ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ ޓެންޓުތަކަށް ހަމަލާދީ ބޮޑު ގަތުލު އާންމެއް ހިންގައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަފަހް ސިޓީގެ ހުޅަނގު އުތުރުން އޮންނަ އަލް-ބާރަކަސަތު ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕްތަކަށް އަމާޒުކޮށް ނިރުބަވެރިން ބޮޑު ގަތުލު އާންމެއް ވަނީ ހިންގާފައެވެ
މިގޮތުން ނިރުބަވެރިންގެ މަތިންދާ ބޯޓުން ކޭމްޕަށް ބޮން އެޅީ މަދުވެގެން 8 މިސައިލުން ކަމަަށް ބުނެފައި ވެއެވެ.
ކޭމްޕަށް ދިން ބޮމުގެ ހަމަލާގެ ސަބަބުން ކޭމްޕުގައި އަދިވެސް އަލިފާން ރޯވަމުންދާ ކަމަަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ގުދުސް ނެޓްވޯކްއިން ބުނީ އެ ހަމަލާތަކުގައި ފަލަސްތީނުގެ 27 އަށް ވުރެ ގިނަ މީހުން ޝަހިދުކޮށްލާފައިވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.