ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މައި ސަހަރުތަކުގައި މިއަދު ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި ފަލަސްތީނުގެ 12 މީހުން ހައްޔަރުކޮށްފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާގައި ވަރުގަދަ ހަމަލާތަކެއް ދެމުންދާ އިރު ހުޅަނގު އައްސޭރީގައި ކުރާ ކަންތައްތައް ވެސް މިވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ޔަހޫދީން މަސައްކަތް ކުރަމުންދަނީ ހުޅަނގު އައްސޭރިން ފަލަސްތީނުގެ ރައްޔިތުންގެ ބޮޑު އަވަށެއް ހުސްކުރުމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިހާރު ވަނީ ފަލަސްތީނުގެ މުސްލިމުން ދިރިއުޅެމުން ދިޔަ އަވަށެއްގެ 50 ގެ އެއްކޮށް ތަޅާލައި އެ އަވަށުން އެ މީހުން ބޭރުކުރަން ފަށާފައެވެ. އަދި މަޑުމަޑުން ޔަހޫދީ އިސްރާއީލްގެ ރައްޔިތުން އެ އަވަށުގައި އާބާދުކުރަން ފަށާނެ ކަން ވެސް ޔަހޫދީންގެ އަނިޔާވެރި ސަރުކާރު އިސްވެރިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަރަށް ވަރުގަދަ އަށް ރެއިޑްތައް ކުރަމުންނެވެ. މި ރެއިޑްތަކުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެ ތަކަށް ވަދެ އެ ގެ ތަކުގައި ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ

ފަލަސްތީނުން ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ހައްޔަރުކުރާ މީހުންގެ މައުލޫމާތު އެއްކުރާ ޖަމިއްޔާ އެއް ކަމަށްވާ ފަލަސްތީނިއަން ޕުރިޒަނާސް ސޮސައިޓީން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިން 8000 އަށް ވުރެ ގިނަ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ހައްޔަރުކޮށްފައި ކަމަށެވެ.