ޔަހޫދީންގެ ޣައިރު ޤާނޫނީ ނަޖިސް ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ދެމުންދާ ރަހުމެއް ނެތް ހަމަލާތަކަށް ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖަވާބުދާރީ ކުރުވަން ތުރުކީވިލާތަށް ކުރެވެން ހުރި ކަމެއް ކުރާނެ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖެބް ތޮއްޔިބު އުރުޤާން ވިދާޅުވެއްޖެއެވެ.

" އިންސާނިއްޔަތު ކަމެއް ނެތް ޖައްބާރު ޔަހޫދީންގެ މި އަމަލުތައް ތުރުކީވިލާތް އޮތްހާ ދުވަހަކު ދުނިޔެއިން ހަދާން ނެތުނަ ނުދޭނަން. މި ވާހަކަ އަހަރެމެން އަބަދުވެސް ދައްކާނަން. އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރެއް ވެސް ނެތް ޔަހޫދީ އިސްރާއީލްގެ ޤާތިލް ވެރިންގެ މައްސަލަތައް ބެލޭނެ. އަހަރެމެން މި ކަމުގައި ކުރެވުން ހުރި ހުރިހާ ކަމެއް ކުރާނަށް" ތުރުކީވިލާތުގެ ރައީސް ރަޖެބް ތޮއްޔިބު އުރުދުޤާން ވިދާޅުވިއެވެ.

ތުރުކީވިލާތުން ވަނީ މީގެ ކުރިން ވެސް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ބޮޑު އަނިޔާވެރިއެއް ކަމަށާއި އެއީ ފަހުގެ ތާރީހްގައި ދުނިޔެ ދުން ހިލްޓަރު ކަމަށް ވެސް ތުރުކީވިލާތުން ވަނީ ބުނެފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ތުރުކީވިލާތުން ވަނީ ޔަހޫދީ އިސްރާއީލާއި އެކީ އޮންނަ ވިޔަފާރީގެ ގުޅުން އެއްކޮށް ކަނޑާލާ ތުރުކީގައި އުފައްދާ މުދާތައް އިސްރާއީލަށް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަނގަ ބަޑި

    ތީ ބޮޑު އަނގަ ބަޑިއެއް،މީޑިޔާ ތަކުގެ ސަމާލުކަން ހޯދަން އުޅޭ ޖީހިލެއް.

  2. ާއަނގަ ބަޑި

    ތީ ބޮޑު އަނގަ ބަޑިއެއް،މީޑިޔާ ތަކުގެ ސަމާލުކަން ހޯދަން އުޅޭ ޖާހިލެއް.