ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލަން އެގައުމުގެ ރައީސް މަތިރިޕައްލާ ސިރިސޭނާ ނިންމަވައިފިއެވެ.

‎ކޯ ކެބިނެޓްގެ ތަރުޖަމާން ސްޓޭޓް މިިނިސްޓަރު ލަންކާގެ ޑެއިލީ މިރާ ނޫހަށް ވިދާޅުވީ ލަންކާ މަޖިލިސް އުވާލުމަށް ނިންމާފައިވަނީ މިރޭ ދަންވަރުން ފެށިގެން ކަމަށެވެ.

‎ސިރިސޭނާގެ އަރިސް ބޭފުޅަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މަޖިލިސް އިންތިހާބު އިއުލާނު ކުރާނެ ކަމަށެވެ.

‎ އެއާއެކު ޖެނުއަރީ ފުރަތަމަ ހަފްތާ ތެރޭ އިންތިހާބު ބޭއްވޭވަރު ވާނެ ކަމަށް ބުނެފައިވެއެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވާލަން ރައީސް ސިރިސޭނަ މިނިންމެވީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ވަކިކޮށް ކުރީގެ ރައީސް މިހިންދްރަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް ފަހު މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ދެތިން ހަފްތާ ވަންދެން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

ސިރިސޭނަ ގާތް ބޭފުޅަކު މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ރަނިލް އަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުވާލާ، ރާޖަޕަކްސަ އާއި ސިރިސޭނަގެ ކޯލިޝަނަށް އަޣުލަބިއްޔަތު ހޯދަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުން ޤާނޫނު ހަދާ މަޖިލިސް އުވާލުން ފިޔަވައި އިތުރު އެއްވެސް ޗޮއިސްއެއް ސިރިސޭނަ އަށް ނެތް ކަމަށެވެ.

ލަންކާގެ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާ ގޮތުން ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ދެހަފްތާ ތެރޭގައި އިއުލާން ކުރާއިރު އިންތިޚާބު ކާމިޔާބު ކުރުން އެއީ ރަނިލް އަށް ވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. ސަބަބަކީ ފަހަކަށް އައިސް ލަންކާގެ އިޤުތިޞާދަށް ދިމާވެފައިވާ މައްސަލަތަކާއި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ތަކެތީގެ އަގު ބޮޑުވުން ފަދަ މައްސަލަތަކުގެ ސަބަބުން ރަނިލްގެ މަގުބޫލްކަން ކުޑަވެފައި ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ އެމަންޒަރު މިހާރު ފެނިގެން މިދަނީ ރާއްޖޭން އިބޫ އަދި ވެރިކަމުގެ ހުވާ ނުކުރާ ރާއްޖޭގެ ރައީސް އަކު ކުރަން ޖެހޭ ކެމްޕެއިން އެމްޑީޕީން ކުރާއިރު އިބޫ އަށް ކުރެވޭނެ އެއްވެސް ކަމެއް އޭގައި ނެތުމަކީ އެއީ އިބޫގެ އެއްވެސް އާރެއް ބާރެއް ސަރުކާރުގެ ތެރޭގައި ވެސް އަދި ސަރުކާރުން ބޭރު އެމްޑީޕީ ތެރޭގައި ވެސް ނޯންނާނެ ކަން ކަށަވަރުވާތީއޭ ކެނެރީގެ ނަޝީދު މިހާރު އެކުޅެނީ އެކުޅިގަނޑޭ އެކަން އެފެންނަނީ ދިސް އިޒް އިޓް.

  2. ރާއްޖޭގަވެސް ހަދަންވީމިހެން. ކޮރަޕްޓް މަޖުލިސްއުވާލާ.

  3. ވަރައްބޮޑު ތެދެއް މަވެސް ތާއީދު