ޔަހޫދީންގެ ހަރުކަށި ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަޤްބޫލުކަން އިސްރާއީލްގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ޗެނަލް 12 ގެ މިޑްގަމް ޕޯލިން އިންސްޓިޓިއުޓް އިން މުޅި އިސްރާއީލްގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭގައި ބައިވެރިވި އިސްރާއިލްގެ ރައްޔިތުންގެ ތެރެއިން 67 އިންސައްތަ ރައްޔިތުން ބުނެފައިވަނީ ބޮޑުވަޒީޒު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އެމީހުންނަށް ކަމުނުދާ ކަމަށެވެ.

އަދި މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ރަހީނުކުރި އިސްރާއީލްގެ ރައްޔިތުން ސަލާމަތް ކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށާއި އިސްރާއީލްގެ ސަރުކާރުން މިހާރު ކުރަމުންދާ ހަނގުރާމައިގައި މަޤްޞަދު އެއްކޮށް އޮޅުވާލާފައިވާ ކަމަށާއި މީގެ ތެރޭގައި އަޑި ނޭނގޭ ކަންތައްތަކެއް ވާނޭ ކަމަށް ވެސް އިސްރާއީލްގެ ރައްޔިތުން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ސަރުކާރުން ކުރަމުންދަނީ ރަނގަޅު ހަނގުރާމަ އެއް ކަމަށާއި އިސްރާއީލްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތް ވުޖޫދުން ފޮހެލަން ޖެހޭނެ ކަމަށް މި ސާވޭގައި ބައިވެރިވި ޔަހޫދީ އިސްރާއީލްގެ 30 އިންސައްތަ ރައްޔިތުން ވަނީ ބުނެފައެވެ.

ހަނގުރާމައިގައި ސުލްހަ ޤާއިމުކުރަން ފުރުޞަތު ލިބި ޔަހޫދީ އިސްރާއީލުގެ ހަރުކަށި ސަރުކާރުން އެ ފުރުޞަތު ނަގާލާފައިވާ ކަމަށް މި ސާވޭގައި ބައިވެރިވި އިސްރާއީލްގެ 22 އިންސައްތަ މީހުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ ހަނގުރާމައިގެ ކައުންސިލްގައި ހިމެނޭ ހަރުކަށި ޔަހޫދީ މިނިސްޓަރު ބެނީ ގަންޓްޒް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް މި ސާވޭގައި ބައިވެރިވި 48 އިންސައްތަ އިސްރާއީލްގެ ރައްޔިތުން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދެކޮޅަށް އިސްރާއީލުގެ ބޮޑެތި ސިޓީތަކުގައި ވަނީ ވަރަށް ވަރުގަދަ އަށް މުޒާހަރާތައް ކޮށްފައެވެ. އަދި މިހާރު އިސްރާއީލްގައި އާންމު އިންތިހާބެއް ބާއްވައިފި ނަމަ ބޮޑުވަޒީރު ނަތަންޔާހޫގެ ލުކިޑް ޕާޓީ އިންތިހާބުން ބަލިވާނެ ކަމަށް އިސްރާއީލްގެ ސިޔާސީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛިިޖ

    ޔަހޫދީން ދުނިޔޭގައި ތިބިހާހިނދަކުއަހަރުމެންނަށްް ނޭވާވެސްލެވޭވަރެއްނުވާނ

  2. ޢަލީ

    އެގޭތަ މީނާގެ އަސްލުނަމަކީ ''މެލިކޮވްސްކީ'' ކަމަށްވަނީ، އަސްލު ސެމައިޓެއް ނޫންކަމަށްވަނީ!