އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 35،903 އަށް އަރައިފިއެވެ.

ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި، މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުގައި 35،903 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެކަމަކު، މި އަދަދުތައް މިއަށް ވުރެ ވެސް އިތުރުވާނެ އެވެ. އެއީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި 10،000 އަށް ވުރެ ގިނަ މީހުން ވާނެ ކަމަށް ލަފާ ކުރެވޭތީއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 80،420 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ފަލަސްތީނުގެ 46 މީހުން ޝަހީދުކޮށްލައި، 130 މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ.