23:41

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާ ކަމަށް ޔަހޫދީ އިސްރާއީލުން މިރޭ ބުނެފި.

22:30

ފުށް ހިފައިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސް ސަރަހައްދުން ދިޔަ ޓްރަކަކަށް، އިސްރާއީލްގެ ރައްޔިތުންތަކެއް ހަމަލާދީފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފި.

22:28

ހިޒްބުﷲ އިން އިސްރާއީލްގެ ޓޭންކަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް އެ ޖަމާއަތުން އިއުލާންކޮށްފި. ލުބުނާންގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހަލާކުކޮށްލާފައި ވަނީ މަރްކާވާ ޓޭންކެއް.

މިސައިލް ހަމަލާގައި އޭގައި ތިބި ސިފައިންގެ މީހުން މަރުވެފައި، ނޫނީ އަނިޔާވެފައިވާ ކަމަށް ހިޒްބުﷲ އިން ބުނޭ.

22:27

ރަފަހްގެ ހުޅަނގުން ވަރަށް ބޮޑަށް ކަޅު ދުންތައް އަރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި. އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ރަފަހަށް އެންމެ ފަހުން ދިން ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 38 ރައްޔިތުން ވަނީ ޝަހީދުކޮށްލާފައި.

އިސްރާއީލްގެ ސިފައިން މިހާރު ވެސް ރަފަހްގެ އެތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

އިސްރާއީލް ސިފައިން ވަންނަމުންދާ ސަރަހައްދުތަކުން ކަޅު ދުންތަކާއި ބާރުގަދަ އަޑުފައްގަނޑު ވެސް އިވެމުންދާ ކަމަށްވޭ.

21:04

ފަލަސްތީނުގެ ޣައްޒާގައި ހުރި އަލް-އަގްސާ ހޮސްޕިޓަލްގެ ހިދުމަތް ހުއްޓުމަކަށް އަންނަން ކައިރިވެއްޖެ.

19:50

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުންނަށް ދިން ހަމަލާއަކުން ލުބުނާންގެ ސުކޫލު ކުދިންތަކެއް ހަނި ގޮތަކަށް ސަލާމަތްވެއްޖެ.

19:28

ސާވިސް އެމްޕްލޯއީސް އިންޓަނޭޝަނަލް ޔޫނިއަން (އެސްއީއައިޔޫ) ގެ މެމްބަރުންތަކެއް ކުޅަދާނަ ކަމެއް ފުރިހަމަކޮށްފި. އެ މެމްބަރުންތައް ވަނީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހާރިސް ދެއްވަމުން ގެންދެވި ތަގްރީރެއް ހުއްޓުވާފައި.

އެއްވެ ތިބި މީހުން ގޮވާލީ ފަލަސްތީނު މިނިވަން ކުރުމަށް. އެމީހުން ތިބީ ފަލަސްތީނުގެ ދިދަ ވެސް ހިފައިގެން.

19:24

އިސްރާއީލުން ހައްޔަރު ކުރާ މީހުންނަށް އަނިޔާ ކުރާ ނަމަ، އެކަމާ ގުޅޭ ތަހުގީގެއް ހިންގަން އދ. ގެ ސްޕެޝަލް ރެޕެޓުއާއަކު ގޮވާލައްވައިފި.

19:22

އިސްރާއީލް ސިފައިންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ހިޒްބުﷲ އިން ބުނެފި. ހިޒްބުﷲ އިން ބުނި ގޮތުގައި އެހަމަލާތައް ދިނީ އިސްރާއީލްގެ އުތުރުގައި އޮންނަ ބެއިތު ހިލެލް ބޭސްއަށް.

މިކަމުގައި އިސްރާއީލްގެ ބަސް ތަފާތު. އިސްރާއީލުން ބުނަނީ ލުބުނާނުން ފޮނުވާލާފައި ވަނީ 30 ރޮކެޓް ކަމަށް.

19:15

އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ކޯޓުގައި އޮތް މައްސަލައަކުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާ ދިނުން ނުހުއްޓޭނެ ކަމަށް އިސްރާއީލުން ބުނެފި.

19:01

އިސްރާއީލުން ފަލަސްތީނުގެ ރަފަހަށް އަނެއްކާ ވެސް ވައިގެ ހަމަލާތަކެއް ދީފި. މިހަމަލާތަކުގައި ފަލަސްތީނުގެ ބަޔަކު ޝަހީދުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފައި. ރަފަހްގައި ހުރި ސެންޓްރަލް މާކެޓަކަށް އިސްރާއީލުން ވަނީ މިއަދު ވައިގެ ހަމަލާއެއް ވެސް ދީފައި. އެ ހަމަލާގައި ދެ މީހުން ޒަހަމްވި. 0

18:54

މިދިޔަ ދެ ދުވަހުގެ ތެރޭގައި އިސްރާއީލްގެ 30 ސިފައިންގެ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފި. އެ ނޫހުން ބުނި ގޮތުގައި އެ ސިފައިންގެ ތެރެއިން އަށް ސިފައިންގެ މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި.

އެ ނޫން ބުނި ގޮތުގައި ޒަހަމްވި ސިފައިންގެ ތެރެއިން 22 ސިފައިން ޒަހަމްވީ ޣައްޒާގައި. އަދި ބާކީ ތިބި މީހުން ޒަހަމްވީ އެހެނިހެން ސަރަހައްދުތަކުގައި.

17:54

ތެޔޮ ލިބުމުގައި ދިމާވެފައިވާ ދަތިތަކާ އެކުގައި ވެސް ޣައްޒާގެ ރައްޔިތުން ދަތުރު ކުރުމުގައި ގެންގުޅެނީ ހިމާރު. އެގޮތުން ޒަހަމްވެގެން ހާލު ދެރަވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމަށް ވެސް ހިމާރުގެ ބޭނުން އެމީހުން ކުރޭ.

17:50

އިސްރާއީލުން ލުބުނާނަށް ދިން ޑްރޯން ހަމަލާއެއްގައި ހިޒްބުﷲ ގެ މެމްބަރަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި. އިސްރާއީލުން ބުނީ ޝަހީދުކޮށްލި ހިޒްބުﷲ ގެ މެމްބަރު މުހައްމަދު ނާސިރަކީ ހަތިޔާރުތައް އުފެއްދުމުގައި އިސް ރޯލެއް އަދާ ކުރާ މީހެއް.

އިސްރާއީލްގެ ހަމަލާއެއްގައި އެ މެމްބަރު ޝަހީދުވެފައިވާ ކަމަށް ހިޒްބުﷲ އިން ވެސް ކަށަވަރުކޮށްދޭ.

17:45

ފަލަސްތީނުގެ ރައްޔިތުންތަކެއް ޖަނާޒާ ޖެނިންގައި ކުރިއަށް ދަނީ.

16:06

ނިރުބަވެރި އިސްރާއީލާއި ދެކޮޅަށް ލުބުނާނުން 30 ރޮކެޓް ހަމަލާ ފޮނުވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އިސްރާއީލުން ބުނި ގޮތުގައި މި ރޮކެޓްތައް ވެއްޓިފައިވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ހުސް ސަރަހައްދަކަށް. އެހެން ކަމުން މި ރޮކެޓް ހަމަލާގައެއް އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވޭ.

16:02

އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫއާއި ޑިފެންސް މިނިސްޓަރ، ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރަކަށް އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހަންގޭރީއިން ބުނެފި.

 

15:28

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި އެ ކޭމްޕުގައި ހުންނަ އަވްދާ ހޮސްޕިޓަލް ކައިރިއަށް ވެސް ހަމަލާތައް އަމާޒުކުރަމުން އެބަދޭ.

 

15:21

 

15:08

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެެރިން ކަމަށްވާ އިސްމާއީލް ހަނިއްޔާއާއި ޚާލިދް މެޝާލް އާ ޤަތަރުގެ ވެރި ރަށް ދޯހާގައި ބައްދަލުކުރި ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ

 

15:02

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށް ފަހު އެތަނުގެ ހާލަތު

14:35

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހުން ފޭބުމަށް ގޮވާލާއި އެގައުމާއި ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގެ ގޮތެއް ނިންމުން މާދަމާއަށް ތާވަލުކޮށްފި

 

14:03

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ އަވަށަކަށް ދިން ޑްރޯން ހަމަލާއެއްގައި ހިޒްބުﷲގެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި. އެ ޖަމާއަތުން ބުނި ގޮތުގައި ޝަހީދުކޮށްލާފައިވަނީ މުހައްމަދު ނަސީރު ނަމަކަށް ކިޔާ މީހެއް.

