އެމެރިކާއަށް އެރި ބާރުގަދަ ތޫފާން، ތޫފާން މައިކަލްގައި 119 އަހަރުވީ ނަވެއް ތިލަ ވެއްޖެއެވެ.

މީގެ 100 އަހަރު ކުރިން ޕްލޮރިޑާގެ އައްސޭރި ފަށަށް ލައްގާފައި ނަމަވެސް ގޮޑުދޮށުގައި ވަޅުލެވިފައި އޮތް މި ނައު ތިލަވީ ތޫފާން މައިކަލްގައި އެރި ބިޔަ ރާޅުތަކުގެ ސަބަބުންނެވެ.

1899 އަހަރު އެމެރިކާގެ ޑޯގް އައިލެންޑްސް އަށް އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުން 15 ވަރަކަށް ނައުވަނީ ފްލޮރިޑާގެ އައްސޭރި ފަށަށް ލަށްވެފައެވެ. އެތަށް އަހަރެއްވަންދެން ވަޅުލެވިފައި ހުރި މި ނައު ތިލަވުމުން މި ނައު ދެކިލުމަށް އެތަށް ބަޔަކު ދަނީ ފްލޮރިޑާއަށް ޒިޔާރަށް ކުރަމުންނެވެ.

ވަކަރުން ހަދާފައިވާ މި ނައުގެ ބައިތަށް ހަމަލޮލަށް ފެންނަން ހުރި ފޮޓޯތަށް ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. ކެޓަގަރީ 4 ގެ މިތޫފާނުގެ ސަބަބުން މެކްސިކޯ ބީޗް ވެސް މުޅިން ސުންނާފަތި ކޮށްލާފައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތޫފާން މައިކަލްގައި ގިނަ ބަޔަކަށް ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް މަރުވި ކަން ޔަގީންވެފައިވަނީ 11 މީހުންނެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އަދި މިތޫފާނުގެ ސަބަބުން 350000 ގެޔަކުންވަނީ ކަރަންޓްގެ ޚިދުމަތް ކަނޑައިގެން ގޮސްފައެވެ. މިތޫފަނަކީ 2005 ވަނަ އަހަރުގެ ފަހުން ފްލޮރިޑާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

ކެޓެގަރީ 4 ގެ މިތޫފާން ފުރަތަމަ އަރާފައިވަނީ އެމެރިކާގެ ފްލޮރިޑާއަށެވެ. އަދި ތޫފާން ފްލޮރިޑާއިން ހުޅަނގަށް ގޮސް ޖޯޖިޔާގެ ބައެއް ސަރަހައްދުތަކަށް އަރާފައިވެއެވެ. އަދި ވާޖިނާ ސްޓޭޓް އާ ހަމައަށް ތޫފާނުގެ އަސަރުވަނީކޮށްފައެވެ.