އެމެރިކާގެ ކެލިފޯނިޔާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ފެތުރި، އާއްމުން ދިރިއުޅޭ ސަރަޙައްދުތަކުގައިވެސް މިހާރުވަނީ އަލިފާން ރޯވެފައެވެ. ނުރައްކާތެރި މި އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ބަޔަކަށް ދަނީ ހޮސްޕިޓަލުތަކުގައި، އެކި ޒަޚަމްތަކަށް ފަރުވާ ދެމުންނެވެ.

މި އަލިފާންގަނޑަކީ، ކެލިފޯނިޔާގެ ތާރީޚުގައިވެސް އެސަރަޙައްދަށް ކުރިމަތިވި މިފަދަ އެންމެ ނުރައްކާތެރި އަލިފާންގަނޑުކަމުގައިވާއިރު، އަލިފާނުން ލިބުނު ގެއްލުންތަކުގެ ސަބަބުން އެސަރަޙައްދުގެ އަވަށެއް މުޅިންހެން ޗާޓުން ފުހެވިފައެވެ.

ޓައުން އޮފް ޕެރަޑައިސް ނަމަކަށް ކިޔާ ސަރަޙައްދަށް އަލިފާނުގެ އަސަރުކޮށް، އެތައް ގެއްލުމެއް ލިބުމުގެ ސަބަބުން ޗާޓުން ފުހެވިފައިވާއިރު، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ހަމައެހެންމެ، އަލިފާން ނިއްވުމުގެ މަސައްކަތް، އެއްގަމާއި ވައިގެ މަގުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އަލިފާނުގެ ސަބަބުން ބައެއް މީހުންވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ފިހިގެން މަރުވެފައިވާ ބައެއް ފަރާތްތައް ވަކި ކުރަން ނޭނގޭއިރު، އެއީ ކޮން ބައެއްކަން ދެނެގަތުމަށްޓަކައި ޑީއެންއޭ ޓެސްޓު ހެދުމަށް ނިންމާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކެލިފޯނިޔާގެ މި އަލިފާންގަނޑު އަދިވެސް ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯޖު

    އަލްޙަމްދުﷲ

  2. ރާފިއު

    މިހިރަގަމާރު ޓްރަންޕާރައްޔިތުން އަލިފަނުގައި އަދާއިރުވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭތޯބަލާ 1

  3. ޑޮން

    أستغفر الله‎

  4. ކަމާލު

    ﷲގެ ކޯފާއަންނާނެ އިރެނޭގޭނެ

  5. ކެޔޮޅު

    ؛އެމެރިކާތީ ބޮޑުދެބާރުން އެއްބާރޯ ކޮބާތަ ބާރުތައް ކޮބާބާ މޮޅު ޱެކްނޮލެޖީތައް؟ ﷲأكبر،

    • އަސަރޭ

      އަދިވެސް މުސްލިމުން މަރަން ދުވޭ ! ތިޔައޮތީ ﷲ ގެ ކޯފާ އައިސްފަ !

  6. ބޭބެ

    سبحان الله!!! ޓައުންއޮ ޕެރެޑައިސް ގެ ނަމުން ނަންދީފައިވާ އަވަށް މިބަދަލުވީ ޓައުން އޮފް ހެލް އަށެވެ.
    اللم نجنا من النار! اللهم نجنا من النار في الدنيا والآخرة! آمين.