އިސްރާއީލުގެ ހަނގުރާމައިގެ އެންމެ މުހިންމު ބައިވެރިޔާ އިސްރާއީލުން ރާވަނީ ރަފާހުގައި ކުދި ކުދި އޮޕަރޭޝަންތައް ހިންގަން ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އެމެރިކާގެ ރައީސް، ޖޯ ބައިޑެން މި ހަފްތާގެ ތެރޭގައި ވަނީ އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ހަމަލާތައް ދޭން ނިންމުމާއި ގުޅިގެން އެގައުމަށް ހަތިޔާރު ފޯރުކޮށް ނުދޭނެ ކަމަށް އިންޒާރުދީފައެވެ.

މިސްރުގެ އޮފިޝަލުންނާއި ހަވާލާދީ ލުބުނާނުގެ މީޑިއާއެއް ކަމަށްވާ "އަލް-އަކްބަރު" އިން ބުނެފައިވަނީ ރަފާހުގެ ހާލަތު މިހާރު ދަނީ އިތުރަށް ގޯސް ވަމުން ކަމަށެވެ.

އަދި މިހާރު އެމެރިކާއާއި ގުޅުން ބަދަހި ކުރުމަށް އިސްރާއީލުން ރަފާހުގައި ހިންގަމުން އަންނަ ކުދިކުދި އޮޕަރޭޝަން ކަމަށް ވަނީ ބުނެފައެވެ.

މި ހަމަލާތަކާއި ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އެގައުމުން ރަފާހުގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިނަމަ، ހަމާސް ޖަމާއަތް ނެތި ދާނެ ކަމުގެ ބިރު އެޖަމާއަތަށް އެބަ އޮތް ކަމަށާއި އެހެން ކަމުން އެ ޖަމާއަތުން ވެސް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.

ނިރުބަވެރިން ރަފާހުގައި ހިންގަމުން އަންނަ އޮޕަރޭޝަނުގައި އާންމުން ދިރިއުޅޭ އިމާރާތްތަކާއި އާންމު ތަންތަނަށް އަންނަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް ރަފާހުން އެތައް މީހަކު ޝަހީދުވެ، ޒަހަމްވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.