ޗައިނާގެ ނުފޫޒު އިރުމަތީ އޭޝިއާގައި ބޮޑުވަމުން ދާތީ އެމެރިކާއިން ބަރު ހަތިޔާރު އެޅި 1000 ސިފައިންގެ ލަޝްކަރެއް އިރުމަތީ އޭޝިއާ އަށް ފޮނުވަން ނިންމާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓެގަން އިން ބުނެފިއެވެ.

މިއީ އެމެރިކާގެ ރައީސް ޓްރަންޕްގެ ޖެނުއަރީ މަހު އިއުލާން ކުރެވުނު އައު ދިފާއީ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި ސިޔާސަތުގެ ބޭނުމަކީ ރަޝިޔާ އަދި ޗައިނާގެ ބާރު ދެކުނު އޭޝިއާގައި ގަދަވިއަ ނުދިނުމެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ނުފޫޒު ގަދަ ކުރުމުގައި އިންޑިއާއާ ޗައިނާއާ ދެމެދު ވަރަށް ބޮޑު ވާދަވެރިކަމެއް އޮވެއެވެ. އެކަމުގައި އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނީ ވަކިފަރާތަކަށް ނުޖެހުުމުގެ ސިޔާސަތެކެވެ. ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވެރިކަމަށް އައި ފަހުން އެމެރިކާއިން ފާޅުގައި ބުނަމުން ދަނީ މި ސަރަހައްދުގައި އިންޑިއާގެ ސިޔާސަތައް ތާއީދު ކުރާނެ ކަމަށެވެ.

ޗައިނާއިން އޭޝިއާ ސަރަހައްދުގައި ނުފޫޒު ގަދަކުރަމުން ދާއިރު ދެކުނު އޭޝިއާ ގައުމުތަކުން އެގައުމުތަގެ ސިޔާދަތު ދަމަހައްޓަން އެމެރިކާއިން އެހީތެރިވާނެ ކަމަށް އެެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން އާއްމު ކުރި އާ ސްޓްރެޓެޖީގައި ބުނެފައި ވެއެވެ.

މިހާރުވެސް އެމެރިކާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ އޭޝިޔާގައި ހަރަކާތް ތެރިވަމުންނެވެ. އޭގެ ތެރޭގައި ޖަޕާނުގައި ތިބި 50000 ސިފައިން ދެކުނު ކޮރެއާގައި ތިބި 30000 ސިފައިން އަދި ގުއާމްގައި ތިބި 7000 ސިފައިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާޤީ

    ތިއުޅެނީ ގޯސް ހަދަން،ލާހިކައެއް ނޫން އެމެރިކާއަށް ޗައިނާ އާއި ކުޅެން، ދެން ޓެސްޓު ކުރާނީ ހައިޑުރިޖަން ބޮމަށް ވުރެ 10 މިލަޔަން ބާރުގަދަ ބޮމެއް، އެއިރުން، ކޮރެޔާ ދެކެ ބިރުން އިދެޖެހުނު ގޮތަށް ބޮޑު ޔަހޫދީ އިދެޖެހޭނެ.

  2. އަހުމަދު

    ޗައިނާއަށް ބިރުދައްކަނީ!!