އެމެރިކާގެ ކެލިފޯނިއާގެ ޖަންގަލީގައި ރޯވި އަލިގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރި މިހާތަނަށް 42 މީހުން މަރުވެ ވެ 250 މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލިފައިވާ މީހުން ތިރިތިއްބާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން އަލިފާނުގެ ހާދިސާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.

އަލިފާނުގެ ހަދިސާގައި މަރުވެފައިވާ މީހުންގެ ހަށިތަކުން ޑީއެންއޭ ނަގާ އެމީހުންގެ އާއިލާތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކެލިފޯނިއާގެ ދެކުނުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އުއްމީދީ ކުރިއެރުންތަކެއް ލިބެމުން ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ކެލިފޯނިއާގެ ތާރީޚްގައި ވެސް ރޯވެފައިވާ އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު އަލިފާންގަނޑު ކަމަށް ކެލިފޯނިއާގެ އިދާރާތަކުން ބުނެއެވެ.

އަލިފާނުގެ ސަބަބުން ތިން ލައްކަ އަށް ވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައި ވާއިރު ލައްކައެއްހައި އޭކަރުގެ ސަރަހައްދެއް ވަނީ އަނދައިގެން ގޮސްފައެވެ. އަނދައިގެން ގޮސްފައިވާ ގެތަކާއި ވެހިކަލްތަކުގެ އަގު އެތައް ސަތޭކަ މިލިއަނަކަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އާދަޔާއި ހިލާފަށް ކެލިފޯނިއާ އަށް ވައި ގަދަވުމެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ފަސޭހައިން ދަނީ ފެތުރެމުންނެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަލިފާން ނިއްވަން ފަސޭހަ ވާނެ މިންވަރަށް ވައި މަޑުވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްލާމް

    އަލްޙަމްދުލިﷲ

  2. އަޝަރު

    ޤިޔާމަތުގެ އަލާމާތް ފެނޭބާ އަދިވެސް މުސްލިމުންގެ ލޭބޮވޭތޯ ބަލާ މިހިރަ ގަމާމަރު ފަރަންޖީ ޓްރަޕް އަށް ތިފެންނަނީ ނަރަކައިގެ ކުޑަމިންވަރެއް!