ދުނިޔޭގެ މަޝްހޫރު ނޫސް އެޖެންސީ "އެސޯސިއޭޓެޓް ޕްރެސް" ގެ ކެމެރާމަން ގަޔަށް އިޒްރާއިލުގެ ހައްދުފަހަނަ އެޅި ސިފައިން ބަޑި ޖަހައިފިއެވެ.

އުމުރުން 47 އަހަރުގެ މި ނޫސްވެރިޔާ ރަޝީދު ރާޝިދު ގަޔަށް އިޒްރާއިލުގެ ސިފައިން ބަޑި ޖަހައި އޭނާ ޒަހަމު ކޮއްލީ އިއްޔެ ފަލަސްތީނުގެ ގައްޒާގައި ބޭއްވި މުޒާހަރާއެއް ކަވަރު ކުރަމުން ދަނިކޮށެވެ.

މަންޒަރު ދުއްފަރާތަކުން ބުނާގޮތުން ރަޝީދު ގަޔަށް ބަޑި ޖަހާފައިވަނީ ޣައްޒާ އާއި އިޒްރާއިލުގެ ސަރަހައްދީ ރޮންގު ގުޅޭ ސަރަހައްދުގައި ޖަހާފައިވާ ފެންސުތަކާއި 600 މީޓަރު ދުރުންނެވެ.

ރާޝިދު ގަޔަށް އިޒްރާއީލުގެ ސިފައިން ބަޑި ޖަހައި އޭނާ ޒަހަމު ކޮއްލީ އޭނާ ޕްރެސް ވެސްޓް އަޅައިގެން ހުއްޓައެވެ. ޒަހަމުތަކަށް ރަޝިދު އަށް ދަނީ މިހާރު ފަރުވާ ދެމުންނެވެ.

އިޒްރާއިލުން، މުޒަަހަރާ ކަވަރު ކުރާ ނޫސްވެރިންނަށް ވެސް ނުބަލާ އިރު އިޒްރާއީލާ ދެކޮޅަށް މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 179 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 20000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރާއިލުގެ އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށް ދާއިރު އިރު، އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނު މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

އިޒްރާއިލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިޒްރާއިލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނައަށް މުޤައްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    އެމީހުން ނުކުރާނެ ތިކަހަލަ ދަށުދަރަޖައިގެ ކަންތަށް ތިވާނީ އަމިއްލައަށް ނޫސްވެރިޔާ ކުރިކަމަކަށް ތިޔަހޫދީ ބައިގަނޑަކީ ހުދުކަފައަށް ވުރެންވެސް ތޯހިރުބައެއް ނޫސްވެރިޔާއަށްދިން ހަމަލާ ކުއްވެރިކުރަން އިބޫ ސޯލިހައް ނުކެރޭނެ ކެނެރީގެ މޮޔަ ގޮލާއަށްވެސް ނުކެރޭނެ