13:55

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި ކުޑަ ދެކުދިންގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފި.

12:39

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ މީހެއްގެ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި.

 

12:32

ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ރެނިންގެ ރެފިއުޖީ ކޭމްޕުގައި ތިބި އިސްރާއީލް ސިފައިން އެސަރަހައްދު ދޫކޮށް ދާން ފަށާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ނިރުބަވެރި އިސްރާއީލުން އެސަރަހައްދު ދޫކޮށް ދާން ފަށާފައިވާއިރު، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިހާތަނަށް ހަތަރު ކުޑަކުދިންނާއި ޑޮކްޓަރަކާއި ޓީޗަރަކު ހިމެނޭހެން 12 މީހަކު ވަނީ ޝަހީދުކޮށްލާފަ.

11:14

ބާލިން ޔުނިވާސިޓީގައި ތިބި މުޒާހަރާ ކުރާ ފަރާތްތަކުން އެތަން ދޫކޮށް ދިއުމަށް ވަކި މުއްދަތެއް ދީފި.

11:07

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ދެކުނުގައި އޮތް ކާރަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި. މި ހަމަލާގެ އިތުރުން ވެސް އިތުރު ކާރަކަށް ދިން ހަމަލާގައި ލުބުނާނުގެ ހިޒްބުﷲގެ ދެ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފަ.

10:59

ޖެނިންގެ ރެފިއުޖީ ކޭމްޕުގައި ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި 12 މީހަކު ޝަހީދުކޮށްލައިފި.

10:07

ފަހުގެ މައުލޫމާތޫ:

  • ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 16 މީހަކު ޝަހުދިވެފައިވާއިރު، އޭގެ ތެރޭގައި 10 ކުދަކުދިން ހިމެނޭ. މި ހަމަލާގެ އިތުރުން ވެސް ނިރުބަވެރިން ނުސީރަތް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އިތުރު 8 މީހަކު ވަނީ ޝަހީދުވެފަ.
  • ނިރުބަވެރިންގެ އަސްކަރީ ޓޭންކަރުތަކާއި ވެހިކަލްތަކުން އަންނަނީ ރަފާހުގެ މެދުތެރެއާއި ކައިރިވަމުން.
  • ނިރުބަވެރި އިސްރާއީލުގެ ހައްޔަރުގައި ހުރި މީހެއްގެ ގައިގައި ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ.
  • ނިރުބަވެރިން ވަނީ އަލްޖަޒީރާގެ ނޫސްވެރިއަކަަށް ބަޑިން ހަމަލާދީފަ.

 

09:35

އެމެރިކާއިން ނިރުބަވެރި އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ ހަތިޔާރު ބޭނުން ކޮށްގެން ޣައްޒާގެ ކުޑަކުދިން ޝަހީދުކުރަމުން އަންނާތީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ގޮވާލައިފި

 

09:01

ހަމާސް ޖަމާއަތުން ހައްޔަރު ކޮށްފައިވާ މީހުން ދޫކުރުމަށް އިސްރާއީލުން އެއްބަސްވުމަކަށް އައުމަށް ގޮވާލައި، އެގައުމުގެ ގިނަ ބަޔަކު މުޒާހަރާ ކުރަނީ

09:00

ނިރުބަވެރި އިސްރާއީލުގެ ރަފާހު ހިފުމާއި ގާތަށް އަންނައިރު، ރަފާހުގެ ސަރަހައްދަކަށް މިހާރު ނިރުބަވެރިން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ކަމަށް އަލްޖަޒީރާ ނޫހުން ބުނެފި.

އެ ނޫހުން ބުނި ގޮތުގައި މި ހަމަލާގައި އެކަކު ވަނީ ޝަހީދުވެފަ.

