މިސްރުން ޣައްޒާއަށް ތެލާއި އެހެނިހެން އެހީ ވައްދައިފިއެވެ.
މިސްރުން ޣައްޒާއަށް އިންތިހާއަށް ބޭނުންވެފައިވާ އެހީތައް ވައްދާފައިވާކަން އެގައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެގޮތުން މިސްރުގެ އަލްޤަހެރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ އެހީއާއި ހަތަރު ތެޔޮ ބައުޒަރު ޣައްޒާއަށް ވަދެފައިވަނީ އިސްރާއީލް މެދުވެރިގެން ކެރެމް ޝަލޮމް ކްރޮސިންއިންނެވެ. އެ ނޫހުން ވަނީ އެ ޓްރަކްތައް ޣައްޒާއަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމު ކޮށްފައެވެ.
لحظة دخول شاحنات مساعدات إنسانية إلى قطاع غزة عبر معبر كرم أبو سالم و٤ شاحنات وقود
#القاهرة_الإخبارية #محمد_عبيد#تضامنا_مع_فلسطين#من_غزة_هنا_القاهرة pic.twitter.com/0cjw5F1gMA
— القاهرة الإخبارية - AlQahera News (@Alqaheranewstv) May 26, 2024
ފާހަގަކޮށްލެވޭ ކަމަކީ އިސްރާއީލް މެދުވެރިގެން މިސްރުން ޣައްޒާއަށް އެހީ ވައްދާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ކޯޓުން ކުރި އަމުރާއި ގުޅިގެން ކަމެވެ. އެގޮތުން އެ އަމުރުގައި ވަނީ އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަންގާފައެވެ. އަދި އިސްރާއީލުން ޣައްޒާއަށް އެހީ ވައްދާކަން އެނގެން ނެތް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
މިސްރުން ޣައްޒާއަށް ތެޔޮ ވައްދާފައިވާއިރު، ޣައްޒާއިން ތެޔޮ ހުސްވެ، ބައެއް ހޮސްޕިޓަލްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ބައެއް ހޮސްޕިޓަލްތަކުން ތެޔޮ ހުސްވަމުން އަންނަކަން ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އަޤްސާ ހޮސްޕިޓަލުގައި 2 ދުވަހަށްވާ ވަރަށް ތެޔޮހުރިކަން ހާމަކުރިއިރު، ކުވެއިތީ ހޮސްޕިޓަލުގެ އިސް ފަރާތްތަކުން ބުނެފައިވަނީ އެ ހޮސްޕިޓަލުގައި 24 ގަޑިއިރަށްވާ ވަރަށް ވެސް ތެޔޮ ނެތް ކަމަށެވެ.