ނޯވޭއިން ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ޓޫރިސްޓުންނަށް ވަނުން އިތުރަށް ހުއްޓުވާނެ ކަމަށާއި، މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް ހުރިހާ ޓޫރިސްޓުންނަށް އެތެރެވުން ހުއްޓުވާނެ ކަމަށް ނޯޑިކް ގައުމުގެ ޖަސްޓިސް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފި އެވެ.

ރަޝިއާއިން ވަނީ މި ނިންމުމަކީ މުޅިން ނަސްލީ ތަފާތު ކުރުން ގެންގުޅޭ ނިންމުމެއް ކަމަށް ސިފަކޮށް، އެކަމަށް ރައްދު ދޭނެ ކަމަށް ބުނެފަ އެވެ.

ގާތްގަނޑަކަށް 200 ކިލޯމީޓަރު (124 މޭލު) ގެ އާކްޓިކް ސަރަހައްދުގައި ރަޝިއާއާ ބޯޑަރު އޮންނަ ނޭޓޯގެ މެމްބަރު ނޯވޭއިން އެންމެ ފުރަތަމަ ރަޝިއާގެ ޓޫރިސްޓް ވިސާ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންއަށް ފުލް ސްކޭލް ހަމަލާދޭން ފެށިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

އެ ގައުމަށް އެތެރެވާ އުސޫލްތައް ހަރުކަށި ކުރަން ނިންމީ ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ގާނޫނާ ހިލާފަށް ކުރަމުންދާ ހަރުކަށި ހަނގުރާމައާ ގުޅިގެން އެކުވެރި ގައުމުތަކާއި ބައިވެރިންނާ އެކު ތެދުވުމަށް ނޯވޭއިން ގެންގުޅޭ ވިސްނުމާ އެއްގޮތަށް އަމަލުކުރުމަށް ކަމަށް ޖަސްޓިސް މިނިސްޓަރު އެމިލީ އެންގަރ މެހެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

ރަޝިއާގެ އެއްވެސް ރައްޔިތެއްގެ ބޭނުމަކީ ޓޫރިޒަމާއި ޒަރޫރީ ނޫން އެހެން ދަތުރުތައް ކަމަށް ވާނަމަ ބޯޑަރު ކައިރިންއެނބުރި ފޮނުވާލާނެއެވެ. ނޯވޭގައި ދިރިއުޅޭ ގާތް އާއިލާއަށް ޒިޔާރަތްކުރުން ފަދަ މައްސަލަތަކުގައި އިސްތިސްނާ ދެވިދާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ

ރަޝިއާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިފަދަ ފިޔަވަޅުތަކަށް ޖަވާބެއް ނުދެވޭނެ ކަމަށެވެ.

"ޔަގީނުން ވެސް އެ ނިންމުމަކީ މުޅިން ވެސް ތަފާތު ކުރުން ގެންގުޅޭ ނިންމުމެއް. އެފަދަ ނިންމުންތައް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ނޯވޭގެ ލީޑަޝިޕުން މިގޮތަށް އިޚްތިޔާރުކުރީ ދާދި ފަހުން ވެސް ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްކުރަން .މި ނިންމުމާއި މެދު އަހަރެމެން ހިތާމަކުރާކަމަށް” ޕެސްކޯވް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    ކީއްވެގެންހޭ އިޒްރޭލުގެ ފަތުރު ވެރިން ރާއްޖެ އައުމަށް މަނާ ނުކުރަނީ! މުސްލިމުން މެރުމަށް ފަހު އެވެރިން ޔަހޫދީން ޗުއްޓީ ހަދާލަން ރާއްޖެ އައުމަކީ ދިވެހި ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫން! ފަހެރައްގާ ދަޢުލަތުގެ މަތި ފަޑީގައި ތިބޭ ބޮޑެތި މީހުން ބަލައިގަތަސް!

  2. ސަރަފަކައްދަ

    މި ދަޢުލަތަށް ޔަހޫދީ ސަރުކާރުން ލިބޭ ބައިވަރު ގަނޑު ބޮޑު ކަމުން އިޒްރޭލުގެ ފަތުރު ވެރިން ރާއްޖެ އައުމަށް މަނާ ކުރަން ނުކުރެގިން މި އުލެނީ ކަމަށް ލަފާ ކުރެވެނީ!