އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ސެނެޓަށް ނަން ފޮނުވާފައިވާ ބްރެޓް ކެވިނޯ އާއި ދެކޮޅަށް އަޑުއުފުލަން ކެޕިޓޮލް ބިލްޑިން ކައިރިއަށް އެއްވި މީހުންގެ ތެރެއިން 302 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާ ފުލުހުން ބުނެފިއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހޮލީވްޑްގެ ތަރި އެމީ ޝޫމާ އާއި އެމިލީ ރަޓަކޯސްކީ ވެސް ހިމެނެއެވެ.

ސެނެޓްގެ ޖަލްސާތައް ބާއްވާ ކެޕިޓޮލް ބިލްޑިންގް ކައިރީ މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ.

ފަނޑިޔާރު ކެވިނޯ އަށް ސެނެޓުން ރުހުން ނުދިނުމަށް ގޮވާލާ ބޭއްވި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރީ ކެޕިޓޯ އިމާރާތް ކައިރިން އީސްޓް ފްރަންޓް ކިޔާ މަގަކަށް މުޒާހަރާގެ ބައިވެރިން ވަނުމުންނެވެ.

ހައްޔަރު ކުރި އެންމެންގެ މައްޗަށް ވެސް މިހާރު ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެއީ މުޒާހަރާ ކުރުން މަަނާތަނަކަށް އެއްވުމުގެ ކުށުގެ ދައުވާ އާއި، މަގެއް ބަންދު ކުރުމުގެ ދައުވާ އާއި، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ފަނޑިޔާރު ކެވިނޯ އާއި ދެކޮޅަށް އެމެރިކާގެ ގިނަ ބަޔަކު މުޒާހަރާ ކުރަމުން ގެންދަނީ އޭނާ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އުޅޭތީއެވެ.

ކެވިނޯ އަށް ރުހުން ދޭން ވެރިކަންކުރާ ރިޕަަބްލިކަނުން ބޭނުންވެއެވެ. ސެނެޓްގެ އަޣުލަބިއްޔަތު އޮތީ ވެސް ރިޕަބްލިކަނުންނަށެވެ. ނަމަވެސް ޑިމޮކްރަޓިކުން ގެންދަނީ ކެވިނޯ އަށް ރުހުން ނުދިނުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ.

ކެވިނޯ އަށް ރުހުން ދިނުމާއި މެދު ސެނެޓުން މިއަދު ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހުމަދު އަދީބު

  ރައީސް ޔާމީން ވަގުތުގެ ބޭނުން ކުރައްވާ އެމެރިކާއަށް ބަޔާނެއް ފޮނުއްވާ ބައިނަލްޤުވާމީ ޤާނޫނުތަކަށް ބޯލަނބަން......އެވެރިންގެ ފެންވަރުބާ ނިކަން އެހެންމީހުނަށް ފާޑޫކިޔަން

  • ޑިމޮކްރަޓިސްޓް

   ތެދެއް. މިޔަށްވުރެ ރަނގަޅު ވަގުތެއް އަންނާނެހެނެއް ހިޔެއްނުވޭ.

 2. ޑިމޮކްރަޓިސްޓް

  މީ ރައްޔިތުންނަށް ދިން ބޮޑު އަނިޔާއެއްނޫންބާ؟ ޓްރަމްޕުގެ އަނިޔާވެރިކަން މިއޮތީ ހައްދުފަހަނަ އަޅާފަ. މިހާރުން މިހާރަށް އިސްތިއުފާދޭންޖެހޭ.

 3. މަރޭ

  ނަންވާނީ ޔާމީނު

 4. ނުރަބޯ

  ޑިމޮކްރަސީ އަކީ ހުޅަނގުގެ ގައުމު ތަކުން، އެހެން ގައުމުތަކަށް ދުއްތުރާކުރަން ގެންގުޅޭ ހަތިޔާރެކެވެ.