ސެނެގާލް އާއި ތުރުކީގައި ބޯއިންގް 737 ގެ ދެ ފަސިންޖަރުން އުފުލާ ބޯޓެއް ޖެއްސުމުގެ ތެރޭގައި އެކްސިޑެންޓްތަކެއް ހިނގައި، އެ މަތިންދާބޯޓު އުފައްދާ ކުންފުނީގެ ސަލާމަތީ ރެކޯޑާ މެދު އިތުރު ސުވާލުތަކެއް އުފެދި އެތައް ތުހުމަތު ތަކެއް ކުރެވެން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ސެނެގާލްގެ ވެރިރަށް ޑަކާރުގެ ބްލޭސް ޑައިގްނޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ޗާޓަރުކޮށްފައިވާ އެއާ ސެނެގަލްގެ ބޮއިންގް ބީ737-300 ބޯޓެއް ރަންވޭ މަތިން ކަހާލައިފައިވެއެވެ. ޓްރާންސްއެއާ އިން އޮޕަރޭޓްކޮށް މާލީގެ ވެރިރަށް ބަމާކޯއަށް ދަތުރުކުރި ފްލައިޓުގައި ދެ ޕައިލެޓުންނާއި ހަތަރު ކެބިން ކްރޫ ހިމެނޭހެންް 10 މީހަކަށް އަނިޔާވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މީސް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ ބޯޓުގެ ކަނާތު ފިޔަގަނޑުގައި އަލިފާން ރޯވެފައިވާތަނެވެ. ފަހުން އެ މަތިންދާބޯޓު ރަތް އަދި ހުދު ޓޭޕް ވަށާދެމުމަށް ފަހު ބާއްވާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ.

ތުރުކީގައި މެޑިޓެރޭނިއަން ކޯސްޓަލް ޓައުން ކައިރީގައި އޮންނަ އެއާޕޯޓެއް ކަމަށްވާ ގާޒިޕާސާގައި ބުރާސްފަތި ދުވަހު 190 މީހުންނާއި އެކު ދަތުރުކުރި ފްލައިޓު ކޮރެންޑަން އެއާލައިންސްގެ ބޮއިންގް 737-800 މަރުކައިގެ މަތިންދާބޯޓުގެ އެއް ޓައިރު ފަޅައިގެން ގޮސަފއިވެއެވެ. މި ހާދިސާ ހިނގި ނަމަވެސް އެބޯޓުގައި ދަތުރު ކުރި ފަސިންޖަރުން ވަނީ ސަލާތް ކުރެވިފައެވެ.

ޖަރުމަނުގެ ކޮލޯން އިން އައި މަތިންދާބޯޓު ރަންވޭގެ އެއް ކޮޅަށް ޖެއްސި ކަމަށް ތުރުކީގެ މީޑިއާ ތަކުން ކުރި ރިޕޯޓު ކޮރެންޑަން އެއާލައިންސް އިން ވަނީ ދޮގުކޮށްފައެވެ. ތުރުކީގެ މިނިސްޓްރީ ފޯ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓުގެ ލޭންޑިން ގިއާއަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އެހެން ކަމުން އެ ބޯޓު ޖައްސާފައިވަނީ އަންތަލިޔާ އެއާޕޯޓަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިމްކޯ

    މަތިންދާ ބޯޓް ޖެއްސުމުގައި ދިމާވާ މިކަހަލަ ޙާދިސާ އާއި ގުޅިގެން މަތިންދާ ބޯޓްގެ ފަރާތުންނާއި ބޯޓް ޖެއްސި ޤައުމުގެ ފަރާތުން (ދެފަރާތުން) ދައްކާ ވާހަކަ ދިމާނުވުމަކީ ދެރަކަމެއް. މިފަދަ ކަންކަމަކީ އެއްވެސް މިންވަރަށް ޒާތީ ކަމެއް އެކުލެވެންޖެހޭ ކަހަލަ ކަންކަމެއްނޫން.
    ސެނެގާލްގެ އެއަރޕޯރޓަށް ޖެއްސި މަތިންދާ ބޯޓް ރަންވޭ މަތިން ކަހާލި ކަމަށް ބުނެފައިވާ އިރު ބޯޓުން ދަތުރު ކުރި މީހަކަށް ނުވަތަ ބޯޓަށް ގެއްލުން ލިބުނުކަން ފާހަގަ ކޮށްފައި ނުވާތީ؛ މިކަހަލަ ކޮންމެ ޚަބަރެއްގައިވެސް އެކަން ހިމަނައި ދިނުން އެދެން.