ސައުދީ އަރަބިއްޔާގެ ނޫސްވެރިޔެއް ކަމަށްވާ ޓާކީ ބިން އަބްދުލް އަޒީޒް އަލް ޖަފަރ ސައުދީގެ ޖަލެއްގައި ދިން އަނިޔާގެ ސަބަބުން މަރުވެއްޖެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޫސްވެެރިޔާ މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޓާކީ ބިން އަބްދުލް އަޒީޒް އަލް ޖަފަރ ސައުދީއިން ހައްޔަރުކޮށްފައިވަނީ މިއަހަރު މާރިޗް މަހުގެ ތެރޭގައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށް ސައުދީގެ ޝާހީ އާއިލާއާއި ސައުދީގެ ސަރުކާރާއި ބެހޭ މައުލޫމާތު ތަކެއް ފަޅާއަރުވާލިކަމުގެ ތުހުމަތުގައެވެ.

ނޫސްތަކުން ހާމަކުރާ ގޮތުގައި ދުބާއީގެ އޮފީހަކުން "ކަޝްކޫލް" ނަމަކަށް ކިޔާ ޓްވިޓަރ ހޭންޑަލްއެއް ހިންގަމުން ދިޔައީ ޓާކީ ބިން އަބްދުލް އަޒީޒް އަލް ޖަފަރ އެވެ.

މިއީ ޓާކީ ބިން އަބްދުލް އަޒީޒް އަލް ޖަފަރ ހިންގަމުން ދިޔަ އެކައުންޓްއެއްކަން ފަޅާ އަޅުވާލީ ސައުދީގެ ސައިބަރ ކްރައިމް ޑިޕާޓްމެންޓުންނެވެ. "ކަޝްކޫލް" ނަމުގައި ހިންގަމުން ދިޔަ އެކައުންޓްއިން ސައުދީގެ ޝާހީ އާއިލާތަކުން ކުރަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތަކާއި ޤާނުނީ ޚިލާފް އެތައް ކަންތައްތަކެއްވަނީ ފަޅާ އަރުވާލާފައެވެ. މިމައްސަލަ އާ ގުޅޭ ގޮތުން ސައުދީއިން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ.

ސައުދީގެ ޖަލެއްގައި ދިން އަނިޔާވެރިގެ ސަބަބުން މިނޫސްވެރިޔާ މަރާލާފައިވާއިރު، ތުރުކީގައި ހުންނަ ސައުދީގެ އެންބަސީއެއްގައި ސައުދީގެ ނޫސްވެރިޔަކު މަރާލާފައިވާ މައްސަލަ މީގެ މަހެއްހާ ދުވަހެއް ކުރިންވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔާމީން

    އަޅުގަނޑު ޔާމީން ހުންނާނީ މިވަރުންވެސް ސައުދީއާއެކު އެއީ އަހަންނަކީ މޮޔައެއްވީޔަ

    • އާންމު އާދުމީ

      ދެން ކަލޭމެން މޮޔައިންނަށް ނުވާތީ ހުރިހާ ޝައިތާނުންގެ ބައްޕަ އިޒްރޭލާ ގުޅެނީ ދޯ. އެތަންތަނުންވެސް އެފެންނަނީ ޔަހޫދީންނާ ގާތްވާ މަންޒަރު. އަދި ގާތްވީމަ ނިކުންނަ ނަތީޖާ. ކޮންމެހެން އަހަރުމެން މޮޔަ ހައްދަން ނޫޅޭ. ފުރަތަމަ ދުނިޔޭގަ ކަންކަން ހިނގަމުންދާގޮތް ދަސްކުރޭ.

  2. މުޙައްމަދު

    ސައުދީ މީހުންނަށް އިނގިރޭސިން ނަން ކިޔަންފެށީ ކޮން އިރަކު. އަރަބި އަލިފުބާގަ ޓަވިޔަނި ނުއޮންނާނެ ކަންްެެެެެވެސް ވަގުތު ސޮރުންނަށް ނޭނގެނީތަ

  3. ޙައްގުބަސް

    ގައުމުގެ ޣައްދާރުން ޖެހެނީ މަރަން!!