08:59

ހުޅަނގުއައްސޭރީގެ ޖެނިންގައި ހަރަކާތްތެރިވަމުން ދިޔަ އަލްޖަޒީރާގެ ބައެއް މީހުންނަށް ނިރުބަވެރި އިސްރާއީލުން ބަޑިން ހަމަލާދީފައިވާ ކަމަށް އެނޫހުން ބުނެފި.

އެނޫހުން ރިޕޯޓް ކުރި ގޮތުގައި ނިރުބަވެރިން އެމީހުންނަށް ހަމަލާދީފައިވަނީ އެމީހުން ތިބި ހޮޓެލް ކައިރިން. މި ހަމަލާގައި އެކަކަށް ޒަހަމްވެފައިވާ ކަމަށާއި ނިރުބަވެރިން ތިބީ އެމީހުން ތިބި ހޮޓެލް ވަށާލާފައިވާ ކަމަށް ވެސް ބުނެފަ.

08:50

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިން ޣައްޒާގެ މިސްކިތަކަށް ހަމަލާދީ 16 މީހަކު ޝަހީދުކޮށްލައިފި

 

08:47

ފަހުގެ ތަފާސްހިސާބުތައް:

އިސްރާއީލް:

  • މަރުވި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުވި މީހުންގެ އަދަދު: 35،709
  • ޒަހަމްވި މީހުންގެ އަދަދު: 79،990

ހުޅަނގުއައްސޭރީ:

  • ޝަހީދުވި މީހުންގެ އަދަދު: 512
  • ޒަހަމްވި މީހުންގެ އަދަދު: 4،950

 

08:46

ޔަހޫދީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތް ރެޖިއުޖީ ކޭމްޕަށް ހަމަލާތަކެއް ދީ އެތައް ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި

 

**********************

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި މުޅި ޣައްޒާ ވަނީ ސުންނާފަތިކޮށްލާފައެވެ. ހަނގުރާމައިގެ ކުރީކޮޅު މާ ގިނަ ސަރަހައްދުތަކަށް ހަމަލާތަކެއް ނުދިން ނަމަވެސް ފަހަކަށް އައިސް ވަނީ އާންމުން ބޯހިޔާވަހިކަން ހޯދަމުން އައި ސަރަހައްދުތަކަށް ހަމަލާތައް ދޭން ފަށާފައެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް ސަރަހައްދަކީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހެއެވެ. މި ސަރަހައްދަކީ އެހެން ސަރަހައްދުތަކަށް ނިރުބަވެރިން ހަމަލާދޭން ފެށުމާއި އެކީ އެތަންތަން ދޫކޮށް ގިނަ އަދަދެއްގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން އައި ސަރަހައްދެކެވެ.

މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އެތަނަށް ނިރުބަވެރިން ހަމަލާތައް ދިނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެތަން ހުސްކުރުމަށް އަންގައި ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ނިރުބަވެރިން ރަފާހަށް ވަންނަން މަސައްކަތް ކުރުމުން އެކި ގައުމުތަކުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. ނަމަވެސް އެކަން ހުއްޓުވިފައެއް ނުވެއެވެ.

ނިރުބަވެރިން މިއަދާއި ހަމައަށް ރަފާހުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ މިއަދު ވަނީ ރަފާހުގެ މެދުގެ ސަރަހައްދަށް މިސްރާބު ޖަހާފައެވެ. އެގޮތުން ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި ޔަހޫދީ ސިފައިންނާއި އެމީހުންގެ އަސްކަރީ އުޅަނދުތަކުން މިހާރު އަންނަނީ ޣައްޒާގެ މެދަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ އިތުރުން ވެސް ނިރުބަވެރިން ވަނީ ރޭ ވަރުގަދަ ހަމަލާތަކެއް ރަފާހަށް ދީފައެވެ. އެގޮތުން ޑްރޯން، ހެލިކަޕްޓަރު، ހަނގުރާންމަތީ މަތިންދާބޯޓުތަކުގެ އިތުރުން ޓޭންކަރުތަކުން އެތަކެއް ހަމަލާތަކެއް ރަފާހަށް ވަނީ ދީފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު