ނުރިބުވަރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި މިއަދު ހެނދުނު ނުސީރަތް ކޭމްޕަށް ހަމަލާދީ ތިން ފުލުހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގައި ތިބި ފުލުހުންގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

"ބޮންތައް ވައްޓާލިއިރު އެ މީހުން ދިޔައީނުސީރަތު ރެފިއުޖީ ކޭމްޕްގައި "ރައްޔިތުންނަށް އެހީތެރިވުމުގެ މަސްއޫލިއްޔަތު އަދާކުރަމުން.". އެ ބަޔާނުގައި ވެއެވެ.

ޝަހީދުވި ފުލުހުންގެ ތެރޭގައި ހިމެނެނީ މޭޖާ އަހުމަދު ޖުމާ އަބޫ ނާރާއި، ސާޖަންޓް މަހްމޫދު ޒިޔާދު ޖަބެރާއިގެ އިތުރުން ސާޖަންޓް މުހައްމަދު އަބޫ ރަޔާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ފުލުހުންނާއި މެންބަރުންނަށް އަމާޒުކޮށްގެން ނިރުބަވެރިން އަމާޒަކީ ނިޒާމު ނިކަމެތިކޮށް، ޣައްޒާގައި ފަލަސްތީނުގެ މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން،". އެ ވުޒާރާއިން ބުނެފައި ވެއެވެ.

ހަމަލާތަކުން އޮފިސަރުން ސަލާމަތް ކުރަން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ޖެހޭ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.