ފަލަސްތީނުގެ ޣައްޒާގެ ރަފަހްގެ ބޯޑަރުގައި މިސްރު ސިފައިންނާއި އިސްރާއީލް ސިފައިންނާއި ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް، މިސްރު ސިފައިންގެ އެކަކު ޝަހީދުކޮށްލައިފިއެވެ.

މި ހަމަލާތައް ދީފައި ވަނީ ރަފަހް ބޯޑަރުގެ މިސްރު ފަޅީގައެވެ. މި ހަމަލާތައް ދޭން ފެށީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ.

ޣައްޒާ-މިސްރު ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ބަޑީގެ ހަމަލާތަކުގެ ޒިންމާ މިސްރުގެ ބޮލުގައި އިސްރާއީލުން ވަޏީ އަޅުވާފައެވެ.

އިސްރާއީލުގެ ރިޕޯޓްތައް ބުނާ ގޮތުން މިސްރު ސިފައިން ވަނީ ރަފަހް ބޯޑަރު ކްރޮސިންގައި އިސްރާއިލު ސިފައިންނަށް ބަޑީގެ ހަމަލާތަކެއް ދީފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގައި މިސްރުގެ އެހެން ސިފައިންވެސް ޒަހަމްވެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިންވެސް ވަނީ މިސްރުގެ ބޯޑަރު ސަރަހައްދުގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގާފައިވާކަން ކަށަވަރުކޮށްދޭ ކުރު ބަޔާނެއް ނެރެފައެވެ.

އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި "މިސްރުގެ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ" ކަމަށް ވެސް ބުނެފައިވެއެވެ.

މިސްރުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިގޮތުގައި ރަފާހްގެ ބޯޑަރު ފެންސްގައި ބަޑިޖެހުމުގެ ހާދިސާގެ ސަބަބުން އިންޝުއަރެންސް ހިންގުމާ ހަވާލުވެ ހުރި ސިފައިންގެ ތެރެއިން އެކަކު ޝަހީދުވި މައްސަލަ ދަނީ ބަލަމުންނެވެ.

 

މި ހަމަލާތަކުގައި އިސްރާއީލު ސިފައިންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަަމަަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުﷲ

    ކުރިއަށް އޮތީ މިސްރު ހިފުން... ކުޅިބަލަން ތިބޭ... ދުޢާ އަކީ ޔަހޫދީން ނިކަމެތިގޮތަކަށް ބަލިވުން...

    59
    0
  2. ސަމާލް

    އެއްވެސް ޙާދިސާއަކުން އިޒުރޭލު ސިފައިންނަށްވާ ގެއްލުމެއް ނެތް. މިއީވެސް އަޖާއިބުވެ އަންތަރީސްވާ ކަމެއް.

  3. މެސީ1

    އިސްރާއީލުން އަރަބި ހުރިހާ ގައުމެއް ހިފުން އުންމީދަކީ