ކޮރަޕްޝަންގެ ތުހުމަތުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒިރު ނަވާޒް ޝަރީފްއާއި ދަރިކަނބަލުން މަރްޔަމް ނަވާޒް ޖަލުން ދޫކޮށްލައިފިއެވެ.

ނަވާޒް ޝަރީފްއާއި ދަރިކަނބަލުން މަރްޔަމް ނަވާޒް ފިރިކަލުން ސަފްދާރު އަވާން ވެސް ވަނީ ޖަލުން ދޫކޮށްލާފައެވެ. ނަވާޒް ޝަރީފުގެ އާއިލާ ޖަލުން މިނިވަންކޮށްފައި މިވަނީ، ބޮޑު އާލާސްކަންފުޅެއްގައި އޮންނެވުމަށްފަހު އަނބިކަނބަލުން ކުލްސޫމް ނަވާޒް އަވަހާރަވީތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އަބިކަބަލުން ކުލްސޫމްގެ ޖަނާޒާގެ ކަންކަމަށް ނަވާޒްގެ އާއިލާ ވަގުތީ ގޮތުން ޖަލުން މިނިވަން ކުރި ނަމަވެސް، ޖަނާޒާގެ ކަންކަން ނިމުމާއިއެކު 3 ބޭފުޅުންވެސް ވަނީ މީގެ ކުރިން އަނބުރާ ޖަލަށް ވަޑައިގެންފައެވެ.

ނަވާޒްއާއި ދަރިކަނބަލުން ޖަލުން މިނިވަން ކޮއްފައި މިވަނީ ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގުން އެކަށީގެންވާ މިންވަރަށް އެބޭފުޅުންގެ މައްޗަށް ހެކި ނުލިބުމުންނެވެ.

ނަވާޒްއާއި ދަރިކަނބަލުން ޖަލުން މިނިވަންކުރުމަށްޓަކައި ޖަލު ހުކުމް ސަސްޕެންޑް ކުރުމަށް ޕާކިސްތާނުގެ ހައި ކޯޓުން ނިންމީ، ޖަލު ހުކުމްގެ މައްސަލަ އިސްތިއުނާފް ކުރެއްވުމަށް ނަވާޒް ހުށަހަޅުއްވާފައިވާ މަރުހަލާގެ ތެރެއިންއެވެ.

މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓުގެ އަމުރަކުން މަގާމުން ދުރުކުރި ނަވާޒް ޝަރީފް އުމުރު ދުވަހަށް ސިޔާސީ އެއްވެސް މަގާމެއް އަދާކުރުން މަނާކޮށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޙުކުމެއް ކޮށްފައެވެ.

ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން އެ ގައުމުގެ އެކައުންޓިބިލިޓީ ކޯޓުން ހުކުމްކުރީ ލަންޑަނުން ލަގްޒަރީ އެޕާޓްމަންޓްތަކެއް ގަނެފައި ވަނީ ކޮރަޕްޝަނުގެ ތެރޭން ކަމަަށް ސާބިތުވާ ކަމަށް ބުނެއެވެ.

މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރީ އޭނާގެ އާއިލާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރިއިރު މުސާރަ ނުނެގުން އެއީ ޓެކްސް އަށް އޮޅުވާލަން ކުރި ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް ނަވާޒް ޝަރީފް ބުނެފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ލިޔެކިޔުންތަކުގައި އޭނާގެ ނަން އޮތީ ވިސާ ނަގަން ފަސޭހައަކަށް ކަމަށެވެ. މުސާރަ ނުނެގީ މަގާމުގެ ޒިންމާއެއް އަދާނުކުރާތީ ކަމަށް ނަވާޒް ޝަރީފް ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރު

    ދެން މައުމޫން ވެސް ދޫކޮށްލަންވީއެއްނު..

  2. ހުސޭނު

    ކޮބާ ދޮގާމަކަރުން ކޮރަޕްސަނޭ އަނިޔާއޭ ކިޔައިގެން ރައްޔިތުންނައް އޮޅުވައިލައިގެން އިދިކޮޅުޕާޓީއައް ވެރިކަމައް އައިސް ނަފާޒް ސަރީފް އަތުން ލައްކަބައިވަރު ހޯދިއްޖެއެއްނު. ހަމަވެރިކަމުގެ ދަހިވެތިކަމުގަ އޮޅުވާލުމާ މަކަރުވެރިކަން.

  3. ތިއްތިކޮއްކޮ

    ދެވަނަދައުރަށް ހޮވިއްޖެނަމަ އަޅުގަނޑުގެ އިންސާނީ ސޫރަވެސް ފެންނާނެ.