ރާއްޖޭގެ ނަން ބޭނުންކުރި ތައިލޭންޑްގެ ރިސޯޓް ބަންދުކޮށްފިއެވެ.

"ދަ މޯލްޑިވްސް އޮފް ޗަންތަބުރީ" ގެ ނަމުގައި ހުޅުވާފައިވާ އެ ރިސޯޓު ބަންދުކުރީ ޖަންގަލީގެ ސަރަހައްދު ބޭނުންކޮށްފައިވާ ގޮތުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެއެވެ. މިކަން ތައިލޭންޑުގެ މެރިން އެންޑް ކޯސްޓަލް ރިސޯސަސް ޑިޕާޓްމަންޓުގެ ސަމާލުކަމަށް ގެނެސްފައިވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުންނެވެ.

މީގެއިތުރުން އެ ތަނުގައި މޫދު ކޮޓަރިތައް (ވޯޓާ ބަންގަލޯ) ހަދާފައިވަ ހުއްދަ ނުނަގާ ކަމަށް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނާއިރު، އެ ފަރާތްތަކުން ވަނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ ތަންތަން ބިމާ ހަމަކުރުމަށް އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި ރިސޯޓުގެ ވެރިފަރާތުން އެކަން ނުކޮށްފިނަމަ ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން އެކަން ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އެ ރިސޯޓްގައި 15 ބަންގަލޯ ހަދާފައިވާއިރު އޭގެތެރެއިން ނުވަ ބަންގަލޯ ހަދާފައި ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ގޮތަށް މޫދުގައެވެ.

ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން އެ ރިސޯޓަށް އެރިއިރު، އެ ތަނުގައި އެއްވެސް މުވައްޒަފެއް އަދި އިސްވެރި އަކު ވެސް ނެތް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ ހީހީ ހަލާކު. ..😂😂😂😂😂

  2. އަނެއްކާ ގެސްޓުން ތިބިބާ؟

  3. ތިވާނީ ޝައިނީމެންގެ ތަނަކަށް..