ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާއި ގުޅިގެން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި، މިހާރުވެސް އެކަކު މަރުވެފައިވާއިރު، ހަމަޖެހުން ގާއިމުނުކުރެވިއްޖެނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ އިންޒާރު، އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވައިފި އެވެ.
ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ހުކުރު ދުވަހު ވަނީ ނިންމަވާފަ އެވެ. އަދި އާ ބޮޑުވަޒީރަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަަމަށް ވެސް ސިރިސޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް ރަނިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ އަދިވެސް ބޮޑުވަޒީރު ކަމަށެވެ.
ލަންކާގައި ހިނގަމުންދާ ހަމަނުޖެހެންތަށް ހައްލު ނުކުރެވިއްޖެ ނަމަ ލޭ އޮހޮރުވުމެއް ހިނގާފާނެ ކަމުގެ އިންޒާރު ލަންކާގެ މަޖިލީހުގެ ރައީސް ދެއްވާފައި ވަނީ ކަރޫ ޖަޔަސޫރިޔަ މީޑިއާއަށް ދިން އިންޓަވިޔުއެއްގައެވެެ. އެގޮތުން އޭނާ ވިދާޅުވީ، މިހާރު އުފެދިފައިވާ މައްސަލަތައް ހައްލުކުރަންޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށާއި، މަގު މައްޗަށް ނުކުމެއްޖެނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެ ކަމަށެވެ.
ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމާއި ގުޅިގެން ލަންކާގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުންދާއިރު، ވިކްރަމަސިންހަގެ ޕެޓްރޯލިއަމް މިނިސްޓަރު އަރުޖުނާ ރަނަތުންގަގެ އޮފީހުގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއަށް، ބޮޑީގާޑެއް ބަޑިޖެހުމުން އެކަކު ވަނީ މަރުވެފަ އެވެ. އަދި އެ ކުރިމަތިލުންތަކުގައި އިތުރު ދެމީހަކު ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.
ރައީސް ސިރިސޭނަ ވަނީ ގައުމާ މުހާތަބުކޮށް، ރަނިލް ވަކިކުރަން މަޖުބޫރުވީ، އިގުތިސޯދީ ގޮތުން އެޅުއްވި ނާތަހުޒީބު ފިޔަވަޅުތަަކުގެ އިތުރުން، އޭނާ އަވާހަރަކޮށްލުމަށް ރޭވި ރޭވުމުގައި ރަނިލްގެ މިނިސްޓަރެއްގެ އަތެއް ވާތީ ކަމަށެވެ.
ލަންކާގައި ސިޔާސީ ގޮތުން މިފަދަ ނުތަނަވަސްކަމެއް އުފެދިފައި ވާތީ ހުރިހާ ފަރާތަކުން ވެސް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ގޮވާލާފަ އެވެ.
ލަންކާ މީހުންނަކީ ވަރައް ނުރައްކާ ބައެއް، ކޮއްފަ ނުކުރާކައް ވަކި ކަމެއް ނޯންނާނެ، ރާއްޖޭގަ އުޅޭ ހުރިހާ ލަންކާ މީހުން އަވަހައް ޑީޕޯރޓު ކޮއްލަންވީ، އެހެން ނޫނީ މިތާގަވެސް ހާޖާނު ހަދާފާނެ،
ލަންކާގައި ސިޔާސީ ގޮތުން މިފަދަ ނުތަނަވަސްކަމެއް އުފެދިފައި ވާތީ ހުރިހާ ފަރާތަކުން ވެސް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ގޮވާލާފަ އެވެ.
ޔަހޫދީންގެ ގޮނޑިކޮއްކޮއެއްދޯ. ރާއްޖެ ނަމަ ސަލާމަތް ނުވާނެ
ޔޫނިއަން ބޮޑު ގޮހޮޑާ
ކޮބާ އަންނި ލަންކާ ބަގުރޫޓުކޮށްފައި އަވަހަށް ފިލަން ތައްޔާރުވަނީދޯ
ޢަލްހަމްދުﷲ