން ހަމަލާ ފަލަސްތީނުގެ ކަމާއި ބެހޭ ފަރާތްތަކުން ކުށްވެރި ކޮށްފ. މި ހަމަލާއާއި ގުޅިގެން އެސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ އޮފީސް ވަނީ ބަންދުކޮށްފަ.

08:46

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެހީއަށް ބޭނުންވެފައިވާ ޣައްޒާއަށް އެމެރިކާއާއި އުރުދުން އިން ވައިގެ މަގުން އެހީ ފޯރުކޮށްދީފި

 

08:39

އެމެރިކާ އާއި އުރުދުން އިން ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއާއި އުރުދުންގެ ވައިގެ ސިފައިންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފި.

08:38

އިންތިހާއަށް އިންސާނީ އެހީ ބޭނުންވެފައިވާ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމާއި ދެކޮޅަށް ޔަހޫދީން ނުކުމެއްޖެ. ޔަހޫދީން ވަނީ އެހީ ނުވެއްދޭ ގޮތަށް ދެކުނު އިސްރާއީލުގެ ބައެއް މަގުތައް ބަންދުކޮށްފަ.

**************

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް މިއަދަށް ވަނީ 217 ދުވަސް ވެފައެވެ. ހަނގުރާމައިގައި އެކި ދުވަހު އެކި ވަރުގެ ހަމަލާތައް ދެމުން އަންނައިރު، މިމަހުގެ 6 ވަނަ ދުވަހު ނިރުބަވެރިން ވަނީ ޣައްޒާގެ އެންމެ މީހުން ގިނަ އެއް ސަރަހައްދު ކަމަށްވާ ރަފާހް އާއި ދިމާލަށް މިސްރާބު ޖަހާފައެވެ. ނިރުބަވެރިންގެ އަމާޒަކަށްވީ، އެތަން ހިފުމެވެ.

ރަފާހަށް އަރައިގަތުމުގެ ވިސްނުމުގައި މީގެ ކުރިން ވެސް ތިބި ނިރުބަވެރިން އެސަރަހައްދުގެ ބައެއްގެ ކޮންޓްރޯލް ހިފުމާއި އެކީ ގިނަ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި އިސްރާއީލަށް މި ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން އެމެރިކާ ވެސް ހިމެނެއެވެ.

އެގޮތުން އެމެރިކާއިން ވަނީ ރަފާހަށް ނޭރުމަށް އެތަކެއް ފަހަރަކު ގޮވާލާފައެވެ. ނަމަވެސް އެކަމަށް އިޖާބަ ނުދީ، ނިރުބަވެރިން ވަނީ ރަފާހް އާއި މިސްރާއި ގުޅުނު ބޯޑަރު ސަރަހައްދުގެ ބާރު ނަގައި، ރަފާހުގެ ބައެއް ސަރަހައްދުތަކަށް ވަދެގަނެ، ހަމަލާތަކެއް ދީފައެވެ. މިއާއި އެކީ އެމެރިކާއިން ވަނީ އެމީހުން ފޯރުކޮށްދެމުން އަންނަ ހަތިޔާރުގެ ތެރެއިން ބައެއް ހަތިޔާރު ފޯރުކޮށްދިނުން ލަސްކޮށްފައެވެ. އަދި ހަމަލާތައް ދޭހާ ހިނދަކު ހަތިޔާރު ނުދޭނެ ކަމަށް ބުނެ ވެސް ވަނީ އިންޒާރުތަކެއް ދީފައެވެ.

އެމެރިކާއިން މިފަދަ އިންޒާރުތަކެއް ދިން ނަމަވެސް ޔަހޫދީން ބޭނުން ވަނީ ފަލަސްތީނުގެ ހަރަކާތްތެރިވަމުން އަންނަ ހަމާސް ޖަމާއަތް ނައްތާލުމަށެވެ. އެކަމުގެ ހެކިތައް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ، ޑެފެންސް މިނިސްޓަރުގެ ވާހަކަތަކުން އެނގިގެންދެއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ މި ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު