ޗައިނާގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް އަދުއްވުންނަށް ދޫނުކުރާނެ ކަމަށާއި ޗައިނާގެ އަމިއްލަ ސަރަހައްދު ކޮންމެ އަގެއް ދައްކައިގެން ވެސް ހިމާޔަތް ކުރާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރ ވެއީ ފެންގީ މިހެން ވިދާޅުވީ ބެއިޖިން ގައި ސަލާމަތީ ކަންތައްތަކާއި ބެހޭ ފޯރަމެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާގެ ވާހަކަ އަމާޒު ކުރެއްވީ ޗައިނާ އާއި ޓައިވާނުގެ ދެމެދުގައި އުފެދިފައި އޮންނަ ޒަމާންވި އަރައިރުންތަކަށާއި މިހާރު ދެކުނު ޗައިނާގެ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކާއި ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށެވެ.

"އެއްވެސް ބަޔަކު ޓައިވާނާރައި ޗައިނާ ވަކި ކުރަން މަސައްކަތް ކުރާނަމަ ޗައިނާގެ އަސްކަރިއްޔާ އިން ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އެކަން ހުއްޓުވާނަން" ވެއީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން އޮތީ "ބޭރުގެ ބާރުތަކުން" ޓައިވާނާއި ގުޅިގެން ހިންގަން ރާވާ ކަންކަމަށް ފިސާރި ރަނގަޅަށް ތައްޔާރު ވެގެންނެވެ. ބޭރުގެ ބާރުތައް ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު އެއިޝާރާތް ކުރެއްވީ އެމެރިކާ އަށެވެ.

އެމެރިކާ އިން ދަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ވެސް ފޮނުވައިގެން ޗައިނާ އަށް ބިރު ދައްކަމުންނެވެ. އަދި ޓައިވާނާއި ޖަޕާނުން ދެކުނު ޗައިނާ ކަނޑުގެ ރަށްތަކާއި ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް އެމެރިކާ އިން ތާއިދު ވެސް ކުރެއެވެ.

މިހަފްތާގައި އެމެރިކާގެ އަސްކަރީ ބޮޑު ދެމަނަވަރެއް ވަނީ ޓައިވާން ސިފައިންނާއި އެކު އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ޓައިވާނަށް ގޮސްފައެވެ. މިއީ މިއަހަރު އެމެރިކާ އާއި ޓައިވާނާއި ގުޅިގެން ހިންގާ ދެވަނަ އަސްކަރީ ތަމްރީނެވެ.

ޗައިނާ އާއި ޓައިވާނުގެ ގުޅުން ގޯސްވެފައި ވަނީ ޓައިވާނުގެ ރައީސް ސައި އިންގް 2016 ވަނަ އަހަރު ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހަންމާ

    މިގައުމުގެ ސީޔާސީ ބަޔެއް ފަރާތްތައް ބޭނުން ވަނީ ޖީބައް ވަންނަންޏާ ގައުމުވެސް ދީންވެސް ވިއްކާލަން. ގައުމުގެ ރައްޔިތުން ބަނޑަށް ޖެހުނަސް އޯކޭ. މައުމޫނަށް އޯކޭ އޭނަގެ ދަރީންނަށް ވެރިކަން ލިބިއްޖެޔާ. ޜައްޔިތުން މަރާފަވެސް