ދުނިޔެ މީގެ ކުރިން ނުދެކޭހައި ބޮޑު ބިންހެލުމެއް، ނުވަތަ މިހާތަނަށް ދުނިޔެދުށް އެންމެ ބާރުގަދަ ބިންހެލުންތަކާއި އެއްވަރުގެ ބޮޑު ބިންހެލުމެއް އަންނާން އުޅޭކަމުގެ ވާހަކަތައް ސައިންސްވެރިން ދައްކާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އެ ބިންހެލުން އަންނާނެ ކަން ޔަޤީންކަމާއި އެކު ބުނަން އެނގުނު ނަމަވެސް، ބިންހެލުން އަންނާނީ ސީދާ ކޮންތަނަކަށް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެ ބިންހެލުން އައުމުގެ ފުރުސަތު އެންމެ ބޮޑު ސަރަޙައްދުތަކުގެ ތެރޭގައި، އެމެރިލާގެ ކެލެފޯނިއާ އާއި އިންޑޮނޭޝިއާގެ އިތުރުން ނޭޕާލްގެ ކަނޑުއަޑީގެ ފަރުބަދަތައް ހިމެނޭ ސަރަޙައްދު ވެއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބިންހެލުންތަކާއި ލޮޅުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން ކެލެފޯނިއާއަށްވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ބިންހެލުން އަންނަމުންދާއިރު، މިދިޔަ ދެ ދުވަހުގެ ތެރޭގައި އެކަނިވެސް އެ ސްޓޭޓުގެ އެކި ހިސާބުތަކަށް ވަނީ 25 އަށްވުރެ ގިނަ ބިންހެލުން އައިސްފައެވެ. އެގޮތުން އެންމެ ފަހުން އެ ސްޓޭޓަށް ބިންހެލުމެއް އައީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ. ބޮޑު ބިންހެލުމެއް އައުމުގެ ކުރިން އާދަޔާއި ޚިލާފަށް ގިނައިން މިފަދަ ކުދި ބިންހެލުންތައް އަންނާނެ ކަން ހޯދުންތަކުގެ އަލީގައި އެނގިފައި ވެއެވެ.
ކެލެފޯނިއާ ސަރަޙައްދަށް ބޮޑު ބިންހެލުން އަންނާނެ ކަމަށް ބެކެވިފައިވާ ސަބަބުތައް ކުރިން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. މިއީ ބިމުގެ އަޑީގައިވާ ފޯލްޓް ލައިނެއްގެ ސަބަބުން ބިމުގެ އަޑީގައި އާދަޔާއި ޚިލާފަށް، އަދި ހީވެސް ނުކުރާ މިންވަރަށް، ބޮޑު ބިންހެލުމެއްގެ ޕްރެޝަރު ކޮންމެ ބިންހެލުމަކާއި އެކު އުފެދެމުންދާ ސަރަޙައްދެކެވެ. އެހެންކަމުން މިހާރުވެސް އެ ސަރަޙައްދަށް އަންނަމުންދާ ގިނަ ބިންހެލުންތަކަކީ ބޮޑު ބިންހެލުމުގެ ބާރު އިތުރުވެގެންދާނެ ސަބަބެއް ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.
ހޯދުންތަކުގެ އަލީގައި މި ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް ކައިރި މުސްތަޤުބަލެއްގައި އަންނާނެކަން ޔަޤީން ކުރެވިފައިވާއިރު، އެ ބިންހެލުމުގެ ބާރުމިން މެގްނިޓިއުޑް މިންގަނޑުން 8.0 އަށްވުރެ މަތިވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އެ ބިންހެލުމަށްފަހު އުފެދޭ ބިޔަ ސުނާމީއެއް، ލޮޅުމުގެ އަސަރު ނުކުރާ ހިސާބުތަކަށްވެސް އަރާނެކަމަށް ބެލެވިފައިވާއިރު އެ ސުނާމީގެ ސަބަބުން ދުނިޔެއަށް އަރައިނުގަނެވޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިވެގެންދާނެ ކަމަށް ވެއެވެ.
ކެލެފޯނިއާގެ ސެން އެންޑްރިއާސްއަށް އަންނާނެ ކަމަށް ބުނެވޭ ބިންހެލުމަކީ، ކޮންމެވެސް އިރެއްގައި ޔަޤީނުންވެސް ދުނިޔެ ދެކޭނެ ބިންހެލުމެއް ކަމަށާއި، އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން ގާތްގަނޑަކަށް 10 އަށް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. މި އާދަޔާއި ޚިލާފު ބިންހެލުމާއި އެކު އުފެދޭ ސުނާމީ ޤައުމުތަކަށް އަރައި މުޅި ދުނިޔޭގެ ޗާޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. މި ބިންހެލުން އަންނާނެ ކަމަށް ކުރިން ލަފާ ކުރެވުނު މުއްދަތު މިހާރު ހަމަވެފައިވާއިރު، ދެން ކޮންމެ ވަގުތެއްގައިވެސް މި ބިންހެލުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް އިތުރު ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ. މިއަހަރަކީ ބިންހެލުންތަކުގެ އަހަރެއްގެ ގޮތުގައި ސައިންސްވެރިން ސިފަކޮށްފައިވަނީ މި ސަބަބަށްޓަކައެވެ. މިއީ ބާރުގަދަ ބޮޑު އެއް ބިންހެލުން އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.
ޤިޔާމަތްވަނީ
ތޮރުފައިގެން ބިމުއަޑީގެ ޕްރެޝަރ ދަށްކުރަންވީނު!
މާތްﷲ ދުނިޔޭގެ ނިޒާމު ހިންގުމުގައި ލައްވާފައިވާ ކަންކަމާ ދެކޮޅު ހަދަނީތަ؟؟؟ އަވަހަށް ތައުބާވޭ...
ނޭޕާލުގަ ކަނޑުނޯވެއެވެ.
ކައިރިވެއްޖެ...
ﷲ އަކްބަރު
ޙަސްބިޔަﷲ ވަ ނިއުމަލްވަކީލް !
އަޅަމެން ވަކީލުކުރަނީ ﷲ.އަދި ސަލާމަތާއި ރައްކާތެރިކަމަށްވެސް އެދެނީ ހަމައެކަނި ﷲގެ ހަޟްރަތުންނެވެ.
ޤިޔާމަތްވަނީ
ނޭޕާލުގައި ކަނޑުއަޑީގެ ފަރުބަދަތައް ހުންނަކަމެއް ނުދެނެހުރިން.
الله އަށް ތައުބާވެ ރަނގަޅަށް އުޅެންވީ. ދުނިޔެ ނިމުން ކައިރި ވުމުގެ އަލާމާތައް. ވަރަށް ގިނަ.
ޤިޔާމަތްވެސް ވަނީ ބޮޑެތި ޢަލާމާތްތަކަށް ފަހު ކަމަކުް ކަމެއް ފައުޅުވުމަށްފަހު ދެން މުޅި ދުނިޔެ ނިމި ދޭ. އެއްވެސް މީހަކަށް އެވަގުތެއް ނޭނގެ.
ހުރިހާ އެންމެންވެސް ކުރަންވީ އެންމެ ކަމެއް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާންވީ. ދިންނެވުން އޮތީ ހަމައެކަނި ގޮތަކީ އެއީ.
ސުބްޙާނައްﷲ . މިދިވެހިރާއްޖެކަހަލަ ޖަޒީރާރަށްތައް ހިމެނޭ ގައުމުތައްނެތިފަނާވެދާނެ.
ރީނދޫ ބައިގަނޑަށް ވެރިކަން ލިބުމަކީ ވެސް
ބޮޑު ކަމެއްގެ އަލާމާތް
ސިޔާސީ ނުކޮށް ހަމަ ނޭވާ ވެސްނުލެވޭދ؟ ސާބަސް
ﷲއަކުބަރ. މާތްﷲ އަޅުގަނޑުމެން އެއްމެހާ މުސްލިމުން ރައްކާތެރި ކުރައްވަވާށި އާމީން
އާމީން.. ﷲއަށް ބިރުވެތި ވަމާ!!!
ހުރިހާ ބޭފުޅުންވެސް ތައުބާވެ ހެޔޮ އަމަލު ކުރުން ގިނަކުރައްވާ..! ފަރުބަދަތައް ވިއްސިވިހާލިވެ ކަނޑުތަކުގައި ރޯވެ ބިންގަނޑު ފަޅައިގެންގޮސް ދުނިޔެ ހަލާކުވެދާ ދުވަހަށް ބިރުވެތިވޭ..!
ވަގުތު ނޫސްޓީމް ވަރަށް އެފިޝެންޓް ބިންހެލުމުގެ އަޕްޑޭޓައް ގެންނަން. ސާބަސް
ﷲ އަށް ކުރާ އަޅުކަމުގައި ޝިރުކާއި މަސްހުނިވެއްޖެޔާ ﷲ އެ އަމަލެއް ޤަބޫލްނުކުރައްވާނެ. ﷲ ގެ ޝަރިއަތް ބޮލާލާޖަހާލައި ހުޅަގުގެ ޑިމޮކުރަސީ އެއް ގެނެސްގެނަން ގޮވާލާ މީހުން އަދިވެސް ﷲ އަށް ތައުބާވެލައްވާ ދުވަސް ނާދޭތޯ!!
މުސްލިމުން ނައް ދެރަގޮތެއް ﷲ މެދުވެރިއެއްނުކުރައްވާނެ އެހެނެއް ކަމަކު މުސްލިމުންނޭ ކިޔައިގެން އިސްލާން ނަމެއް ކިޔައިގެން އުޅޭ މީހުންނައް މުސީބާތާ ދެރަގޮތް ތައް މެދިވެރި ކުރައްވާ ކަން ދުނިޔޭގައި ސާބިތުވަމުން ދައުރު ވަމުން ދާތާ އެތަކެއް ޒަމާން ފާއިތުވެގެން ވެސް ގޮސްފައި ވޭ