ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތާލަން ޖެހޭ ކަމަށް ސިއްރުން ދުނިޔޭގެ ލީޑަރުން ބުނަމުން އަންނަ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ އޭނާ ގާތު ދުނިޔޭގެ ލީޑަރުން ސިއްރުން ހަމާސް ޖަމާއަތް ނައްތާލަން ޖެހޭ ކަމަށް ބުނި ނަމަވެސް ދުނިޔޭގެ ކެމްޕަސްތަކާއި ކޮލެޖްޓަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި މި ހުރިހާ ޕްރޮޕެގެންޑާއަކާއި ކުރިމަތިލާން ޖެހުމުން އެމީހުންގެ ވާހަކަތައް ބަދަލުވާ ކަމަށެވެ. ނަމަވެސް އޭނާ އެކަން ދުލެއް ނުކުރާނެ ކަމަށާއި އަމިއްލަ ރައްކާތެރިކަން ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.

އިސްރާއީލާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގައި ކުރަމުން އަންނަ މުޒާހަރާތަކާއި ބެހޭ ގޮތުން އެހުމުން ނަތަންޔާހޫ ބުނީ، ހަމާސް އިން މަސައްކަތް ފެށީ އިސްރާއީލް ހަލާކުކޮށްލަން ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށެވެ.

އޭނާ ބުނެފައިވަނީ ދުނިޔޭގައި އެކި ކަންކަމަށް ވަކާލާތު ކުރާ މީހުން ތިބި ކަމަށާއި ނަމަވެސް އެމީހުންނަށް ވެސް އެމީހުންނަށް ކުރެވޭ ކަމެއް ނޭނގޭ ކަމަށެވެ. އަދި އަމުދުން ހަމާސް އަކީ ކޮބައިކަން އެމީހުންނަށް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަތަންޔާހޫ ބުނީ، އެމީހުން "ފްރޮމް ދަ ރިވާ ޓު ދަ ސީ" މިފަދައިން ބުނާއިރު، އެ މާނަ ވަނީ އިސްރާއީލު ނެތިކޮށްލުން ކަމަށާއި އެކަމުން އެމީހުން ހިތްވަރު ދެނީ ގަތުލުއާންމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމްދު

    ސިއްރުން ބުޔަސް އަދި ފާޅުގަ ބުންޔަސް އިރާދަ ކުރެއްވިކަމެއް ވަމުންދާނީ

    13
  2. ހަމާސް

    ހަމާސް ނައްތާލަން ޖެހޭ ކަމަށް "ސިއްރުން" ދުނިޔޭގެ ލީޑަރުން އަހަރެން ގާތު ބުނޭ- ނަތަންޔާހޫ

    މިވާނީ ރަގަޅު ވާހަކައަކަށް. ބައިޑަންމެން މިތިބެނީ އިޒުރޭލް ލައްވާ ފަސްތީން ނައްތާލަންކަން މިއޮތީ ރަގަޅަށް އެގިފައި.

  3. ހުޝާމް

    އިޒްރާލް ނައްތާލަންޖެހޭކަމައްވެސް ވަރައްގިނަޤައުމުތަކުން ސިއްރުންކިޔާ

    11
    • މަށޭ

      ސިއްރަކުންނޫން ފާޅުގަ ކިޔާ.

  4. ނަސީދު

    ތި ވެދާނެ ތެދަކައް ދުނިޔޭގެ އަމިއްލަ އެދުމާގެން ތެޅިބާލާ އަރަބި މުސްލިމް ނުލަފާ ޖައްބާރުތައް މުސްލިމުންގެ ނަމުގައި ތިބެ ނަސްލެއްނައްތާލަން ކުރެވެންހުރި ހުރި ހުރިހާކަމެއް ކުރަމުން ދާއިރު މިއާލާތުން ރާބޮގެން ނަށާ އަންހެން ކުދިން ލައްވާ ނަށުވާ ބަލަން ތިބެނީ. ސައުދީ . މިސްރު . ޖޯޑަން ދުނިޔެއިން ނައްތާލަންޖެހޭ ދުނިޔެ އަށް ހަމަޖެހުން ގެންނަން ބޭނުންނަމަ.

  5. ޅަބޭ

    ހަމާސް ނޫނީ އިޒުރޭލު މިދުނިޔެއިން ނައްތާލެވިއްޖެޔާ މިދުނިޔެ ވަރައް އަމާން ތަނަކައްވާނެ.

    16
  6. އަޒާ

    ކަލޭގެ މުސްކުޅި އަމާވެސްބުނޭ، އެވެސް ސިއްރުން، ރޭގަނޑު ދަންވަރު،

  7. Anonymous

    ހަމާސް ނައްތާލަން ބޭނުން ނަމަ ދުނިޔެ ޤިޔާމަތަށް ހަގުރާމަ ކުރަން ރެޑީ ތިބޭ