ނިއުޒީލެންޑުގެ ސޭލެއްގައި ދޫނި ފަތެއް 28،000 ޑޮލަރަށްވުރެ އަގު ބޮޑުކޮށް ވިއްކާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން "ދަ ހުއިއާ" ކިޔާ މި ދޫންޏަކީ 1907 ވަނަ އަހަރު ނެތި ގޮސްފައިވާ ދޫންޏެކެވެ. އެހެންކަމުން ނެތިފައިވާ ދޫންޏެއްގެ ފަތަކަށްވާތީ މި ފަތް ނީލަމުގައި ވިއްކާފައިވަނީ 28،417 ޑޮލަރަށެވެ. މިއީ މިހާތަނަށް ދުނިޔޭގައި ދޫނި ފަތެއް އެންމެ އަގުބޮޑުކޮށް ވިއްކާލި ނީލަން ކަމަށްވުމުން ދުނިޔޭގެ ރެކޯޑު ފޮތަށް ވެސް ވަނީ އަރައިފައެވެ.

ނިއުޒީލެންޑުގެ ވެބްސް އޮކްޝަން ހައުސް އިން އެ ފަތް ވިކޭނެ ކަމަށް ފުރަތަމަ ލަފާކޮށްފައި ވަނީ 3000 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އުއްމީދު ނުކުރާހާ ބޮޑު އަގެއްގައި އެފަތް ވިކިފައިވާ ކަމަށް ވެބްސް އޮކްޝަން ހައުސް އިން ވަނީ ބުނެފައެވެ. އެ ނީލަމުގައި ބައިވެރިވުމުގެ ކުރިން ކޮންމެ ބައިވެރިޔަކުވެސް ނިއުޒީލެންޑުގެ ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ އިން ހާއްސަ ހުއްދައެއް ނަގައި ހުށަހަޅަން ޖެހުނެވެ.

ހުއިއާ ދޫނި އެންމެ ފަހުން ރަސްމީކޮށް ފެނިފައިވަނީ 20 ވަނަ ގަރުނުގެ ކުރީކޮޅުގައި ކަމަށް ވެބް އޮކްޝަން ހައުސް އިން ބުނެއެވެ. މީގެ ކުރިން އޭގެ ފިޔަތައް ވިކިފައިވަނީ 8،400 ނިއުޒީލެންޑް ޑޮލަރު (ގާތްގަނޑަކަށް 5،100 ޑޮލަރު) އާ ހަމައަށެވެ. 3،000 ނިއުޒީލެންޑް ޑޮލަރު (1،830 ޑޮލަރު) އާ ހަމައަށް ވިއްކާނެ ކަމަށް ބެލެވުނު ހުއިއާ ދޫނީގެ ފިޔަ މިދިޔަ ހޯމަ ދުވަހު ވިއްކާލެވުނީ ދުނިޔޭގައި އަދި މިހާތަނަށް ދޫނިފަތެއް ނުވިއްކާހާ އަގު ބޮޑުކޮށް ކަމަށް ވެބް އޮކްޝަން ހައުސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު