މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެއުމަށްޓަކައި ފަލަސްތީނުގައި ހަރަދަނާ ވަރުގަދަ ސަރުކާރެއް ޤާއިމްވާން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިންގް ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.

ޖޯސެފް ބޮރެލް މިހެން ވިދާޅުވެފައި ވަނީ މިއަދު ފަލަސްތީނުގެ ސަރުކާރުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާއި އެކީ ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ.

"އަހަރެންނަށް ހީވަނީ އިސްރާއީލުން ވެސް ފަލަސްތީނުގައި ހަރުދަނާ ކޮށް ހިނގަމުންދާ ސަރުކާރެއް ޤާއިމުވެފައިވާ ނަމަ ސުލްހައިގެ މަޝްވަރާތައް ސީރިއަސް ކޮށް ނަގާނެ ހެން. އަދި މުޅި ސަރަހައްދުގެ ސުލްހަ އަށް ވެސް ފަލަސްތީނުގައި ކަންކަން ތަންފީޒުކުރެވޭ ހަރުދަނާ ޤާބިލް ސަރުކާރެއް އޮތުން ވަރަށް މުހިއްމު" ޖޯސެފް ބޮރެލް ނޫސްވެރިންނާއި އެކީ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ޖޯސެފް ބޮރެލް އާއި ފަލަސްތީނުގެ ސަރުކާރު ބޮޑުވަޒީރު މުހައްމަދު މުސްތަފާ ވަނީ ފަލަސްތީނުގެ ޣައްޒާގައި ހަމާސްގެ ބަދަލުގައި ފަލަސްތީނުގެ ސަރުކާރުން ވެރިކަން ކުރުމާއި ބެހޭ ގޮތުން ވެސް ވާހަކަދައްކާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ދަނީ ފަލަސްތީނަށް އޮތް ތާއީދު ދައްކައި އެ ގައުމަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަމުންނެވެ.

ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ސުޕެއިން އާއި މަލްޓާ އަދި ސޮލަވާކިއާ ގެ އިތުރުން އައިލޭންޑުން ވަނީ ފަލަސްތީނުގެ ވަކި މިނިވަން ދައުލަތެއް ވަރަށް އަވަހަށް ބަލައިގަންނާނެ ކަން އިއުލާން ކޮށްފައެވެ. އަދި މި ގައުމުތަކުން ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތުމީހާ

    ފާއިތުވެދިޔަ 75އަހަރު ފަލަސްތީންމީހުނައް އިޒުރާއިލުން ގަނާކުރަމުންދިއައީ އަދި މިހާރު ކުރަމުންދާ ހަންގުރާމައަކީވެސް ފަލަސްތީނުގަ ރަންގަޅުވެރިކަމެއް ނެތިގެންކުރާކަމެއްނޫންކަން ޔަހޫދީންފިޔަވާ އެންމެންވެސް ގަބޫލުކުރޭ