ޔޫރަޕުގެ ގައުމެއް ކަމަށްވާ ސުޕެއިން އާއި ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އާރްޖެންޓީނާއާއި އޮންނަ ހާރިޖީ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި ސުޕެއިން އިން އެ ގައުމުން އާރްޖެންޓީނާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އެ ގައުމަށް އަނބުރާ ގެނެސްފިއެވެ.

ސުޕެއިން އިން ސަފީރު އަނބުރާ ގެނެެއީ ދާއިމީ ކޮށް ކަމަށާއި ދެން ސުޕެއިން އިން އާރަޖެންޓީނާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ހުންނާނީ ސުޕެއިންގެ ވެރި ރަށް މެޑްރިޑްގައި ކަމަށް ސުޕެއިންގެ ފޮރިންގް މިނިސްޓަރ ޖޯސް މެނުއަލް ވަނީ ނޫސްވެރިންނާއި އެކު ކުރިއަށް ގެންދިޔަ އިންޓަވިއު އެއް ބުނެފައެވެ.

ސުޕެއިން އިން އެ ގައުމުން އާރްޖެންޓީނާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަނބުރާ އެ ގައުމަށް ގެއްދިޔުމުން އާރްޖެންޓީނާގެ ރައީސް ހާވިއޭ މިލެއީ ވަނީ ސުޕޭންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އާރްޖެންޓީނާގެ ރައީސް ބުނެފައިވަނީ ސުޕޭންގެ ބޮޑުވަޒީރު ޕެޑްރޯ އަކީ ވަރަށް ބޮޑާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ސޯސަލިސްޓެއް ކަމަށާއި ޑިމޮކްރަސީގެ ރީތި ސިފައެއް ނެތް މީހެއް ކަމަށް ވެސް އާރްޖެންޓީނާގެ ރައީސް ވަނީ ބުނެފައެވެ.

ސުޕެއިންގެ ސަރުކާރާއި އާރްޖެންޓީނާގެ ސަރުކާރުގެ ހާރިޖީ ގުޅުން ގޯސްވެފައިވަނީ ސުޕޭންގެ ވެރި ރަށް މެޑްރިޑްގައި އޮތް ހަރަކާތެއްގައި އާރްޖެންޓީނާގެ ރައީސް ހާވިއޭ މިލެއީ ސުޕޭންގެ ބޮޑުވަޒީރު އަނބިކަނބަލުންނަކީ ބޮޑު ވަގެއް ކަމަށާއި ސުޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ އަކީ ފިޑިއެއް ކަމަށް ބުނުމުންނެވެ.

ސުޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއެލް އަލްބަރެސް ބުނެފައިވަނީ ސުޕެއިން އަކީ ސުލްހަ އަށް ލޯބި ކުރާ ގައުމެއް ކަމަށާއި އެއްވެސް ގައުމަކާއި އޮންނަ ހާރިޖީ ގުޅުން އިތުރަށް ގޯސް ވާން ނޭދޭ ކަމަށާއި ނަމަވެސް ސުޕެއިންގެ ދައުލަތުގެ އިސްވެރިންގެ އަބުރާއި އިއްޒަތް ހިޔާމަތް ކުރުމަކީ ސުޕެއިންގެ ސަރުކާރަށް ލާޒިމް ކަމެއް ކަމަށެވެ. ސުޕެއިންގެ ސަރުކާރުގެ ވެރިންނަށް ސުޕެއިންގެ ވެރި ރަށުގައި ބަދުބަސް ބުނުމަކީ ސުޕެއިންގެ ސަރުކާރުން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށާއި އަދި މި ކަމަށް ފުރުޞަތެއް ނުދޭނެ ކަމަށެވެ.