ޑެޑް ސީ ކައިރި ސަރަހައްދެއްގައި ކުއްލިއަކަށް ދިޔަ ބޮޑުވެ، 18 މީހަކު މަރުވެއްޖެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ ވާރޭ ވެހުމުގެ ސަބަބުން ޑެޑް ސީގައި ކުއްލިއަކަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް ސްކޫލެއްގެ ދަރިވަރުންތަކުން ދަތުރު ކުރަމުން ދިޔަ ބަހެއް މޫދަށް ފޮރޮޅާލައިގެންނެވެ.

މިބަހުގައި ޖުމްލަ 37 ދަރުވަރުންނާއި އިތުރު 7 ޓީޗަރަކު ތިބި އިރު، ބަހުގައި ދަތުރުކޮށްފައިވަނީ އުމުރުން 14 އަހަރުގެ ކުދިން ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

މިހާރު މިސަރަހައްދުގައި ކުދިން ހޯދުމުގެ ބޮޑު އޮޕަރޭޝަންއެއް ކުރިޔަށް ދާއިރު، އިސްރާއީލުންވަނީ ކުދިން ހޯދުމުގައި އެހީތެރިވުމަށް ހެލިކޮޕްޓަރތަކެއް ފޮނުވާފައެވެ. އަދި ޖޯޑަންގެ އަސްކަރިއްޔާއިންދަނީ މިކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަސްކަރިއްޔާއިން ބުނެފައިވަނީ މިކުދިން ހޯދުމުގައި ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ ރޭގަނޑުގެ ވަގުތެއް ކަމަށް ވުމުން ކަމަށާއި، ނަމަވެސް ބައްތި ތަކުގެ އެހީގައި މިކުދިން ހޯދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށެވެ.

ފޮރޮޅާ ލާފައިވަނީ ކޮން ސްކޫލެއްގެ ދަރިވަރުން ދިޔަ ބަހެއް ކަމަށް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު، މިއީ ޖޯޑަންގެ ޕްރައިވެޓް ސްކޫލެއްގެ ބަހެއް ކަމަށް ބޭރުގެ މީޑިޔާތަކުން ބުނެއެވެ. އަދި މިކުދިންނާއިއެކު ޓްރިޕްގައި ގޮސްފައިވަނީ މޫސުން ތަން ނުދޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާދީފައިވަނިކޮށް ކަމަށްވެސް، އެކުދިންގެ މައިން ބަފައިންނާ ހަވާލާދީ ޖޯޑަން ޓައިމްސްއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު